ޗެމްޕިއަންސް ލީގް: ރެއާލް މެޑްރިޑުގައި މިރޭގެ މެޗަށް ނިކުންނައިރު، އަނިޔާގެ ބޮޑެތި މައްސަލަތަކެއް

ޔޫއެފާ ޗެމްޕިއަންސް ލީގުގެ އެންމެ ފޯރިގަދަ އަދި އެންމެ ވާދަވެރި އެއްމެޗު ކަމުގައިވާ ސެމީ ފައިނަލްގެ ދެވަނަ ލެގުގެ މެޗަށް މިރޭ ސްޕެއިންގެ ފުޓްބޯޅައިގެ ވަރުގަދަ ބާރު ރެއާލް މެޑްރިޑާއި އިނގިރޭސި ފުޓްބޯޅައިގެ ގަދަ ބާރު ޗެލްސީގެ ކުރިމަތިލުން މިރޭ އޮންނާނެއެވެ.

މިރޭގެ ވަރުގަދަ ކުރިމަތިލުމަށް މި ދެޓީމު ނިކުންނައިރު، މި މެޗަކީ ފައިނަލްގެ ފަހު ޖާގަ ކަށަވަރުކުރުމަށް ދެޓީމަށްވެސް ލިބޭނެ އެންމެ ފަހު ފުރުސަތެވެ. މިރޭގެ މެޗަށް ނިކުންނައިރު އެންމެ ބޮޑު އެޑްވާންޓޭޖެއް އޮތީ ޗެލްސީއަށެވެ. ސަބަބަކީ ރަށުންބޭރުގައި ކުޅެ އެއްވަރުވެ އަވޭ ގޯލެއްގެ ފައިދާ ލިބިފައި ވުމެވެ. ރެއާލްގެ ދަނޑުގައި ކުޅުނު ސެމީގެ ފުރަތަމަ ލެގުގެ މެޗު 1-1 ގެ ނަތީޖާއަކުން ވީ އެއްވަރެވެ.

އިޝްތިހާރު Heyobas Ruqya Course Ad square

ދުނިޔޭގެ އެންމެ ގިނަ ބައެއްގެ މެދުގައި ޒަމާނުންސުރެއް މަގުބޫލް ކަން ލިބިފައިވާ ދެ ކުލަބުކަމަށްވާ ރެއާލްއާއި  ޗެލްސީބައްދަލު ކުރާ ސެމީ ފައިނަލްގެ މި މެޗަކީ ގިނަ ބަޔަކު އެންމެ ފޯރިގަދަވާނެ ކަމަށް ފާހަގަކުރާ މެޗެކެވެ.

މިރޭގެ މެޗަށް ދެ ޓީމުން ވެސް ފުރިހަމައަށް ތައްޔާރުވަމުން އަންނަ އިރު ދެ ޓީމުގެ ބައެއް މުހިއްމު ކުޅުންތެރިން ތިބީ އަނިޔާގަ އެވެ. އެގޮތުން ރެއާލް މެޑްރިޑްގެ ޑިފެންސް ލައިން އެއްކޮށް ކަހަލަ ގޮތަކަށް ތިބީއަނިޔާގައެވެ. އެގޮތުން ރަފޭލް ވެރާން، ސާޖިއޯ ރާމޯސް އަށް މިރޭގެ މެޗުގައި ނުކުޅެވޭނެއެވެ. ޑެނި ކަވަހާލް އާއި ލުކަސް ވަޒަކޭޒްއަށް ވެސް މިރޭގެ މެޗުގައި އަނިޔާގެ ސަބަބުން ނުކުޅެވޭނެއެވެ. އަދި މީގެ އިތުރުން އެޑެން ހަޒާޑަށްވެސް މިރޭގެ މެޗުގައި ކުޅެވޭނެ ކަމާއި މއދު ވަނީ ސުވާލު އުފެދިފައެވެ.

 ޗެލްސީގައި އަނިޔާގެ މާ ބޮޑު މައްސަލައެއް ނެތްނަމަވެސް މަޓިއޯ ކޮވަސިޗް އަށް އަނިޔާވެފައި ވުމުން މިރޭގެ މެޗުގައި ނުކުޅޭނެއެވެ. ޗެލްސީގައި އަނިޔާގެ އިތުރު މައްސަލައެއް ނެތެވެ.

ރެއާލް މެޑްރިޑް އަދި ޗެލްސީވެސް މިރޭގެ މެޗާ ކުރިމަތިލާ އިރު އޮތީ ރަނގަޅު ފޯމެއްގަ އެވެ. ރެއާލުން އެންމެ ފަހުން ކުޅުނު 11 މެޗުން ވެސް ބަލިނުވެ އައި އިރު ޗެލްސީގެ އެޓޭކް ލައިންގެ ގުޅުން އޮތީ ވަރަށް ވަރުގަދަކޮށެވެ. އެހެން ކަމުން މިރޭގެ މެޗަކީ ހުރިހާ ގޮތަކުން ވެސް ފޯރި ގަދަ މެޗަކަށް ވެގެން ދާނެ އެވެ.

ރެއާލްގެ ކޯޗު ޒިދާން ބުނީ މިރޭގެ މެޗަކީ ވަރަށް މުހިއްމު މެޗެއް ކަމަށެވެ. މިރޭގެ މެޗުން މޮލުވުން ނޫންގޮތެއް ނެތް ކަމަށެވެ. އަދި ޗެލްސީގެ ގިނަ ކުޅުންތެރިންނަކީ ޒުވާން އަދި ހުނަރުވެރި ކުޅުންތެރިންތަކެއް ކަމަށާއި އެހެން ނަމަވެސް މިރޭ ދުލެއް ނުދޭނެ ކަމަށެވެ.

ޗެލްސީ އާއި ރެއާލް މެޑްރިޑް މިރޭ ބައްދަލު ކުރާ ފޯރި ގަދަ މެޗު ފަށާނީ ރާއްޖެ ގަޑިން 12 ޖަހާއިރު އެވެ. މި މެޗުން މޮޅުވާ ޓީމެއް މެންޗެސްޓާ ސިޓީއާއި އެކު ފައިނަލްގައި ކުޅޭނެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.