ﷲގެ ސުންނަތަށް ބަދަލެއް ނާދެއެވެ.

ދަތި ދުވަސްތަކަކަށްފަހު އުފާވެރިކަން އާދެއެވެ. ދެން މީސްތަކުން ޝުކުރުކުރެއެވެ. އިސާހިނދަކު ހަނދާނުން ކައްސާލައެވެ. އަނެއްކާ ކުފުރުވެރިކަން އޭނާ ވަށާލައެވެ. ދެން ހަނދާންކޮށްދޭ ހަނދާން ކޮށްދިނުމެއްކަމުގައި މުޞިބާތް އައިސް ކުރިމަތިވެއެވެ.

އިންސާނިއްޔަތު މިހާރު މިވަނީ އެފަދަ ޙާލަތެއްގައެވެ. މިއަދު އެންމެ ހިތްދަތިވާ އެއްކަމަކީ ބައެއްކަހަލަ އަޅުކަން ކުރުމުގެ ފުރުޞަތު ގެއްލިފައިވުމެވެ. ފެތުރެމުންދާ ބަލިމަޑުކަމުން އަރައިގަނެ އާއްމު ދިރިއުޅުމަށް މީސްތަކުން ނިކުންނަން ފަށާފައިވާއިރު، ދެން އިންތިޒާރުކުރެވެނީ މިސްކިތްތަށް ހުޅުވަންދެނެވެ. ޤުރްއާން ކްލާސްތަކަށް އަނބުރާ ދެވޭނެ ދުވަހަކަށެވެ. ﷲގެ ވާގިފުޅާއި ރަޙުމަތުން މިކަންކަންވެސް ދާތި އަވަހަށް ފެށިދާނެއެވެ. އައު ފެށުމަކުން އައު ޙަޔާތަކާށް އަލިކުރުވާހެން އައު ދިރިއުޅުމަކަށް މީސްތަކުން ހޭލަމުން އަންނައިރު މާޒީގެ ފިލާވަޅުތަކުން ޢިބުރަތް ޙާޞިލް ކުރާނީ ބުއްދިވެރިންނެވެ.

އިޝްތިހާރު full width ad 1200 x 150

މުސްލިމުންގެ ދުސްތުރު ކަމުގައިވާ ކީރިތި ޤުރްއާނުގައި ފިލާވަޅު ލިބިގަނެވޭނެ މާޒީގެ އެތައް ފިލާވަޅެއް ވެއެވެ. އެގޮތުން އައްނަޙްލު ސޫރަތުގައި ﷲވަނީ އެފަދަ އިބުރަތްތެރި މިސާލެއް އިންސާނުންނަށް ޓަކައި ގެންނަވާފައެވެ.

وَضَرَبَ اللَّهُ مَثَلاً قَرْيَةً كَانَتْ آمِنَةً مُطْمَئِنَّةً يَأْتِيهَا رِزْقُهَا رَغَدًا مِنْ كُلِّ مَكَانٍ فَكَفَرَتْ بِأَنْعُمِ اللَّهِ فَأَذَاقَهَا اللَّهُ لِبَاسَ الْجُوعِ وَالْخَوْفِ بِمَا كَانُوا يَصْنَعُونَ (النحل: 112). އަމާންވެ، ހިތްހަމަޖެހިގެންވާ ރަށެއްގެ مثال ން، اللَّه مثال އެއް ޖެއްސެވިއެވެ. ކޮންމެ ދިމާޔަކުން ތަނަވަސްވެގެންވާ ގޮތުގައި، އެ ރަށަށް رزق އާދެތެވެ. ދެން اللَّه ގެ نعمة ތަކަށް އެ ރަށުގެ މީހުން كافر ވޫއެވެ. ދެން އެއުރެން ކޮށްއުޅުނު ކަންތަކުގެ ސަބަބުން، ބަނޑުހައިހޫނުކަމާއި، ބިރުވެރިކަމުގެ ފޭރާންލައްވައި، އެކަމުގެ ރަހަ އެއުރެންނަށް اللَّه ދެއްކެވިއެވެ.

މިއީ ދުނިޔޭގެ ސުއްނަތެވެ. ﷲތަޢާލާ ގެ ސުންތަށް ބަދަލުއަންނާތީ ތިބާއަށް ނުފެންނާނެއެވެ. އެހެނަސް މަދު އިންސާނަކު ނޫނީ އެކަން ހަނދާނެއް ނުހުރެއެވެ.

سُنَّةَ اللَّهِ الَّتِي قَدْ خَلَتْ مِنْ قَبْلُ وَلَنْ تَجِدَ لِسُنَّةِ اللَّهِ تَبْدِيلاً (الفتح: 23). މާނައީ:- ”(އެއީ) މީގެކުރިންވެސް اللَّه އެކަލާނގެ (އަޅުތަކުންނާމެދު) ކަންހިންގަވާފައިވާ ގޮތެވެ. އަދި اللَّه ކަންހިންގަވާގޮތަށް ބަދަލެއް އަންނާތީ ކަލޭގެފާނަކަށް ފެނިވަޑައެއް ނުގަންނަވާނެތެވެ.“

سُنَّةَ اللَّهِ فِي الَّذِينَ خَلَوْا مِنْ قَبْلُ وَلَنْ تَجِدَ لِسُنَّةِ اللَّهِ تَبْدِيلاً (الأحزاب: 62). މާނައީ:- ”(އެއީ) އިސްވެދިޔަ މީހުންނާމެދު، اللَّه، ކަންހިންގެވިގޮތެވެ. އަދި اللَّه ކަންހިންގަވާގޮތަށް ބަދަލެއް އަންނާތީ ކަލޭގެފާނަކަށް ފެނިވަޑައެއް ނުގަންނަވާނެތެވެ.“

اسْتِكْبَارًا فِي الأَرْضِ وَمَكْرَ السَّيِّئِ وَلاَ يَحِيقُ الْمَكْرُ السَّيِّئُ إِلاَّ بِأَهْلِهِ فَهَلْ يَنْظُرُونَ إِلاَّ سُنَّةَ الأَوَّلِينَ فَلَنْ تَجِدَ لِسُنَّةِ اللَّهِ تَبْدِيلاً وَلَنْ تَجِدَ لِسُنَّةِ اللَّهِ تَحْوِيلاً (فاطر: 43). މާނައީ:- ”)އެއީ) ބިންމަތީގައި ބޮޑާވެގަތުމުގެ ގޮތުންނެވެ. އަދި ނުބައި މަކަރުވެރި ރޭވުމުގެ ގޮތުންނެވެ. އަދި ނުބައި މަކަރުވެރި ރޭވުން އޭގެ أهل ވެރިންނަށް މެނުވީ ނުޖެހޭނެތެވެ. ފަހެ، އިސްވެދިޔަ މީހުންނާމެދު، اللَّه ކަންހިންގެވިގޮތަށް މެނުވީ އެއުރެން انتظار ކުރޭހެއްޔެވެ؟ ފަހެ، اللَّه، ކަންހިންގަވާގޮތަށް ބަދަލެއް އަންނާތީ ކަލޭގެފާނަކަށް ފެނިވަޑައެއް ނުގަންނަވާނެތެވެ. އަދި اللَّه، ކަންހިންގަވާގޮތް އެހެން ފަރާތަކަށް އަނބުރައިލެވޭތީވެސް ކަލޭގެފާނަކަށް ފެނިވަޑައެއް ނުގަންނަވާނެތެވެ.“

ﷲ ތަޢާލާގެ ސުންނަތަކަށް ބަދަލެއް ނާންނާނެއެވެ. ބަދަލު ކުރަންވީ އަޅުގަނޑުމެންގެ ދިރިއުޅުމެވެ. އަކަމަށްޓަކައި ކީރިތި ޤުރްއާނުގެ ފިލާވަޅުތަކުން ދަރުސް ލިބިގަންނާށެވެ! ރަސޫލު ﷲ ﷺގެ ސުންނަތުގައި ހިފަހައްޓާށެވެ! އެއަށް ޢަމަލު ކުރުމާއެކު، ތިބާފަދަ އެހެން ބަޔަކަށްވެސް ހެޔޮގޮތް ކިޔައިދޭށެވެ! ޢަމަލު ކުރުމާއި ހެޔޮކަންކަމަށް ވަޞިއްޔަތް ކުރުމުގެ މައްޗަށް ކެތްތެރިވާށެވެ!

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.