ރިސޯޓް ތަކުގެ އިމާމުން ތަމްރީނު ކުރުމުގެ ޕްރޮގްރާމްގެެ ދެވަނަ އަދި ތިންވަނަ ބެޗުގެ ކިޔެވުން ނިމިއްޖެ

އޮންލައިން ޕްލެޓްފޯމެއް ކަމުގައިވާ ޒޫމް މެދުވެރިކޮށް ހިންގާ ރިސޯޓުތަކުގެ އިމާމުން ތަމްރީނު ކުރުމުގެ ޕުރޮގުރާމުގެ ދެވަނަ އަދި ތިންވަނަ ބެޗުގެ ކިޔެވުން ނިމިއްޖެއެވެ.01 ޖަނަވަރީ 2021 ވަނަ ދުވަހުން ފެށިގެން 16 ފެބުރުވަރީ 2021 ވަނަ ދުވަހުގެ ނިޔަލަށް ކިޔެވުން ކުރިއަށް ގެންގޮސްފައިވާ މި ދެ ބެޗުގައި ޖުމްލަ25 ބައިވެރިން ހިމެނެއެވެ.
މީގެ އިތުރުން ރިސޯޓުތަކުގައި އިމާމުން ތަމްރީނު ކުރުމުގެ ޕުރޮގުރާމުގެ ހަތަރުވަނަ އަދި ފަސްވަނަ ބެޗުގެ ކިޔެވުން މިހާރު ކުރިޔަށްދާއިރު މި ޕްރޮގްރާމްގައި މިހާތަނަށް 69 ރިސޯޓަކުން 70 ބޭފުޅުންވަނީ ބައިވެރިވެފައެވެ.
މި ތަމްރީނު ޕްރޮގްރާމަކީ މިނިސްޓްރީ އޮފް ޓޫރިޒަމް ގެ އެދިވަޑައިގަތުމާ އެކު މިނިސްޓރްީ އޮފް އިސްލާމިކް އެފެއާޒްއިން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މި ކޯހުގައި ބައިވެރި ކުރަން ހަމަޖެހިފައި ވަނީ މިނިސްޓްރީ އޮފް ޓޫރިޒަމުން ނަން ހުށައަޅާ ފަރާތްތަކެވެ.
ދިވެހި ރާއްޖޭގެ ޓޫރިސްޓު ރިސޯޓުތަކުގައި (ވަގުތީ ގޮތުން) ބަންގި ގޮވުމާއި ޚުޠުބާ ކިޔުމާއި އިމާމުވެ ހުކުރު ނަމާދާއި ފަރްޟު ފަސް ނަމާދު އަދި ޖަމާޢަތުގައި ކުރާ ސުއްނަތް ނަމާދު ކުރުމުގެ ޤާބިލުކަން ހުރި ބަޔަކު އުފެއްދުމުގެ މަޤްސަދުގައި ހިންގާ މި ޕްރޮގްރާމް ކާމިޔާބުކަމާ އެކު ފުރިހަމަކުރާ ފަރާތްތަކަށް ހަނދާނީ ލިޔުމެއް ދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ. ހަނދާނީ ލިޔުން ޙާޞިލުކުރާ ފަރާތްތަކަށް ދިވެހި ރާއްޖޭގެ ކޮންމެ ރިސޯޓެއްގައި ވެސް ވަގުތީ ގޮތުން މުދިމްކަން ކުރުމާއި ހުކުރު ކުރުމުގެ ހުއްދައެއް މިނސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ދޫކުރާނެ އެވެ. އަދި މިކޯސްތަކުގެ މައިގަނޑު އަމާޒަކީ މި އަހަރު ތެރޭގައި ކޮންމެ ރިސޯޓެއްގައި ހުކުރު ކެރެވޭނެ ދެ ޚަތީބުން ތަމްރީނު ކުރުމެވެ.
މި ކޯހުގައި ކިޔަވައިދެއްވާނީ މިނިސްޓްރީ އޮފް އިސްްލާމިކް އެފެއާޒުގެ ވާޢިޘުންނާއި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ކަނޑައަޅާ، ކަމަށް ޤާބިލު ޢިލްމުވެރިންނެވެ.

އިޝްތިހާރު full width ad 1200 x 150

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.