އިތުރު 3 ރަށަކަށް އަރާ ފޭބުން މަނާކޮށްފި

ކޮވިޑުގެ ހާލަތު ގޯސްވަމުންދާތީ، އިތުރު 3 ރަށަކަށް އަރާ ފޭބުން މަނާކޮށްފިއެވެ.

އެޗްޕީއޭއިން ބުނީ ކޮވިޑު ކޭހެއް ފެނިގެން ފުވައްމުލައް ސިޓީއަށް އަރާފޭބުން މަނާކޮށްފައިވާ ކަމަށެވެ.

އިޝްތިހާރު full width ad 1200 x 150

އެސިޓީން ޕޮޒިޓިވް ވެފައިވަނީ ރޯގާގެ އަލާމާތް ހުރުމުން ފްލޫ ކްލިނިކަށް ދެއްކި މީހެއް ކަމަށް ފުވައްމުލައް ސިޓީ ހޮސްޕިޓަލުން ވަނީ ބުނެފަ އެވެ.

އެމީހާއަކީ ފާއިތުވި ދުވަސްތަކުގައި ދަތުރެއްކޮށް ނުވަތަ ކޮންޓެކްޓްވުމުގެ ސަބަބުން ކަރަންޓީނު ކުރެވުނު މީހެއް ނޫން ކަމަށާއި ކޮންޓެކްޓް ޓްރޭސިންގ ހެދުމުގެ މަސައްކަތް ފަށާފައިވާ ކަމަށްވެސް އެހޮސްޕިޓަލުން ބުނެއެވެ.

މީގެ އިތުރުން އދ. ފެންފުއްޓާއި ލ. މާވަށް ވެސް މިހާރު ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފަ އެވެ.

ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއި ކުރައްވާ، އެ ދެ ރަށުގެ ކައުންސިލަށް އެޗްޕީއޭއިން ފޮނުވާފައިވާ އެންގުމުގައި ވަނީ އެ ރަށް މޮނިޓަރިންގެ ހާލަތަށް ގެނައީ ކޯވިޑް-19 އިން ރައްކާތެރިވުމަށް އިތުރަށް ބަލަން ޖެހޭ ކަންކަން ބެލުމަށް ކަމަށެވެ. އެ ދެރަށް މޮނިޓަރިންއަށް ލާފައިވަނީ ކޮންޓެކްޓު ޓްރޭސިން ހަދައި ނިމެންދެންނެވެ.

މޮނިޓަރިންގެ ހާލަތުގައި އޮންނަ މުއްދަތުގައި އެޗްޕީއޭގެ ހުއްދަނެތި މާވަށަށާއި ފެންފުއްޓަށް އަރައި ފޭބުން ވަނީ މަނާކޮށްފަ އެވެ. މީގެ ތެރެއިން ފެންފުށި އިއްޔެ މޮނިޓަރިންގެ ހާލަތަށް ގެނައި އިރު މާވަށް މޮނިޓަރިންއަށް ލީ މިއަދު އެވެ.

މައުލޫމާތުލިބިފައިވާ ގޮތުގައި މާވަށާއި ފެންފުށިން ކޯވިޑަށް ޕޮސިޓިވްވެފައިވަނީ ފްލޫ ކްލިނިކަށް ޑޮކްޓަރަށް ދެއްކި ބައެކެވެ.

އެ ރަށުގައި މިދިޔަ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި އަރިދަފުސް ރޯގާ ޖެހުނު މީހުންގެ ޢަދަދު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށް ވަނީ މަޢުލޫމާތު ލިބިފަ އެވެ.

ކޯވިޑް ކޭސްތަކާއި ގުޅިގެން އަތޮޅު ތެރޭގެ 30 ރަށެއް އޮތީ މޮނިޓަރންގެ ހާލަތުގައެވެ.

ފުވައްމުލައް ސިޓީ މޮނީޓަރިން ހާލަތަށް ގެންގޮސްފައިވާއިރު ރާއްޖޭގެ އިތުރު 27 ރަށެއް ވަނީ މޮނީޓަރިން ހާލަތުގައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.