ކޮވިޑް-19 އަށް ކުޑަކުދިން ފައްސިވާ އަދަދު ދަނީ އިތުރުވަމުން

ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް ދަނީ އިތުރުވަމުންނެވެ. އެގޮތުން ފަހަކަށް އައިސް ކޮނެމް ދުވަހަކުވެސް ފައްސިވާ މީހުންގެ އަދަދުތައް އުޅެނީ 1000 އަށް ވުރެ މަތީގައިއެވެ. މީގެ އިތުރުން މި ބަލީގައި މަރުވާ މީހުންގެ އަދަދުވެސް ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. އެގޮތުން ރާއްޖެއިން ޖުމްލަ 94 މީހަކު ކޮވިޑް ބަލީގައި ވަނީ މަރުވެފައެވެ. ފާއިތުވެދިޔަ 48 ގަޑިއިރުގެ ތެރޭގައި 7 މީހުން ވަނީ މިބަލީގައި މަރުވެފައެވެ.

އެޗްޕީއޭގެ އެންމެ ފަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު ރާއްޖެއިން މި ބައްޔަށް ޖުމްލަ 42،775 މީހުން ފައްސިވެފައިވާއިރު، އެކްޓިވް ކޭސްތަކުގެ އަދަދު އުޅެނީ 15،003 ގައެވެ. މީގެ އިތުރުން މިވަގުތުވެސް ހޮސްޕިޓަލަތަކުގައި 290 މީހަކަށް ފަރުވާދެމުން އަންނައިރު، 11 މީހަކަށް އައިސީޔޫގައި ފަރުވާ ދެމުންދެއެވެ. އަދި ހަތް މީހަކު އޮތީ ވެންޓިލޭޓަރުގަ އެވެ.

އިޝްތިހާރު full width ad 1200 x 150

މާލޭގެ އިތުރުން ރާއްޖޭގެ އަތޮޅުތަކަށް ބަލާއިރު، މިހާރުވެސް ޖުމްލަ 50 ރަށެއް މޮނިޓަރިން ހާލަތައް ވަނީ ގެނެވިފައެވެ. މިވަގުތު މޮނިޓަރިންގެ ހާލަތުގައި އޮތް ރައްތަކަށް ނަޒަރު ހިންގާލާއިރު، ގިނަ ރައްރަށުގައި ކޮވިޑްގެ ހާލަތު ވަރަށް ގޯހެވެ. ފަތިއަޑު ކިޔާލާފައި ރައްތަކުގައި ކޮވިޑް ބަލި ފެތުރެމުން އަންނައިރު، އެޗްޕީއޭއިން ވަނީ މި ބަލިން ރައްކާތެރިވުމަށް ފިޔަވަޅުތަކެއްވެސް އަޅާފައެވެ.

އެގޮތުން ސްކޫލްތަކުގެ ކިޔެވުން ވެސް އޮންލައިންކޮށް ކިޔަވައިދޭ ގޮތަށް ބަދަލު ކުރުމާއި މިމަހުގެ 15 ގެ ނިޔަލަށް ސަރުކާރު އޮފީސްތައް ބަންދުކޮށް އޮންލައިންކޮށް މަސައްކަތްތައް ނިންމުމަށް ވަނީ ބަދަލުގެނެެސްފައެވެ. އަދި މާލޭ ސަރަހައްދުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން ދެ ހަފްތާއަށް މަޑުޖައްސާލުމުގެ އިތުރުން ހޮޓާ ރެސްޓޯރަންޓް ކެފޭ ފަދަ ތަންތަން ވެސް ދެ ހަފްތާއަށް ބަންދުކުރުން ހިމެނެއެވެ.

އެޗްޕީއޭގެ އެންމެ ބޮޑު ކަންބޮޑުވުމެއް އޮތީ ކޮވިޑް ބަލީގައި ގިނަ އަދަދެއްގެ ކުޑަކުދިން ފައްސިވުމެވެ. އެގޮތުން ދުވާލެއްގެ މައްޗަށް 10 އަހަރުން ދަށުގެ 70 ނުވަތަ 80 ކުޑަކުދިން ބައްޔަށް ފައްސިވާ ކަމަށް ރިޕޯޓްކުރެވިފައިވެއެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.