ކުކުަޅަށްވުރެ ބިސް ދޮށިނުވާށެވެ.
”ކުކުޅަށްވުރެ ބިސް ދޮށިވުން“ މިއީ ދިވެހި އަދަބިއްޔާތުގެ ތެރޭގައި ހިމެނޭ މިސާލު ބަހެކެވެ.
މި ބަސް ބޭނުންކޮށް އުޅެނީ ތިމާޔަށް ވުރެ ކަމަށް އެކަށީގެންވާ މީހުން ތިއްްްްބާ އެކަމަށް އިސްވެގަނެގެން އުޅުމުންނެވެ.
ބަދަލުވަމުން އަންނަ ދުނިޔޭގައި މި މަންްްްްްޒަރު ތަކުރާރުވަނީ މާގިނައިންނެވެ. ކަމުގެ އަހުލުވެރިން ތިއްބާ އެކަމަށް އެކަށީގެން ނުވާމީހުން މޭފުޅާކޮށް ނިކުމެ އަޑުގަދަ ކޮށްލައިގެން ކަންކަމުގެެ ތެރެއަށްވަދެ ބަސްބުނަނީއެވެ. އަދި އެވަރަކުން ނިންމަނީއެއްވެސް ނޫނެވެ. އެމީހަކު އެބުނާއެއްޗެއް ދެންތިިިިިިިިިިިިިިިިިިބިހާ ބަޔަކުލައްވާ ޤަބޫލުވެސް ކުރުވަނީއެވެ. އާޚިރުގައި އެކަމުން ނޭދެވޭ ނަތީޖާއެއް ފާޅުވުމުން އެކަމާބަހެއްބުނި މީހަކުވެސް ހުންނަ ކަމަކަށް ނުވެއެވެ.
މީވަރަށްވެސް ދެރަ ގޮތެކެވެ. ދުނިޔެ ތަރަށްޤީވެ ތަޢުލީމު ފުޅާވެ ތަންދޮރު ފިލާފައިވާ މީހުން ގިނަވެެެެެެެެެެއްޖެއެވެ. ވަަަަަަަަަަަަަަަަކިވަކި މާއްދާތައް ނުވަތަ ފަންނުތަކުން ޚާއްޞަ ކިޔެވެލިތައް ކިޔަވައިގެން މީސްތަކުން ތަޚައްޞުޞް ވަނީއެވެ.
މަސްވެރިކަމާ އެކަމުގެ ފަންނު ނުދަންނަ މީހަކު މަސްވެރިންްްްްްްްނަށް މަސްބާނާނެގޮތް ކިޔައިދޭންފަށައިފިނަމަަ އެކަމުން ނިކުންނާނީ ނޭދެވޭ ނަތީޖާއެކެވެ. ހަމަ އެފަދައިިިިން ކޮންމެ ކަމަކަަަަަަަަށްވެސް އެކަމެއްގެ ޚާއްޞަ މީހުންގެ މަޤާމުގައި އެނޫންބަޔަކު ވާހަކަ ދައްކާނަމަ ނަތީޖާއަކަށްވާނީ ނުފެށިނުދާނެެ ފަސާދަވެރިކަމެކެވެެ.
މި ހުރިހާކެމެއްގެ ތެރެއިންވެސް މީސްތަކުންގެ ޢަޤީދާއާއި ގުޅުފައިވާ މައްސަލަތަކުގައި ޢާއްމުކޮށްް އެންމެން ވާހަކަ ދެއްކުމަކީ އެންމެ ބޮޑު ގޯސްކަމުގައި ވާނެއެވެ.
ކަމުގެ އަހުލުވެރިންނަށްް ކަންކަމުގައި އިސްކަންދީ އެމީހިން ބުނާވާހަކަ ޤަބޫލުކޮށްް ތިބާއަށް ނޭނގޭ ކަންކަމުުުުގެ މައްޗަށް ބަސްނުބުނެ ހުރުމަކީ ކުކުޅަށްވުރެ ބިސް ދޮށިނުވެ ހުރުމެވެ.
*************************
ކުކުޅަށް ވުރެ ބިސް ދޮށިވާނަމަ, މުޖްތަމަޢު ފަސާދަވެ ބައިބައިވުން އުފެދި ދާނެއެވެ. މިކަމާމެދު ކޮންމެ މީހަކުމެ ވިސްނާލުން މުހިއްމެވެ.
ގިޔާމަތް ވުމުގެ އަލާމާތެއް އެއީ…..