ޅައިމަގުން ކޮވިޑް ކޭސްތަކެއް ފެނިގެން ރަށް މޮނިޓަރިންއަށް ލައިފި
ށ. ޅައިމަގުން ކޮވިޑް ކޭސްތަކެއް ފެނިގެން އެރަށް މޮނީޓަރިންއަށް ލައިފި އެވެ.
އެރަށު ކައުންސިލުން މަޢުލޫމާތު ލިބިފައިވާ ގޮތުގައި ހަ މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފަ އެވެ. އަދި އެރަށުން ޕޮޒިޓިވްވީ ހޯމް ކަރަންޓީނުގައި ތިބި ހަތަރު މީހަކާއި ރޯގާގެ އަލާމަތްތައް ފެނިގެން ސާމްޕަލް ނެގި ދެ މީހުން ނެވެ.
އޭގެ ތެރެއިން ފަސް މީހުންގެ ސާމްޕަލް ރޭ ލިބިފައިވާ އިރު، އެކަކުގެ ނަތީޖާ ލިބުނީ މިއަދު ކަމަށް ވެސް ވަނީ މަޢުލޫމާތު ލިބިފައެވެ.
އެރަށުގައި ކޮންޓެކްޓް ޓްރޭސިން ހެދުމުގެ މަސައްކަތް މިހާރުކުރަމުން ނެވެ.
ޅައިމަގު ހިމެނޭހެން 30 ރަށެއް މިވަގުތު މޮނީޓަރިންގެ ހާލަތުގައި އެބައޮތެވެ.