ދަރިފުޅަށް ރަނގަޅު އެކުރެވިއެއް މިހޯދަނީ…

މަންމައަކު އޭނާގެ ރައްޓެއްސަކާ ވާހަކަ ދައްކަމުން ބުނީ: “ދަރިފުޅަށް ރަނގަޅު އެކުވެރިއެއް މިހޯދަނީ… ކުޑަ އިރުންސުރެ އެސޮރުގެ އެހުންނަ ގޮތްގަނޑު އިނގޭނު ލީޒާއަށްވެސް. މިހާރު އަދި އެކަންމާބޮޑު. އޭނައާއެކު ބޭރަށް ނިކުތަސް މަހުންނަނީ ލަދުން ބޯފަޅައިގެން ދާވަރުވެފަ. މީހުންނާ ވާހަކަދައްކަނީވެސް އެހާ ހަޑިކޮށް. އަބަދުވެސް ކޮންމެސް ކާޓޫނެއްގަ ލައްވާ އަޑެއް ލައްވާލަ ލައްވާލަ ހުންނާނީ. މިހެން ދައްކަންޏާ މިރޭ ހުސްވިޔަސް ވާހަކަ ހުސްނުވާނެ. ދެން ދަނީ” އޭނާގެ ރަހުމަތް ދެރިޔާއަށްވެސް ބުނެވުނީ އިއްތިފާޤުގެ އިބާރާތެކެވެ. “އާއެކޭ، މަގޭދަރިވެސް ހަމަ ތިފަދަ ޙާލެއްގަ، ކިހިނެތްތަ ރަނގަޅު އެކުވެރިއެއް ހޯދާނީ؟… މީހުންބުނޭ ރަނގަޅު އެކުވެރިންނާ ޖެހުނީމަ ރަނގަޅުވާނޭ”

މީ މިއަދު މިރާއްޖޭގެ ވަރަށް ގިނަ މައިންބަފައިންގެ ޝަކުވާއެކެވެ. ރަނގަޅު އެކުވެރިން ނުލިބުމުގެ މައްސަލަ ތަޙައްމަލް ކުރަމުން ދަނީ މަދުބައެއްނޫނެވެ. ރަނގަޅު އެކުވެރިއެއް ލިބިއްޖެނަމަ ދަރިފުޅު ރަނގަޅުވާނެކަމަށް އުއްމީދު ކުރެއެވެ. އެއީ ތެދަކަށްވެދާނެއެވެ. އެހެނަސް އެބުނާ ރަނގަޅު އެކުވެރިޔާ ހޯދާނީ ވަކި ކޮންތާކުންހެއްޔެވެ؟

އިޝްތިހާރު Below Header ad

ބާޒާރަށް އާފަލު ގަންނަށް ނިކުމެފައި ކޮންމެ ފިހާރައަކަށްވެސް ވަދެ އާފަލުތަށް ބަލަބަލާފައި ކަމުދާ އެއްޗެއް ނުލިބި ގެއަށްއަންނަންޖެހެނީ ބާޒާރުގައި ރަނގަޅު އާފަލު ނެތީމައެވެ. އެކަން ޙައްލުކުރަން ބޭނުންނަމަ ކުރަންޖެހޭނެ ކަމަކީ ބާޒާރަށް ރަނގަޅު އާފަލުގެނައުމެވެ. އާފަލު އެތެރެކުރަން ތިބި މީހުން ރަނގަޅު އާފަލު އެތެރެނުކުރަންޏާ ދެން އަޅުގަނޑު ޖެހޭނީ ރަނގަޅު އާފަލު އެތެރެކުރަން ފަށާށެވެ. ނޫންނަމަ ކުރަނވީ ކަމަކީ އާފަލުގަހެއް އިންދައިގެން އާފަލު އަޅަންދެން އެގަހަށް ޚިދުމަތްކުރުމުގައި ދެމިހުރުމެވެ. އޭރުން ހަމަގައިމުވެސް ތާޒާ ރަނގަޅު މީރު އާފަލު ކެވޭނެއެވެ. އަދި އެގަހުން އެހެންމީހުންނަށްވެސް ރަނގަޅު އާފަލު ދެވޭނެއެވެ.

އާދޭހެވެ! ތިޔަ ހީވީ ރަނގަޅަށެވެ! އާފަލުގަތުމުގެ މި މިސާލަކީ މިއަދު އަޅުގަނޑާ ތިބާއަށް ހެޖިފައިމިވާ މުސީބާތެވެ. އެންމެންވެސް ހޯދަނީ އޭނާގެ ދަރިފުޅަށް ރަނގަޅު ރައްޓެއްސެކެވެ. އެކަކުވެސް ކުދިންނަށް ރަނގަޅު ރައްޓެއްސެއްގޮތަށް އޭނާގެ ދަރިފުޅު ތަރުބިއްޔަތު ކުރިބާއެވެ؟

ޙަޤީޤަތުގައި ވާންޖެހޭގޮތަކީ ކޮންމެ މަންމައަކުވެސް އަދި ބައްޕައަކުވެސް އެންމެ ފުރަތަމަ ކުރަންވީކަމަކީ އޭނާގެ ދަރިފުޅަކީ އެހެންކުދިންނަށް ރަނގަޅު ރައްޓެއްސަކަށް ހަދާނެ ގޮތަކާމެދު ފިކުރު ކުރުމެވެ. އޭރުން އެގޮތުގައި އެކުދިން ތަރުބިޔަތު ކުރެވޭނެއެވެ. ނަތީޖާއަކަށްވާނީ ރަނގަޅު އާފަލު ބާޒާރަށް ނެރެވުނުފަދައިން، މުޖްތަމަޢުއަށް ރަނގަޅު އެކުވެރިންނަށް ފުދޭ ފެންވަރުގެ ކުދިން ނެރުމެވެ. އޭރުން ރަނގަޅު އެކުވެރިން ހޯދާނެ ތަންތަން ވަރަށް ގިނަވާނެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.