ރަސޫލު ﷲ صلى الله عليه و سلم އެންމެ ގިނައިން ކުރެއްވި ދުޢާ

އަަހަރުމެން ނިކަމެތި އިންސާނުންގެ ހިތްތަކަކީ ވަރަށް އަވަސް އަވަހަށް ބަދަލުވަމުންދާ ހިތްތަކެކެވެ. ދުނިޔެވީ ކަންކަމުގެ އަވައިގައި ޖެހި އެންމެ ރަނގަޅު މުޢުމިނު އިންސާނާގެ ހިތްވެސް ލެބިގެންދާ ފަހަރު އާދެއެވެ. އަޅުގަނޑުމެންގެ ލޮބުވެތި ނަބިއްޔާ صلى الله عليه و سلم ވަނީ އާދަމްގެ ދަރިންގެ ހިތްތަކަކީ ކެކިކެކި ހުންނަ ފެންފަދަ އެއްޗެއްގެ ގޮތުގައި ސިފަކުރައްވާ ހަދީޡް ކުރައްވާފައެވެ.

މި އުއްމަތުގެ ލޮބުވެތި ނަބިއްޔާގެ އެކުވެރި ޝަހާބީންގެ އަމަލުތަކަށް އަޅުގަނޑުމެން ނަޒަރު ހިންގާލާއިރު ފެނިގެން ދަނީ އެ ބޭކަލުންނަކީ އެ ބޭކަލުންގެ އަޤީދާ ވަރުގަދަ ކުރައްވާ އިލްމް އުގެނުމަށް ވަގުތު ނެންގެވި ބޭކަލުންގެ ގޮތުގައެވެ. އަދި ލަސްލަހުން އިލްމް އުގެނެމުން ގެންދެވި ބޭކަލުންގެ ގޮތުގައެވެ. ލަސްލަހުން އަޅުގަނޑު މި ބުނާ ބަހުގެ މާނައަކީ ކޮންމެ ކަމެއް އުގެނުމަށް ވަގުތު ނެންގެވި ވާހާކައެވެ.

އިޝްތިހާރު Heyobas Ruqya Course Ad square

އިބުނު މަސްޢޫދު ރަޟިއަﷲ އަންހު ރިވާކުރެއްވި ގޮތުގައި އެ ބޭކަލުން ހިތުދަސްކުރައްވަނީ ޤުރުއާނުގެ ފަހަރަކު 10 އާޔަތް ކަމަށާއި ހިތުދަސްކުރައްވާ އާޔަތްތަކުގެ މާނަ ރަނގަޅަށް ބައްލަވާ އެ އާޔަތްތަކުގެ މާފްހޫމްގެ މައްޗަށް އަމަލު ބެހެއްޓެވިއެވެ.

އެހެންކަމުން ހިތްތަކުގެ އިމާންތެރިކަން ވަރުގަދަކުރައްވަން ބޭނުންވާނަމަ މަޑުމަޑުން ދީނީ އިލްމް އުނގެނި އެކަމުގެ މައްޗަށް އަމަލް ކުރުމަށް އިލްމްވެރިން ނަސޭޙަތްތެރިވެވަޑައިގަންނަވައެވެ. ރަސޫލާ صلى الله عليه و سلم އެންމެ ގިނައިން ކުރެއްވި ދުޢާ

“يا مقلب القلوب ثبت قلبي على دينك”
“ހިތްތައް ބަދަލު ކުރައްވާ ވެރި އިލާޙް، މި އަޅާގެ ހިތް އިބަރަސްކަލާނގޭގެ މަގުގައި ސަބިތު ކުރައްވާންދޭ”

މި ދުނިޔެ މައްޗަށް ފޮނުވުނު އެންމެ މާތް ނަބިއްޔާ صلى الله عليه و سلم މި ދުޢާ ތަކުރާރުކޮށް ކިޔަވާވިދާޅުވެފައިވާއިރު، އަޅުގަނޑުމެން ނިކަމެތި އަޅުން މި ދުޢާ ކުރުން އަޢުލާކަންބޮޑެވެ. ސަބަބަކީ އަޅުގަނޑުމެންނަކީ ފާފައާއި ފަސާދަކުރުން އަޅުގަނޑުމެންގެ ފިތުރަތުގައި ލައްވާފައިވާ ފަރާތްތަކެއްކަމުގައިވެފައި އަޅުގަނޑުމެންގެ ހިތްތަކަކީ އަބަދުވެސް ބަދަލުވަމުންދާ ހިތްތަކެއްގެ ކަމުގައިވާތީއެވެ.

މީގެއިތުރުން މާތް ނަބިއްޔާ صلى الله عليه و سلم ކުރިމަތިފުޅުގައި އަޅުގަނޑުމެންނަކީ “ބިލިއަން” ގުނަ ނިކަމެތި ބައެއްގެ ގޮތުގައިވާތީއެވެ. ނަބިއްޔާ صلى الله عليه و سلم ހިތްޕުޅު ﷲގެ މަގުގައި ސާބިތުކޮށްދެއްވާ ބެހެއްޓެވުމަށް ތަކުރާރުކޮށް ދުޢާ ދަންނަވާފައިވާއިރު، އަޅުގަނޑުމެންވެސް މި ދުޢާ ކުރަން ޖެހެއެވެ.
އަޅުގަނޑުމެންގެ ހިތް ވެރި އިލާޙް ﷲ ގެ މަގުގައި ސާބިތުވެ ބެހެއްޓުމާއި އަޤީދާ ގުޑިނާރާ އެއްގޮތަކަށް ބެހެއްޓުމަށް އަޅުގަނޑުމެންނަށް އެހީތެރިވެވަޑައިގެންނެވެނީ ހަމައެކަނި މި ކައުނުގެ ވެރި އިލާޙް ﷲ تعلى ކަމުގައި ވާތީއެވެ.

ނަބިއްޔާ صلى الله عليه و سلم ކުރެއްވި އިތުރު ދުޢާ

يا مصرف القلوب صرف قلبي إلى طاعتك
” ހިތްތަކަށް މަގުދައްކަވާ ވެރި އިލާޙް، މި އަޅާގެ ހިތަށް ރަނގަޅު މަގުދައްކަވައިދޭން”

މި އުއްމަތުގެ ނަބިއްޔާ صلى الله عليه و سلم އެކަލޭގެފާނުގެ ހިތްޕުޅު ﷲގެ މަގުގައި ސާބިތުކޮށްދެއްވުމަށް ދުޢާ ކުރައްވާ، އަދި ﷲގެ ހަޒްރަތުން އެކަލޭގެފާނަށް ރަނގަޅު މަގު ދެއްކެވުމަށްވެސް ދުޢާ ކުރައްވާފައިވެއެވެ.

އަޅުގަނޑުމެން އިންސާނުން، ﷲ تعلىގެ މަގުގައި ސާބިތުވެ ރަނގަޅު ގޮތުގައި އަބަދުމެ ތިބެން އެދޭ ހާލު، ﷲގެ ހަޒްރަތުން އަޅުގަނޑުމެންނަށް އެކަން ފަސޭހަކޮށްދެެއްވަން އެދެންވާނެއެވެ.

 

“يا مقلب القلوب ثبت قلبي على دينك”
“ހިތްތައް ބަދަލު ކުރައްވާ ވެރި އިލާޙް، މި އަޅާގެ ހިތް އިބަރަސްކަލާނގޭގެ މަގުގައި ސަބިތު ކުރައްވާންދޭ”

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.