”ޕިޗް-އަޕް: ޔޫތު އެންޓްރޮޕްރިނުއަރޝިޕް ޗެލެންޖް“ އިފްތިތާޙު ކޮށްފި

މީރީ ޕްރޮޖެކްޓް ގެ ފަރާތުން ”ޕިޗް-އަޕް: ޔޫތު އެންޓްރޮޕްރިނުއަރޝިޕް ޗެލެންޖް“ މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑރ.އިބްރާހިމް ޙަސަން މިއަދު އިފްތިތާޙް ކޮށްދެއްވައިފިއެވެ.
ކޮވިޑް 19 ގެ ސަބަބުން ވިޔަފާރިތަކަށްވަނީ ތަސައްވަރުނުކުރެވޭ ފަދަ ގެއްލުންތަކެއްވެފައެވެ. މިކަމު ގެ ސަބަބުން“ނިއު ނޯރމަލް“ ގެ ހާލަތުގައި އައު އިސްތިރާޖުތަކެއް އެކަށައަޅަންވަނީ މަޖުބޫރުވެފައެވެ .
މިކަމަށް އެހީތެރިކަން ފޯރުކޮށް ދިނުމަށްޓަކައި މީރީ މަޝްރޫޢުގެ ފަރާތުންވަނީ ”ޕިޗް-އަޕް: ޔޫތް އެންޓްރެޕްރުނުއަރޝިޕް ޗެލެންޖު“ ގެ ނަމުގައި ޒުވާނުން ނަށް އަމާޒުކޮށް ޚާއްސަ މުބާރާތެއް މިއަދު އިފްތިތާޙް ކޮށްފައެވެ. މި މުބާރާތް ވެގެންދާނީ އަމިއްލަ ވިޔަފާރި ފެށުމަށް ޝައުޤުވެރިވާ ޒުވާނުންނަށް ލިބޭ ރަނުގެ ފުރުސަތަކަށެވެ .
މި މުބާރާތް ހުޅުވާލެވިފައި މިވަނީ އުމުރުން 18 އާއި 35 އަހަރުގެ ޒުވާނުންނަށެވެ.
މުޅި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ދިރިއުޅެމުން ގެންދާ ހުރިހާ ޒުވާނުންނަށް ބައިވެރި ވުމުގެ ފުރުސަތު މިވަނީ ހުޅުވާލައިފައެވެ .
މިއަދު މިފެށި މިމުބާރާތުގައި އައު ވި ޔަފާރީގެ އުފެއްދުންތެރި ޚިޔާލާއި، ވިސްނުންތައް ހުށަހަޅާ، އެ ކަންކަން ފަށައިގަތުމަށް ޒުވާނުންނަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށް ދެވޭނެއެވެ .
މި މުބާރާތުގައި އަމިއްލަ ހައިސިއްޔަތުން ނުވަތަ 3 މެންބަރުންގެ ޓީމްއެއްގެ ގޮތުގައިވެސް ބައިވެރިވެވިދާނެއެވެ.
އަދި ހުށައަޅާ ހިޔާލުތަކަށް ބިނާކޮށް 10,000 އާއި 40000 ދެމެދު ޢަދަދަކަށް ޑޮލަރުގެ އެހީތެރިކަން ފޯރުކޮށް ދެވޭނެއެވެ.
ހިޔާލުތައް ހުށައެޅުމަށް ކަނޑައެޅިފައި ވާ ދާއިރާތަކަކީ ފަތުރުވެރިކަން ފަތުރުވެރިކަމާއި ގުޅޭ ޢުމްރާނީ މަސައްކަތް އައި.ސީ.ޓީ އަދި ދަނޑުވެރިކަމެވެ
މުބާރާތުގެ ފުރަތަމަ ފިޔަވަސްއަކީ ހިޔާލު ހުށައެޅުމެވެ. އެއައްފަހު ބޫޓްކޭމްޕް ތަމްރީން ފުރިހަމަ ކުރާފަރާއްތަކަށް ފައިނަލް ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވޭނެއެވެ. މިއަށްފަހު މިވިޔަފާރީގެ ހިޔާލުތައް ރާއްޖެ އަދި ބައިނަލްއަގުވާމީ ޖަޖުން ހިމެނޭހެން އެކުލަވާލެވޭ ޕެނަލަކަށް ޕިޗްކުރުމުގެ ފުރުސަތު ލިބޭނެއެވެ.
”ކުޑަކުޑަ ޚިޔާލަކަށް ފެންދީ ބޮޑުކޮށް ވިޔަފާރީގެ މައިދާނުގައި ނަތީޖާ ނެރޭ ކާމިޔާބު ޒުވާނުންތަކެއް އުފެއްދޭނެ ކަމަށް އުންމީދުކުރަން“ މި ހަފްލާގައި މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑރ. އިބްރާހިމް ހަސަން ވިދާޅުވިއެވެ.
މިމުބާރާތް އިފްތިތާހް ކުރުމުގެ ހަފްލާގައި ޒުވާނުންނާ މުހާތާބު ކުރުމުގެ ގޮތުން ހީޓް ހެލްތު އެންޑު ފިޓްނަސް ގެ ސީއީއޯ އައިޝަތު ޝިފާނާ ބައިވެރި ވެވަޑައިގަތެވެ. އަދި ލޮޓީ ފައިލްސްގެ ކޯފައުންޑާރ އަދި ސީޓީއޯ އޮންލައިންކޮށް ބައިވެރި ވެވަޑައިގަތެވެ.
މީރީ ޕްރޮޖެކްޓަކީ މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނާއި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ގުޅިގެން ވޯރލްޑް ބޭންކުގެ އެހީގައި ހިންގާ 05 އަހުރު ދުވަހުގެ 20 މިލިއަން ޑޮލަރުގެ މަޝްރޫޢެކެވެ .
މީރީ މަޝްރޫޢުގެ މައިގަނޑު މަގްސަދަކީ ޒުވާނުންނަށް ވަޒީފާގެ ފުރުސަތު ފަހިކޮށްދިނުމެވެ. ޓެކްނިކަލް ވޮކޭޝަނަލް ދާއިރ އާއި ވިޔަފާރީގެ ހުނަރުތައް ތަރައްގީކުރުމެވެ. އެގޮތުން މިޕްރޮޖެކްޓުން އިސްކަންދޭ ދާއިރާތަކަކީ ފަތުރުވެރިކަން ފަތުރުވެރިކަމާއި ގުޅޭ ޢުމްރާނީ މަސައްކަތް، އައި.ސީ.ޓީ އަދި ދަނޑުވެރިކަމެވެ .
މި މުބާރާތާއި ބެހޭ އިތުރު މައުލޫމާތު މީރީ ޕްރޮޖެކްޓްގެ ވެބްސައިޓްގައްޔާއި ސޯޝަލް މީޑިއާ ޕްލެޓްފޯމުތަކުގައި އާންމުކޮށް ފެންނާން ހުންނާނެއެވެ .

އިޝްތިހާރު full width ad 1200 x 150

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.