ބަރަކާތުން ފުރިގެންވާ ރަމަޟާންމަސް ވެސް އަޅުގަނޑުމެންނާއި އަލްވަދާއުކިޔަނީއެވެ.

ބަރަކާތްތެރި ރަމަޟާންމަސް އަޅުގަނޑުމެންނާއި ބައްދަލުވެ ނޭންގި ތިއްބާ މިހިރަގެން އަލުވަދާއުކިޔުމަށް ތައްޔާރުވަމުންދަނީއެވެ. ނިމިގެންމިދަނީ ރަޙްމަތުގެ 1000 މައްސަރުގެ ދަރުމައާއި ސަވާބު ލިބެނިވި ޤަދުރި ވިލޭރޭ ހިމެނިގެންވާ ފަހު ދިހައިގެ ދުވަސްތަކެވެ. އެއީ ފުއްސެވުމުގެ ދިހައެވެ. އަދި އެންމެފަހުން ނަރަކައިން މިންޖުކުރެއްވުމުގެ ދިހައެވެ.

ކަންމިހެން ހުރުމާއެކު ރަޙްމަތުގެ ދިހައެއް ނިމިގެންދާއިރު އަމިއްލަ ނަފްސު އިސްލާހު ކޮށްލުން ވަރަށް ބުއްދިވެރިވާނެއެވެ. ރަމަޟާންމަހުގެ ފަހު ދުވަސްތައް ގުނަމުން އަންނައިރު، މި ރަމަޟާން މަހުގައި ތިބާއަށް އަޅުކަމުގައި މަޝްޢޫލުވެގެން އުޅެވުނީ ކިހާ މިވްނަރަކަށްތޯ ހިސާބުކޮށްލުން ރަނަގަޅެވެ. ތަރާވީހްނަމާދު އަދާކުރެވުނު މިންވަރާއި ރަވާތިބު ސުންނަތްތަކަށް ފަރުވާތެރި ވެވެނު މިންވަރާއި ޤުރްއާން ކިޔެވުމަށް ހޭދަކުރެވުނު މިންވަރާއި އަދިވެސް އެހެނިހެން ހެޔޮކަންތަކުގައި ވަގުތުތައް ހޭދަކުރެވުނު މިންވަރު އަމިއްލައަށް ހިސާބުކޮށްލުމުން އިތުރަށް އިޞްލާޙުކުރަންވީ ކަންކަން ވަރަށް ރަނގަޅަށް އެނގިގެންދާނެއެވެ.

އިޝްތިހާރު Heyobas Ruqya Course Ad square

އަޙުންނޭނެ.! ވިސްނާލުން ހއްޓެވެ. ތިބާއަކީވެސް މިދުނިޔެއާއި އަލްވަދާޢުކިޔާ އާޚިރަތުގެ ގޮވައްޗަށް ދަތުރުކުރަންޖެހޭ ނިކަމެތި އިންސާނެކެވެ. ދުނިޔޭގައި މިފަދަ ފުރުޞަތެއް ދެވަނަ ފަހަރަށް ނުލިބުމަކީ އެންމެ އެކަށީގެންވާގޮތްކަމުގައިވެދާނެއެވެ. އެހެނީ މަރާއި ހަނގުރާމަކުރަން ޖެހޭ ވަގުތެއް ތަނެއް އަހަރެމެންނަކަށް ނޭންގެއެވެ.

އަހަރެމެން އިންސާނުންގެ ނިކަމެތިކަމާއެވެ. ބަލކަށިކަމާއެވެ. މިދުނިޔެއާއި ދުނިޔޭގައިވާހާ ހުރިހާއެއްޗެއްގެ މިލްކުވެރި އިލާހު، ޖައްބާރުވަންތަ ޤައްހާރުވަންތަ ﷲ ސުބުޙާނަހޫ ވަތަޢާލާގެ އަމުރުފުޅު އަންނާނެ ވަގުތެއް ހަމަ އެކަކަށްވެސް ނޭންގެއެވެ. އެހެންކަމާއެކު އެއިލާހަށް ބިރުވެތިވެ ވެހޭތާ ފެންނަގާ ރައްކާކުރަމާ ހިނގާށެވެ.

ފާފައިން ފޯވެފައިވާ ހިތްތަށް މިބަރަކާތްތެރި މައްސަރާއެކު ދޮވެ ސާފްކުރެވިއްޖެނަމަ ތޯއެވެ. އެއީ ބާއްޖަވެރިއެއްކަން ކަށަވަރެވެ. ނަމަވެސް މި މައްސަރާއި އެކު ފާފަތަކުން ފޯވެފައިވާ ހިތްތައް ސާފުކޮށް ނުލެވިއްޖެ ނަމަތޯއެވެ. އެއީ އަބާއްޖަވެރިއެކެވެ. އަޚާއެވެ. ބިރުވެތިވާންވީ ހަމައެކަނި ﷲ އަށެވެ. އޭރުން އިންޝާﷲ އަޅުގަނޑުމެންނަކީ ކާމިޔާބު ލިބިގެންވާ ބަޔަކުކަމުގައި ވާނެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.