ކޮވިޑް-19: މާފުށިން ފައްސިވި މީހުންގެ އަދަދު 300 އިން މައްޗަށް
ކ. މާފުށިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު 300 އަށްވުރެ މައްޗަށް މިއަދު އަރައިފިއެވެ.
ނިމިގެންދިޔަ އޭޕްރީލް މަހުން ފެށިގެން މާފުށީގައި ކޮވިޑް ފެތުރެން ވަނީ ފަށާފައެވެ. މާފުށިން އެންމެ ފުރަތަމަ ކޮވިޑް ބަލި ފެންމަތިވެފައިވަނީ އެރަށު ފްލޫ ކްލިނިކަށް ދެއްކި މީހަކު ކޯވިޑް-19 އަށް ފައްސިވި ހިސާބުންނެވެ. މި ކޭހާއި ގުޅިގެން އެ ރަށަށް އަރައި ފޭބުން މަނާކުރީ މިދިޔަ މަހުގެ 20 ވަނަ ދުވަހުއެވެ. އަދި ކޮންޓެކްޓް ޓްރޭސިން މަސައްކަތް ކުރިއަށް ގެންދިއުމުން އެ ރަށުގައި ވަރަށް ބޮޑަށް ބަލި ފެތުރިފައި އޮތް ކަން އެނގިފައިވެއެވެ.
މާފުށީގައި ކޮވިޑް-19ގެ ގިނަ ކޭސްތަކެއް ފެނި އެ ރަށުގެ ގިނަ އަދަދެއްގެ ގެތަކެއް މިހާރު ވަނީ ކަރަންޓީންގެ ހާލަތަށް ވެސް ގެނެސްފައެވެ.
މާފުށިން މިހާތަނަށް ޖުމްލަ 12،00 އަށް ވުރެ ގިނަ ސާމްޕަލް ނަގާފައިވާ އިރު، މީގެ ތެރެއިން 309 ސާމްޕަލެއް ވަނީ ފައްސިވެފައެވެ. އަދި 100 ސާމްޕަލްއެއްގެ ނަތީޖާ ނުލިބިއެ ހުއްޓެވެ.
މާފުށިގެ ފައްސިވި ކޭސްތައް ގިނަޔަސް އެރަށުގި މިވަގުތުއެޑްމިޓްކޮށްގެން އެއްވެސް މީހަކަށް ފަރުވާ ދެމުން ނުދާކަން ފާހަގަކޮށްލެވެއެވެ.