”ނައުއެމްވީ“ މެދުވެރިކޮށް ”އެހީ ޖަމްއިއްޔާ“ގެ ”ހެވަތަ“ އަށް އެހީވުމުގެ ފުރުސަތު

ދިރާގުން ތަރައްޤީކޮށްފައިވާ ”ނައުއެމްވީ“ އެޕްލިކޭޝަން މެދުވެރިކޮށް ”ހެވަތަ“ ޕްރޮގްރާމަށް އެހީވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. ”އެހީ ޖަމްއިއްޔާ“އިން ކުރިޔަށްގެންދާ ”ހެވަތަ“ ޕްރޮގްރާމް މެދުވެރިކޮށް ރާއްޖޭގައި ދިރިއުޅޭ ނިކަމެތި ޢާއިލާތަކަށް އެހީވުމުގެ ފުރުސަތު ”ނައުއެމްވީ“ މެދުވެރިކޮށް އިތުރަށް ފަހިވެފައިވެއެވެ.

”އެހީ ޖަމްއިއްޔާ“އިން ކުރިޔަށްގެންދާ ”ހެވަތަ“ ޕްރޮގްރާމަކީ ދިރިއުޅުމުގެ ޙާލަތު ދައްވެ، ފުދުންތެރިކަން ކުޑަވެފައިވާ ޢާއިލާތަކަށް ކާބޯތަކެތި ފޯރުކޮށްދިނުމަށް ހިންގޭ ޕްރޮގްރާމެކެވެ. ”އެހީ ޖަމްއިއްޔާ“އިން މަޢުލޫމާތުދޭގޮތުގައި ”ހެވަތަ“ އިން އެހީވާ ޢާއިލާތަކަކީ ލިބޭ އާމްދަނީއިން ޟުރޫރީ ބޭނުންތަށް ފުއްދާނުލެވޭ، ނުވަތަ އެފަދަ ބޭނުންތައް ފުއްދޭވަރުވާނަމަ، އޭގެ އިތުރުން ކުއްލިއަކަށް ކުރިމަތިވާ އެއްވެސް ކަމެއްގައި ހޭދައެއް ކުރެވޭވަރު ނުވާ ޢާއިލާތަކެވެ.

އިޝްތިހާރު full width ad 1200 x 150

މީގެއިތުރުން ދިރާގުގެ ”ނައުއެމްވީ“ އެޕްލިކޭޝަނުގައި ”ހެވަތަ“ ޕްރޮގްރާމް ހިމެނުމާއެކު މިފަދަ ނިކަމެތި ޢާއިލާތަކަށް އެހީވުމަށް ބޭނުންވާ ފަރާތްތަކަށް އެކަން ފަސޭހަކަމާއެކު ކުރުމުގެ ފުރުސަތު އޮތްކަން އެހީއިން ހާމަކުރެއެވެ.

މި ޕްރޮގްރާމާއި ބެހޭ އިތުރު މަޢުލޫމާތު ބޭނުންވާ ފަރާތްތަކަށް އެހީ ޖަމިއްޔާގެ ހޮޓްލައިން ނަންބަރު 7803433 ނުވަތަ ހެވަތަ ހޮޓްލައިން ނަންބަރު 9133433 މެދުވެރިކޮށް މަޢުލޫމާތު ލިބޭނެއެވެ.

”ހެވަތަ“ ޕްރޮގްރާމްގެ ދަށުން ވަނީ 20 ޢާއިލާއަކަށް އެހީތެރިކަން ފޯރުކޮށްދީފައެވެ. ”އެހީ ޖަމްއިއްޔާ“އިން މަޢުލޫމާތުދޭގޮތުގައި ”ހެވަތަ“ މެދުވެރިކޮށް އެފަދަ ޢާއިލާތަކަށް އެއް މަސްދުވަހަށް ބޭނުންވާ ކާބޯތަކެތީގެ ގޮތުގައި ހަނޑޫ، ހަކުރު، ފުއް، ކައްކާތެޔޮ، އަދި ދަޅުމަހުގެ އިތުރުން ކުޑަކުތިންގެ ކާނާއާއި، ނެޕީފަދަ ތަކެތި ފޯރުކޮށްދެއެވެ.

”ހެވަތަ“ ޕްރޮގްރާމްގެ އިތުރުން، އެހީ ޖަމިއްޔާއިން އަންނަނީ ކޮވިޑް 19 ގެ ހާލަތާއި ގުޅިގެން ހާލުގައި ދިރިއުޅެމުން އަންނަ ޢާއިލާތަކަށާއި ބިދޭސީއިންނަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.