އާރްޑީސީގެ 2 ވައްކަމާއި ގުޅިގެން 3 މީހަކު ހައްޔަރު ކޮށްފި
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)ގެ 2 ވައްކަމާއި ގުޅިގެން 3 މީހުން މިހައިތަނަށް ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ހާމަކޮށްފި އެވެ.
ފުލުހުން ބުނީ އާރްޑިސީގެ އޮފީސް ދެ ފަހަރެއްގެ މަތިން ފަޅާލި މައްސަލައާ ގުޅިގެން މިދިޔަ އާދީއްތަ ދުވަހު ކޯޓު އަމުރެއްގެ ދަށުން ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
”އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ 25 އަހަރުގެ ފިރިހެނަކާއި 31 އަހަރުގެ ފިރިހެނެއް. އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 10 ދުވަހުގެ މުއްދަތަށް ޖަލުގައި އެމީހުން ބަންދު ކުރަން ކޯޓުން ވަނީ އަމުރުކޮށްފަ.“ ފުލުހުން ބުންނެވެ.
އާރްޑީސީ ގެ އޮފީސް ފަޅާލައިގެން ލައްކައަކަށް ވުރެ ގިނަ ރުފިޔާ ވަގަށް ނަގާފައި ވެއެވެ.