ކޮވިޑް-19: މަންމަ މަރުވީ އޮކްސިޖަން ފުޅި ހުސްވެގެން ފުޅިއަށް އޮކްސިޖަން އަޅަން ކިޔޫގައި ހުއްޓާ

ދުނިޔޭގެ ނިސްބަތުން އިންޑިއާއަކީ މިވަގުތު ކޮވިޑްގެ އެންމެނުރައްކާތެރި ގައުމުކަމަށް މިވަނީ ވެފައެވެ.

ހިތާމަވެރި ހިތްދަތި އެތަކެއް ހާދިސާތަކެއް އިންޑިއާގައި ހިނގަމުން ދާކަމީ ހަގީގަތެކެވެ. މި ލިޔުމުގައި އަޅުގަނޑު ހިއްސާކޮށްލަން މި ޤަސްދުކުރަނީ ދާދި ފަހުން އިންޑިއާގައި ހިނގާދިޔަ ހިތާމަވެރި ހިތްދަތި ކޮވިޑް މަރެއްގެ ވާހަކައެވެ. މި ވާހަކަ ކިޔައިދީފައިވަނީ އިންޑިއާގެ އުމުރުން އެންމެ 18 އަހަރުގެ ޒުވާން އަންހެން ކުއްޖެކެވެ.

އިޝްތިހާރު Heyobas Ruqya Course Ad square

އެކުވެރިންނޭވެ.! އަޑުއަހާށެވެ.!

އަހަރެންގެ އާއިލާއަކީވެސް މާގިނަ މީހުންތަކެއް އޮތް އާއިލާއެއް ނޫނެވެ. އާއިލާގައި ހަތަރު މެމްބަރުން ތިބިއިރު، މި ހަތަރު މެމަބރުންވެސް ތިބީ ކޮވިޑް-19ގެ ބަލިމަޑުކަމާއި ކުރިމަތިލާން ޖެހިފައެވެ. ގޭގެ އެންމެވެސް ތިބީ ކޮވިޑް ބަލީގައި އެނދުމަތިވެފައެވެ. ހާލުދެރައެވެ. އިންޑިއާގެ އެެއްވެސް ހޮސްޕިޓަލަކުން އާއިލާމީހަކު އެޑްމިޑްކޮށްލުމަށް ޖާގައެއް ނުލިބުނެވެ.

އެހެންކަމުން އެންމެންވެސް ތިބީ ގޭގައި އެޑްމިޑް ކުރެވިފައެވެ. އެގޮތުން އެންމެ ހާލުބޮޑުކޮށް އޮތީ އަޅުގަނޑުގެ މަންމައެވެ. މަންމަ ދަނީ ކޮވިޑް ބަލީގައި މަރާއި ހަނގުރާމަ ކުރަމުންނެވެ.

އެއްރެއެއްގެ ދަންވަރުގެ ވަުތެކެވެ. ގަޑިން އޭރު މެންދަމުން އަލިވެ ދޭއްޖެހީއެވެ. މަންމަގެ ހަޅޭކުގެ އަޑަށް އަހަރެން ދުވެފައި މަންމަ އެޑްމިޑްކޮށްފައި އޮތް ކޮޓަރިއަށް ވަނީމެވެ. މަންމަ ނޭވާ ހާސްގެނެ ތެޅެނީއެވެ. އަހަރެންނަށް އެވަގުތު ހަދާނެގޮތެއްނޭންގިގެން މަންމަ ގައިގައި އޮޅުލާގަނެވުނެވެ. އަދި މަންމަ ގުޅާފައިވާ އޮކްސިޖަން ޖެކްކޮށްލީމެވެ. އެހިސާބުން މަންމައަށް ނޭވާލުމަށް ދަތިވެގެން އެއުޅެނީ އޮކްސިޖަން ފުޅި ހުސްވެގެންކަން އެނގުނެވެ. އެވަގު އަހަރެން އަވަސްވެގަތީޯ އެ ފުޅި ހިފައިގެން އޮކްސިޖަން އަޅަން ދިއުމަށެވެ.

ދަޑިން ގާތްދަނޑަކަށް ދަނަވްރު ދެގަޑި ބައިކަންހާއިރު އަހަރެން އެ ފުޅި ހިފައިގެން ގޭން ނިކުތީމެވެ. ދުވަފެ ކަހަލަ ގޮތަކަށް އެ ފުޅި ހިފައިގެން ދިޔައީމެވެ. އޮކްސިޖަން ފިލްކުރަން ގިނައަދަދެއްގެ މީހުން ކިޔޫގައި ޖެހިގެން ތިއްބެވެ. އަހަރެންނަށް ލައްވާލީ ކިޔުގެ އެންމެ ފަހަތަށެވެ. އެތާ ކިޔޫގައި ހުއްޓާ އިރުއަރައިފިއެވެ. ހެނދުނުން އަނބުރާ މެންދުރުވެސް ވެއްޖެ އެވެ. އަނެއްކޅުން އެދުވަހުގެ އިރުވެސް އޮއްސުނީއެވެ. ނަމަވެސް އަދިވެސް އަހަރެންގެ ފުޅިއަށް އޮކްސިޖަން އެޅުމާއި ގާތްވެސް ނުވެއެވެ. އެދުވަހުގެ ރޭ ގާތްގަނޑަކަށް އަށެއް ޖަހާ ކަންހާއިރު، ގެއިން ފޯންކޯލެއް އައެވެ. އެއީ އަހަރެންގެ ބައްޕަގެ ކޯލެކެވެ.

” އަރިފުޅާ އޮކްސިޖަން ފުޅިއަށް ފުޅިއަށް އޮކްސިޖަން ފިލްވާގޮތް ވެއްޖެތަ.؟ ވަރަށް ބަލި އަޑަކުން ބައްޕަ ވާހަކަ ދެއްކިއެވެ. އަހަރެން ޖަވާބުގައި ނޫނެކޭބުނުމުން ބައްޕަ ރޮއިގަނެފައި ބުންޏެވެ.” ދަރިފުޅާ އޮކްސިޖަން ފިލްކުރުމުގެ ބޭނުމެއް ނެތް. މަންމަ ނިޔާވެއްޖެ”. ބައްޕަގެ މި ބުނުމާއި އެކު އަހަރެންނަށް ހުއްްޓުންއެރިއެވެ. ދައްކާނެ ވާހަކައެއް ނޭންގި ގަބުވިއެވެ. ވަގުތުން ފުޅި ހިފައިގެން ދިޔައީ ގެއަށެވެ. ތެދެކެވެ. މަންމަ އޮތީ ނިޔާވެފައެވެ.

މިއީ އިންޑިއާގެ ހައިފަރު އާބާދުގައި ދިރިއުޅޭ އިންޑިއާގެ އުމުރުން އެންމެ18 އަހަރުގެ އަންހެން ކުއްޖަކު ކިޔައިދިން ހިތްދަތި ވާހަކަތަކެކެވެ. މިފަދަ އެތަކެއް ހިތާމަވެރި ކަންތައްތަކެއް އިންޑިއާގައި ދަނީ ހިނގަމުންނެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.