ނަޞާރާއިންގެ ޢީދުގައި ބައިވެރިނުވުމަށް ދީނީ ޢިލްމުވެރިން ނަޞޭޙަޔްތެރި ވެވަޑައިގެންފި.
ނަޞާރާއިންގެ ޢީދާ ގުޅިގެން އެއްވެސް ކަމެއްކުރުން ހުއްދަ ނުވާނެކަމަށް ދިވެހިރާއްޖޭގެ ދީނީ ގިނަ ޢިލްމުވެރިންތަކެއް ވިދާޅުވެއްޖެއެވެ.
މިފަދައިން ޢިލްމުވެރިން ވިދާޅުވެފައިވަނީ މިއަދު ހުކުރު ނަމާދަށް ފަހު އައްޝައިޚް އާދަމް ނިޝާންގެ ރަސްމީ ފެސްބުކް ޕޭޖުގައި އާންމުކުރެއްވި ވީޑިއޯ އެއްގައެވެ.
ކްރިސްމަސް ފާހަގަ ކުރުމުވެ ނުރައްކާތެރިކަމާއި އެކަމުން ދުރުވެ ތިބުމަށް ނަޞޭޙަތް ތެރިވެފައިވާ މި ވީޑިއޯ ކޮންމެ ދިވެހި ރައްޔިތަކުވެސް ބަލައިލުން މުޙިއްމެވެ.