ކޮވިޑް ވެކްސިން ޖަހައިދޭ ވަގުތު އިތުރުކޮށްފި
މާލެ ސަރަހައްދުގައި ކޮވިޑް ވެކްސިން ޖަހައިދޭ ވަގުތު އިތުރު ކޮށްފި އެވެ.
އެޗްޕީއޭ އިން ބުނީ ވެކްސިން ޖަހައިދޭ ވަގުތު އިތުރުކުރީ މާލެ ސަރަހައްދުގަައި އަދިވެސް ގިނަ ބަޔަކަށް ކޮވިޑް ވެކްސިން ޖަހަން ޖެހޭތީ ކަމަށެވެ. އަދި ވަގުތު އިތުރުކޮށްފައިވަނީ މިއަދުން ފެށިގެން ކަމަށެވެ.
ރަމަޟާން މަސް ފެށުމާއެކު މާލެ ސަރަހައްދުގައި ވެކްސިން ޖަހަމުން ގެންދިޔައީ ކޮންމެ ރެއެއްގެ ވެސް 9 ން 11 އަށެވެ. އެހެންނަމަވެސް މިހާރު މިވަނީ 45 އިތުުރުކޮށް، ކޮންމެ ރެޔަކު ވެސް 21:00 ން 23:45 އަށް ވެކްސިން ޖަހައިދޭން ނިންމާފަ އެވެ.
ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ދެވޭނެ ސެންޓަރުތައް:
- ސޯޝަލް ސެންޓަރު – 21:00 ން 23:45 އަށް
- ނެޝަނަލް އާޓް ގެލަރީ 21:00 ން 23:45 އަށް
- ރައްޔިތުންގެ މަޖްލިސް 21:00 ން 23:45އަށް
- ހުޅުމާލެ ވެކްސިނޭޝަން ސެންޓަރ (ހުޅުމާލޭ ފްލޫ ކްލިނިކް ހުރި އިމާރާތް) 21:00 އިން 23:45އަށް
- ވިލިމާލެ ޒުވާނުންގެ މަރުކަޒު 21:00 ން 23:45އަށް
ސެނަހިޔާ 21:00 އިން 23:45 އަށް
ސިނޮފާމް ވެކްސިންގެ ފުރަތަމަ ޑޯޒް ދެވޭނެ ސެންޓަރުތައް:
- ޓްރީޓޮޕް ހޮސްޕިޓަލް 21:00 އިން 23:00އަށް
ރޯދަމަހު ވެކްސިން ޖަހައިދޭނީ މަދު ވަގުތެއްގައިކަން މާކުރިން އެޗްޕީއޭ އިން އޮތީ އަންގައިފަ އެވެ. އަދި ރޯދައިގެ ކުރިން ވެކްސިން ޖެހުމަށް ވެސް އެދުނެވެ. އެގޮތަށް އެދުނަސް އޭގެ ކުރިން ވެކްސިން ސެންޓަރުތައް އޮތީ ގާތްގަނޑަކަށް ހުހަށެވެ. އެތަންތަނަށް ބާރުބޮޑުވީ ރޯދަމަސް ފެށެން އެއް ދުވަހަަށް ވުމުންނެވެ.ރާއްޖެއިން މިހާތަނަށް ވަނީ 273،660 މީހުން ވެކްސިން ޖަހާފަ އެވެ.