ފުރުސަތު ގެއްލުމުގެ ކުރިން، އޭގެ ފައިދާ ރަނގަޅު ގޮތުގައި ލިބިގަންނާށެވެ!

ރަނގަޅު ފުރުސަތެއް ލިބި އެ ފުރުސަތު ގެއްލުމުގެ ކުރިން، އޭގެ ފައިދާ ރަނގަޅު ގޮތުގައި ލިބިގަތުމަކީ ބުއްދިވެރިންގެ ކަމެކެވެ. އަދި އެފަދަ ރަނުގެ ފުރުސަތެއް ލިބި އެ ފުރުސަތުގެ ބޭނުން ނުހިފާ ދޫކޮށްލުމަކީ ސިކުނޑި ހަމަނުޖެހޭ މޮޔައިންގެ ކަމެކެވެ.

ދަންނާށެވެ. ލިބޭ ކޮންމެ ފުރުސަތަކީ ވެސް ލިބުމަށްފަހު އޭގެ ބޭނުން ކުރ9ިޔަސް ނުކުރިޔަސް ފިލައިގެންދާނޭ އެއްޗެކެވެ. އޭގެ މާނައަކީ  އަތުވެއްޖެ ކޮންމެ އެއްޗަކީ އެނބުރި ދާނެ އެއްޗެކެވެ.

އިޝްތިހާރު Heyobas Ruqya Course Ad square

އިއްޔެ އަޅުގަނޑުމެން އިންތިޒާރު ކުރަމުންއައި އަދި އެދުވަހަކަށް ޓަކައި އިންތާރުކުރަމުން އައި މެހެމާނު އަޅުގަނޑުމެންނާ ވަކިވެދާން ގާތް ވަނީއެވެ. އަޅުގަނޑު ދައްކަން މިއުޅޭ ވާހަކައަކީ އަޅުގަނޑުމެން މިހާރު ވޭތިކުރަމުން މިދާ ބަރަކާތުން ފުރިގެންވާ މައްސަރުގެ ވާހަކައެވެ. އާދެ ރަމަޟާންމަހުގެ ވާހަކައެވެ.

އަޅުގަނޑުމެން އެންމެންނަށްވެސް އެނގޭނެ ފަދައިން މާތްވެގެންވާ ރަމަޟާންމަސް އަޅުގަނޑުމެންގެ ގާތަށް އައީ އިއްޔައެވެ. މިއަދު މިވަނީ އެ މައްސަރުން ދެބައިކުޅަ އެއްބައިވޭތިވެގެން ގޮސްފައެވެ. އިސާހިތަކު މި މަސް އަޅުގަނޑުމެންނާއި ވަކިވެދާނެއެވެ. މާތް ﷲ އެމައްސަރުގައި ލައްވަވާފައިވަނީ ހުސް ހެޔޮކަމެވެ.  އަމާންކަމާ އީމާންކަމެވެ. ސަލާމަތްތެރިކަމާ އިސްލާމްކަމެވެ. އޯގާތެރިކަމާ ހަމްދަރުދީއެވެ. އެހީތެރިކަމާ ތައާވުނެވެ.  ފުއްސެވުމާއި ރުއްސެވުމެވެ.

ރޯދަމަހުގެ ރޭތަކާއި ދުވަސްތައް މާތް ކުރެއްވިފައިވަނީ އައްރަހުމާނުގެ ރަހުމަތް ބެއްސެވުމާއި އަލް ޣައްފާރުގެ ފުއްސެވުމާއި އަލްޖައްބާރުގެ އަޛާބުން މިންޖު ކުރެއްވޭ މޫސުމެއްކަމުގައެވެ. އެހެން ހުރިހާ މައްސަރަކަށްވުރެ އެހުރިހާ ކަމެއްވެސް މިމައްސަރުގައި އިތުރުވެގެންވެއެވެ.

ރޯދަމަހުގެ ފަހު ދިހަޔަކީ އެމައްސަރުގެ އެއްމެ ފުރިހަމަ ބައެވެ. ހެޔޮއަމަލު ތަކާއި، ހެޔޮބަސްތައް އެއްމެ ގިނަކުރަންވީ ދުވަސްތަކެވެ. ދަރުމަޔާ ޘަވާބަށް އެއްމެ ދަހިވެތި ވާންވީ ވަގުތުކޮޅެވެ.

ﷲ ސުބްހާނަހޫ ވަތައާލާގެ ފުއްސެވުމާއި ރުއްސެވުމަށް އެދިގެންވާ މީހުންނަށް އެއްމެ ބޭނުންވާނެ ކަމަކީ އެކަލާނގެ ކޯފާ އާއި އަޛާބުން މިންޖު ވުމެވެ. މީ އެކަމަށްޓަކައި ޚާއްސަ ވަގުތެވެ.

ކޮންމެ ކަމެއް، އަދި ކޮންމެ އެއްޗެއްގެވެސް އޭގެ ނިމުން ރަނގަޅުވެއްޖެ ނަމަ އެއީ ވަރަށްބޮޑު ކާމިޔާބެކެވެ. އެގޮތުން ރަމަޟާން މަހުގެ ފަހު ދިހައެއް ތަގުވާގެ މަތިވެރި ސިފަތަކާއެކުގައި ހާސިލު ކުރުމަށްޓަކައި، ރޯދަމަހުގައި އަޅުގަނޑުމެން ކުރަމުން އައި ހުރިހާ ހެޔޮ އަމަލު ތަކެއް ދެގުނަޔަށް އިތުރު ކުރަންވީއެވެ. ހެޔޮ އަމަލުތަކުގައި ފަރުވާކުޑަކުރެވުނު ނަމަ މިވަގުތުކޮޅު ޣަނީމާކުރަންވީއެވެ.

ރަމަޟާންމަހުގެ ފަހު ދިހައެއްގައި އެއްހާސް މައްސަރަކަށްވުރެ ހެޔޮކަން ބޮޑުވެގެންވާ ރެޔެއް ވެއެވެ. އެއީ ލައިލަތުލް ގަދްރި ވިލޭރެއެވެ. އެރޭ ލިބިގަތުމަށްޓަކައި ހިތްވަރާއެކުގައި މަސައްކަތް ކުރާށެވެ. އިތުރު އެކަލާގެފާނުން އެރޭގެ އަޅުކަން ލިބިގަތުމަށް އެދިގެން، ފަހުދިހައެއްގެ ރޭތަކުގައި އަޅުކަންކުރެއްވުމުގައި ހޭލާ ހުންނެވިއެވެ. އަދި އަނބިއަނބި ކަނބަލުންވެސް ނެންގެވިއެވެ.

ރޭއަޅުކަން ކުރުމާއި، ކީރިތި ޤުރުއާން ކިޔެވުމާއި، ޛިކުރު އަޛްކާރު ކުރުމާއި، ތިމާއަށް ކުރެވިފައިވާ ފާފަތަކުން ތައުބާވެ، އިސްތިޣްފާރުކޮށް، ﷲގެ ހަޟުރަތަށް ދުއާކޮށް ދެންނެވުމުގައި މިދުވަސްކޮޅު ހޭދަކުރަމާ އަންނާށެވެ.
އިތުރު އެކަލޭގެފާނުން ހަދީޘްކުރައްވާފައިވެއެވެ. [ކޮންމެ ރެއެއްގެ ތިންވަނަބައިގައި ﷲ އައްޒަ ވަޖައްލަ ދުނިޔޭގެ އުޑަށް ފައިބައިވޮޑިގެން ވަހީ ކުރައްވައެވެ. ކަމަކަށް އެދި ދަންނަވާނެ މީހަކު ވޭހެއްޔެވެ. ތިމަން އިލާހު އެމީހަކަށް ފުއްދަވާދެއްވާނަމެވެ. އެއްޗަކަށް އެދޭނެ މީހަކު ވޭހެއްޔެވެ؟

ތިމަން އިލާހު އެމީހަކަށް އެއެއްޗެއް ދެއްވާނަމެވެ. ފާފަ ފުއްސެވުމަށް އެދޭނެ މީހަކު ވޭހެއްޔެވެ؟ ތިމަން އިލާހު އެމީހެއްގެ ފާފަ ފުއްސަވާނަމެވެ.] މިފަދައިން ފަތިސްވެއްޖައުމަށް ދާންދެން އެކަލާނގެ ވޮޑިގެންވެއެވެ.
މާތް ނަބިއްޔާ ހަދީޘް ކުރައްވާފައިވެއެވެ. ރޯދަމަހުގެ އެއްމެ ފަހު ރޭގައި ރޯދަވެރިޔާގެ ހުރިހާ ފާފައެއް ފުއްސެވެއެވެ. ދެންނެވުނެވެ. އެއީ ލައިލަތުލް ގަދުރި ވިލޭރެކަމުގައި ވެގެން ތޯއެވެ؟ ހަދީޘްކުރެއްވިއެވެ. [އަދިކިޔެއް އާމިލު މީހާއަށް އޭނާގެ އުޖޫރަ ފުރިހަމަޔަށް ދެވޭހުށީ އޭނާގެ މަސައްކަތް ނިމުމުންނެވެ.]

ލޮބުވެރި އަޚުންނާއި އުޚްތުންނޭވެ! މިމަތިވެރި މަައްސަރު އަޅުގަނޑުމެނާއި ވަކިވާއިރު، މާތް ﷲ މިމައްސަރުގައި އެކަލާނގެ އަޛާބުގެ ގޯތި، ނަރަކައިން މިންޖު ކުރައްވާ މީހުންގެ ތެރޭގައި ވޭތޯ ގަދައަޅައި މަސައްކަތް ކުރަމާހެއްޔެވެ. ގިނަ ގިނައިން ހެޔޮ އަމަލުތައް ކުރަމާ އަންނާށެވެ.

ލައިލަތުލް ޤަދްރިވިލޭރޭ ދިމާވެއްޖެނަމަ ދަންނަވާނެ ދުޢާއަކާއިމެދުގައި އުންމުލް މޫމިނީން އާއިޝާ ރަޟިޔަﷲ އަންހާ އިތުރުއެކަލޭގެފާނަށް ދެންނެވުމުން ދަސްކޮށްދެއްވީ: ((اللَّهُمَّ إِنَّكَ عَفُوٌّ تُحِبُّ الْعَفْوَ فَاعْفُ عَنِّي)) [އޭ ﷲ! އިބަރަސްކަލާނގެއީ އަފޫކުރައްވާ، އަފޫކުރެއްވުމަށް ލޯބިވެވޮޑިގަންނަވާ ރަސްކަލާނގެއެވެ. އަޅުގެ ފާފަ ފުއްސަވާންދޭވެ!]

 

ނޯޓް: މި ލިޔުމަށް މައުލޫމާތް ނަގާފައިވަނީ ވަންއިސްލާމް ބްލޮގްއިންނެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.