ސުޕްރީމް ކައުންސިލެއް އުފެއްދުމަށް ސައުދީއާއި ޕާކިސްތާނުން އެއްބަސްވެއްޖެ

ޖިއްދާ، ސައުދީ އަރަބިއްޔާ: ސައުދީ-ޕާކިސްތާނީ ސުޕްރީމް ކައުންސިލެއް އުފެއްދުމާ ބެހޭ އެއްބަސްވުމެއްގައި ސައުދީގެ ވަލީއަހްދު މުޙައްމަދު ބިން ސަލްމާން އަދި ޕާކިސްތާންގެ ބޮޑުވަޒީރު އިމްރާން ޚާން ސޮއެ ކުރައްވައިފިއެވެ.

މި ކައުންސިލަކީ، ދެޤައުމުގެ ދެމެދުގައި އުފެދިފައިވާ ބައިނަލްއަޤްވާމީ ގުޅުން މިހާރަށް ވުރެ ވަރުގަދަ ކުރެވޭނެ ގޮތްތަށް ހޯދުމަށާއި، އަދި ދެޤައުމު ދެމެދުގައި އިންވެސްޓްމަންޓްތައް ކުރުމަށް ހުރި ހުރަސްތަކާއި ބެހޭގޮތުން މަޝްވަރާކޮށް، އެކަމަށް ޙައްލު ގެންނާނެ ގޮތްތައް ހޯދުމަށް އުފައްދާފައިވާ ކައުންސިލެކެވެ. ޕާކިސްތާންގެ ބޮޑުވަޒީރު ސައުދީއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި އެ ޤައުމަށް ވަޑައިގަތުމުގެ ކުރިން، މި ކައުންސިލް އުފެއްދުމުގެ ހުއްދަ ޕާކިސްތާންގެ ކެބިނެޓުން ފާއިތުވި އަންގާރަ ދުވަހު ވަނީ ދީފައެވެ.

އިޝްތިހާރު full width ad 1200 x 150

މީގެ އިތުރުން ދެޤައުމުގެ ސަފީރުން ވަނީ ޤަވާއިދާއި ޚިލާފާށް ހިކި މަސްތުވާތަކެއްޗާއި ބޭސް، އަދި ކެމިކަލް އެތެރެކުރުން ހުއްޓުވުމާއި، ކުށް މަދުކުރުމާއި ބެހޭ އެމް.އޯ.ޔޫ އެއްގައި ވެސް ސޮއެ ކޮށްފައި ކަމަށް ސައުދީގެ ނޫސް އޭޖެންސީއެއް ކަމަށްވާ އެސް.ޕީ.އޭއިން ރިޕޯޓު ކޮށްފައިވެއެވެ. އަދި ހަކަތައާއި އިންފްރާ ސްޓްރަކްޗަރ، އަދި ފެނާއި މުއާސަލާތުގެ ޚިދުމަތްތަކާއި ބެހޭ މަޝްރޫޢުތަކަށް މާލީ އެހީތެރިކަން ދިނުމާއިބެހޭ އެމް.އޯ.ޔޫއެއްގައި ވެސް ވަނީ ސޮއެ ކޮށްފައެވެ.

ސައުދީ ވަލީ އަޙްދުގެ ދަޢުވަތަކަށް 3 ދުވަހުގެ ދަތުރުފުޅެއްގައި އިމްރާން ޚާން ސައުދީ އަރަބިއްޔާއަށް ގޮސްފައިވަނީ ހުކުރު ދުވަހުއެވެ. އަދި ޚާންގެ ދެމަފިރިކަނބަލުންނަށް މަރުޙަބާ ކިޔުމަށް ޖިއްދާ އެއާޕޯޓަށް ވެސް މުޙައްމަދު ބިން ސަލްމާން ވަނީ ވަޑައިންނަވާފައެވެ. މި ދަތުރުފުޅުގައި ޕާކިސްތާން ބޮޑުވަޒީރާ އެއްކޮށް އެ ޤައުމުގެ ޚާރިޖީ ވަޒީރާއި ކެބިނެޓުގެ އެހެން ބައެއް ވަޒީރުން ވެސް ބައިވެރިވެ ވަޑައިންނެވިއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.