ހއ. އަތޮޅުން ފެށިގެން ރ. އަތޮޅާއި ދެމެދުގެ ރައްތަކަށް ރީނޑު ސަމާލު
މިހާރު ކުރަމުން މި އަންނަ ވިއްސާރައިގާ މޫސުން ގޯސްވެދާނެކަމަށް ލަފާކޮށް ހއ. އަތޮޅާއި ރ. އަތޮޅާއި ދެމެދުގެ ރައްތަކަށް ރީނދޫ ސަމާލު ނެރެފިއެވެ.
އެގޮތުން މޫސުމާއިބެހޭ ގައުމީ އިދާރާއިން ބުނެފައިވާގޮތުގައި މި ސަމާލު ނެރެފައިވަނީ މެންދުރު ފަހު 3:00 އާއި އާއި މިރޭ 9:00 އާއި ދެމެދުގެ ވަގުތުތަކަށެވެ.
މި ސަމާލުގައި ބުނެފައިވަނީ ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވާކަމަށާއި ގަޑިއަކު 25 މޭލާއި 30 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހުން އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 55 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭކަމަށެވެ. އަދި ރާޅު އަރާނެކަމަށްވެސް ލަފާކުރެވޭކަމަށެވެ.
ރާއްޖެއަށް މޫސުން ގޯސްވެފައިމިވަނީ އަރަބި ކަނޑުގައި އުފެދުނު ކޮޅިގަނޑެއްގެ ސަބަބުންނެވެ. މި ކޮޅިގަނޑު މިހާރުވަނީ ތޫފާނަކަށް ބަދަލުވެފައެވެ. ދަތުރުކުރަމުންދަނީ ރާއްޖެއާއި ދުރަށެވެ.