ކުއީންޓައުންގެ ފުރަތމަ މިސްކިތް ހުޅުވައިފިއެވެ.

ނިއުޒިލޭންޑުގެ ސިޓީއެއް ކަމުގައިވާ ކުއީންޓައުންގައި ފުރަތަމަ ފަހަރަށް މިސްކިތެއް ހުޅުވައިފިއެވެ. މިއީ އެރަށުގައި ދިރިއުޅޭ މުސްލިމުން ވަރަށް ދުވަސް ވަންދެން ކުރަމުން އައި އުއްމީދު ތަކެއްގެ ނިމުން ގެނުވި ކަމެކެވެ. ދިގު އިންތިޒާރެއްގެ ފޮނި ރަހަ އަރުތެރޭ ލީ ދުވަހެވެ.

އަހަރުން މިތިބީ ވަރަށް އުފަލުން، މިރަށުގައި އުޅޭ މުސްލިމުންނަށް ޖަމާޢަތުގައި އަޅުކަން ކުރާނެ ތަނެއް ލިބުނީމަ، މީގެ ކުރިން ޖަމާޢަތުގެ ނަމާދުތަކަށް ކޮންމެ ފަހަރަކުވެސް ތަނެއް ކުއްޔައް ހިފަނީ. ބައެއް ފަހަރު ތަނެއް ނުލިބިގެން ކޯރުގެ އައްސޭރީގައިވެސް ޖަމާޢަތް ހަދައިގެން ނަމާދު ކުރަންޖެހޭ.“ ކުއީންޓައުން އިސްލާމިކް ސެންޓަރުގެ ޗެއާރމަން މުޙައްމަދު ނަދީމު ވިދާޅުވިއެވެ.

އިޝްތިހާރު full width ad 1200 x 150

މިއަދާއި ހަމައަށް ކުއީންޓައުންގެ މީހުން ނަމާދު ކުރަމުން އައިސްފައިވަނީ ގޭގައި، މި ސިޓީއާއި އެންމެ ކައިރިންވެސް މިސްކިތެއް ހުންނަކަމަށްވަނީ ގާތްގަނޑަކަށް 200 ކިލޯ މީޓަރު ދުރުގައި. އެހެންކަމުން ކޮންމެ ނަމާދަކަށް ޖަމާޢަތަށް ދިއުން ވެފައި އޮންނަނީ ވަރަށް ބޮޑު ތަކުލިފަކަށެވެ.

މިރަށުގައި މިސްކިތެއް އެޅުމަށް އެބައިމީހުން މަސައްކަތް ފެށީ 2019ގައި އަދި މިސްކިތް އެޅުމަށް ބޭނުންވާ ޖުމްލަ 000،430 ޑޮލަރުގެ ތެރެއިން %10 ފުރަތަމަ ދައްކާފައި މިހާރު މިވަނީ މިސްކިތަށް ވަދެވޭ ވަރުވެފައި، ބާކީ %90 ފައިސާ ދައްކާ ޚަލާޞް ކުރަން ޖެހެނީ 2021ގެ ޑީސެމްބަރު މަހުގެ ކުރިންކަމުގައި ކުއީންޓައުން އިސްލާމިކް ސެންޓަރުން މައުލޫމާތުދެއެވެ.

އެޖަމިއްޔާއިން ބުނާ ގޮތުގައި މިމަހުގެ 16 ވަނަ ދުވަހު ތަޅުދަނޑި ލިބުމާއެކު އެމިސްކިތް ހުޅުވާ އެދުވަަހުގެ މަޣްރިބު ނަމާދުން ފެށިގެން މިސްކިތުގައި ނަމާދުކުރުން ވަނީ ފެށިފައެވެ.

މިއަދު ދުނިޔޭގައި އެންމެ ބާރު މިނުގައި ފެތުރެމުން އަންނަ ދީނަކީ އިސްލާމް ދީނެވެ. އެދީނުގެ ތެރޭގައި ހުރި ރަނގަޅު އެތައްކަމެއްފެނި މީސްތަކުން އަންނަނީ އިސްލާމްދީނަށް ލޯބިޖެހެމުންނެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.