މީހުންނަށް އިޙްތިރާމް ކުރުމުގެ ގޮތުންނޭ ކިޔާފައި ކޮޅަށް ތެދުވުން

އަޅުގަނޑުމެންގެ ތެރޭގައި ހިފާފައިވާ އާދައެކެވެ. ޖަލްސާއެއްގައިނަމަ ޝަރަފްވެރި މެހުމާނު އައުމުން އޭނާއަށްޓަކައި ކޮޅަށް ތެދުވުމެވެ. މުދައްރިސް ކުލާހަށް ވަނުމުން ދަރިވަރުން އޭނާއަށްޓަކައި ކޮޅަށް ތެދުވުމެވެ. ނުތެދުވެއްޖެނަމަ އަދަބުވެސް ދެވެއެވެ. ތަރުބިއްޔަތުގެ ނަމުގައެވެ. ކޮންމެއަކަސް އަހަރުމެންނީ މުސްލިމުން ކަމުގައި ވީތީ އަހަރުމެން ކުރާ ކޮންމެ ކަމެއްގައިވެސް ދީނުގައި އޭގެ ޙުކުމް އައިސްފައިވަނީ ކިހިނެތްތޯ ބަލަން ޖެހޭނެއެވެ. އެއީ ހުއްދަ ކަމެއްތޯ ޙަރާމް ކަމެއްތޯ ބަލަން ޖެހޭނެއެވެ. ކިޔުންތެރިންނޭވެ. ދަރިވަރުންނޭވެ. މުދައްރިސުންނޭވެ. ކިޔަމުންދާށެވެ.

ރަސޫލުﷲ ޞައްލަﷲ ޢަލަހި ވަސައްލަމް ޙަދީޘް ކުރެއްވިއެވެ.
(مَنْ سَرَّهُ أَنْ يَتَمَثَّلَ لَهُ الرِّجَالُ قِيَامًا فَلْيَتَبَوَّأْ مَقْعَدَهُ مِنَ النَّارِ) ރަވާހުލް ބުޚާރީ.
މާނައީ: ” އެމީހަކަށްޓަކައި އެހެންމީހުން ކޮޅަށް ތެދުވުމަށް ހިތް އެދޭ މީހާ، ފަހެ ނަރަކައިން އެމީހެއްގެ ޖާގަ ހޯދައިފިއެވެ.”
(ރިވާކުރެއްވީ: އިމާމް އަޙުމަދު، އަބޫ ދާވޫދު އަދި ތިރުމިޛީ މުޢާވިޔަތު رضي الله عنه ގެ އަރިހުން ޞަޙީޙް އިސްނާދަކާ އެކުއެވެ.)

އިޝްތިހާރު Heyobas Ruqya Course Ad square

އަދިވެސް އިމާމް އަޙުމަދާއި ތިރްމިޛީ ޞަޙީޙް އިސްނާދަކާއެކު އަނަސް ރަޟިޔަﷲ ޢަންހްގެ ކިބައިން ރިވާ ކުރައްވައެވެ.
(مَا كَانَ شَخْصٌ أَحَبَّ إِلَيْهِمْ مِنْ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ، وَكَانُوا إِذَا رَأَوْهُ لا يَقُومُونَ لَهُ لِكَرَاهِيَتِهِ لِذَلِكَ) ރަވާހުލް ބައްޒާރު.
މާނައީ: “ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަށް ވުރެ ޞަޙާބީންގެ އަރިހުގައި ލޮބުވެތިކަން ބޮޑު އެކަކުވެސް ނުވެއެވެ. ނަމަވެސް އެކަލޭގެފާނު އެބޭކަލުންގެ އަރިހަށް ވަޑައިގަތުމުން އެބޭކަލުން ކޮޅަށް ތެދުވެވަޑައިގަންނަވާ ކަމުގައި ނުވެއެވެ. އެއީ އެކަމަކީ ރަސޫލުﷲ ޞައްލަﷲ ޢަލަހި ވަސައްލަމަ ނުރުއްސަވާ ކަމެއްކަން އެބޭކަލުންނަށް އެނގިވަޑައިގެންފައި ވާތީއެވެ.”

ނަމަވެސް މައިންބަފައިން ކުރެ މީހަކު އަތުވެއްޖެނަމަ، ނުވަތަ އުސްތާޛަކު އަތުވެއްޖެނަމަ، ނުވަތަ މީހަކާ ސަލާމް ކުރުމުގެ ގޮތުން ކޮޅަށް ތެދުވުމަކީ އެންމެ ރަގަޅު ކަމެކެވެ. މިއީ އިސްލާމްދީން މަނާ ކުރާ ކަންތަކެއް ނޫނެވެ. ކޮންމެ މީހަކަށްވެސް އެމީހެއްގެ މަގާމާއި ދަރަޖަ ދިނުމަށް އިސްލާމްދީން އަންގަވައެވެ. އަންޞާރުންގެ ސައްޔިދު ކަމުގައިވާ ސަޢްދު ބިން މުޢާޛަށް އިޙްތިރާމް ކުރުމުގެ ގޮތުން ތެދުވުމަށް ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަމުރު ކުރެއްވާ ޙަދީޘް ކުރެއްވިއެވެ. (قُومُوا إِلَى سَيِّدِكُمْ) ރަވާހުލް ބުޚާރީ.  މާނައަކީ: “ތިޔަބައިމީހުންގެ ސައްޔިދު މީހާ އަށް ޓަކައި ތެދުވާށެވެ.”

 

މަޝްދަރު: ޑރ އިޔާޟް އަބުދުއްލަތީފް

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.