އިޓާލިއަން ކަޕުގެ ފައިނަލް މެޗު މިރޭ! ޔުވެންޓަސް އަދި އެޓަލާންޓާގެ ވަރުގަދަ ކުރިމަތިލުމެއް!

އިޓާލިއަން ކަޕުގެ ފައިނަލް މެޗު މިރޭ ކުޅޭނެއެވެ. ރާއްޖޭ ގަޑިން މިރޭ ދަންވަރު 12:00 ގައި ކުޅޭ މި މެޗުގައި ބައްދަލުކުރާނީ މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ކަމުގައިވާ ޔުވެންޓަސް އާއި މި މުބާރާތުގެ ތަށި އެއްފަހަރު ހޯދާފައިވާ އެޓަލާންޓާ އެވެ.

މި ދެޓީމު މިރޭ އިޓާލިއަން ކަޕުގެ ފައިނަލްމެޗާއި ކުރިމަތިލާއިރު، މީގެ ކުރިން މި ދެޓީމު މި މުބާރާތުގެ ފައިނަލެއްގައި ބައްދަލުކޮށްފައެއް ނުވެއެވެ. ނަމަވެސް މި ދެޓީމު ވަނީ އެކި ފަހަރު މަތިން މި މުބާރާތުގެ އެކި ހިސާބުން ބައްދަލުކޮށްފައެވެ.

އިޝްތިހާރު Heyobas Ruqya Course Ad square

އެގޮތުން މި މުބާރާތުގައި މި ދެޓީމު އެންމެ ފުރަތަމަ ބައްދަލުކުރީ 2004 ވަނަ އަހަރުގައި ބޭއްވުނު މުބާރާތުގެ ހަތަރު ވަނަ ބުރުގައެވެ. އެފަހަރުގެ މުބާރާތުގައި ކުޅުނު ފުރަތަމަ ލެގުން 0-2 ގެ ނަތީޖާއިން އެޓަލާންޓާ ކުރި ހޯދިއިރު، ދެވަނަ ލެގުގެ މެޗު ވަނީ 3-3 ގެ ނަތީޖާއިން އެއްވަރުވެގެން ނެވެ. އެހެންކަމުން 3-5 ގެ އެގްރިގޭޓް ނަތީޖާއިން ކުރި ލިބިފައިވަނީ އެޓަލާންޓާ އަށެވެ.

އޭގެ ފަހުން މި ދެޓީމު ބައްދަލުކޮށްފައިވަނީ 2017 ވަނަ އަހަރު މުބާރާތުގެ ހަތަރުވަނަ ބުރުގައެވެ. ފުރަތަމަ ލެގު 1-2 އިން އެޓަލާންޓާ ކާމިޔާބު ކުރި ނަމަވެސް ދެވަނަ ލެގުގައި 0-2 ގެ ނަތީޖާއިން މޮޅުވެފައިވަނީ ޔުވެންޓަސްއެވެ. އެހެންކަމުން 2-3 ގެ އެގްރިގޭޓް ނަތީޖާއިން ކުރި ލިބިފައިވަނީ ޔުވެންޓަސްއަށެވެ.

އެއަށްފަހު 2018 ވަނަ އަހަރު މި މުބާރާތުގައި ކުޅުނު ދެ ލެގުންވެސް މޮޅުވެ 0-2 ގެ އެގްރިގޭޓް ނަތީޖާއިން ކުރި ހޯދާފައިވަނީ ޔުވެންޓަސް އެވެ. މި މުބާރާތުގައި މި ދެޓީމު އެންމެ ފަހުން ބައްދަލުކުރީ 2019 ވަނަ އަހަރުގެ އިޓާލިއަން ކަޕްގެ ހަތަރުވަނަ ބުރުގަ އެވެ. އެފަހަރު ވެސް ކުޅުނު ދެ ލެގުން މޮޅުވެ 0-3 ގެ އެގްރިގޭޓް ނަތީޖާއިން ކުރިހޯދާފައިވަނީ ޔުވެންޓަސް އެވެ.

އިޓާލިއަން ކަޕުގައި މި ދެޓީމުގެ ބައްދަލުކުރުންތަކަށް ބަލާއިރު، ބޮޑަށް ބުރަވެވެނީ ޔުވެންޓަސް ކޮޅަށެވެ. ސަބަބަކީ މި މުބާރާތުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ކުރީގައި އުޅެނީ ޔުވެންޓަސްކަމަށް ވާތީއެވެ.

ނަމަވެސް އެންމެ ފަހުން ލީގުގައި މި ދެޓީމުގެ ބައްދަލުކުރުންތަކަށް ބަލާއިރު އެޓަލާންޓާކޮޅަށްވެސް ބުރަވާން އެބަޖެހެއެވެ. ސަބަބަކީ މި ދެޓީމު މިފަހަރުގެ ލީގުގައި އެންމެ ފަހުންބައްދަލުކުރި ތިން މެޗުގައިވެސް ޔުވެންޓަސްއަށް އެޓަލާންޓާގެ މައްޗަށް ކުރިހޯދިފައި ނުވާތީއެވެ. އެންމެ ފަހުން ބައްދަލުކުރި ތިން މެޗުގެ ތެރެއިން ދެ މެޗު އެއްވަރުވެގެން ނިމުނު އިރު، އެންމެ ފަހުން މި ދެޓީމު ބައްދަލުކުރި މެޗު 0-1 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައިވަނީ އެޓަލާންޓާއިން ނެވެ.

އެޓަލާންޓާ އާއި ޔުވެންޓަސް މިރޭގެ ފައިނަލް މެޗަށް ނިކުންނައިރު، ޔުވެންޓަސްއިން ވަނީ މި މުބާރާތުގެ ތަށި މީގެކުރިން 13 ފަހަރު  ހޯދާފަ އެވެ. އެންމެ ފަހުން މި މުބާރާތުގެ ތަށި ޔުވެންޓަސްއިން ހޯދާފައިވަނީ 2018 ވަނަ އަހަރުގައެވެ.

އެޓަލާންޓާއަށް މި މުބާރާތުގެ ތަށި މިހައިތަަަށް ހޯދިފައިވަނީ 1963 ވަނަ އަރުގައެވެ. ނަމަވެސް އެޓީމުން ވަނީ މި މުބާރާތުގެ ފައިނަލްގައި ހަތަރުފަހަރު ކުޅެފައެވެ. އެންމެ ފަހުން އެޓަލާންޓާ މި މުބާރާތުގެ ފައިނަލް ގައި ކުޅެފައިވަނީ 2019 ވަނަ އަހަރުގައެވެ. މި މެޗުން އެޓީމު ބަލިވީ ލާޒިއޯ އަތުން 0-2 ގެ ނަތީޖާއިންނެވެ. މި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަނުންއަކީ ނަޕޯލީއެވެ. ނަޕޯލީން ތަށި ހޯދީ ފައިނަލްގައި ޔުވެންޓަސް ބަލިކުރުމަށް ފަހުގައެވެ.

މިރޭގެ ފައިނަލް މެޗަށް ނިކުންނައިރު، ޔުވެންޓަސްގައި އަނިޔާގެ މާބޮޑު މައްސަލަ އެއް ނެތްނަމަވެސް އަނިޔާގެ ސަބަބުން ބޮނޫޗީއަށް މިރޭގެ މެޗުގައި ނުކުޅެވޭނެއެވެ. އަދި ސަސްޕެންސަނުގެ ސަބަބުން އަލެކްސް ސަންޑްރޯއަށް ވެސް މިރޭގެ މެޗުގައި ނުކުޅެވޭނެއެވެ. މިރޭގެ މެޗުގައި ޔުވެންޓަސްގެ މައި ތަނބުގެ ގޮތުގައި ފާހަގަކުރެވިފައިވަނީ ފޯވަރޑް ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ.

އެޓަލާންޓާ އަށް ބަލާއިރު، ވިކްޓޯ ކޮވަލެންކޯ އަށް އަނިޔާގެ ސަބަބުން މިރޭގެ މެޗުގައި ނުކުޅެބުން ފިޔަވައި އިތުރު މައްސަލައެއް ނެތެވެ.

މި މުބާރާތުގެ ފައިނަލަށް ޔުވެންޓަސް ދަތުރު ކުރީ ސެމީފައިނަލުގައި އިންޓަރ މިލާން ބަލިކުރުމަށް ފަހުގައެވެ. އަދި އެޓަލާންޓާ މި މުބާރާތުގެ ފައިނަލަށް ދަތުރުކުރީ ނަޕޮލީ ބަލިކުރުމަށް ފަހުގައެވެ.

މިރޭގެ މި ފޯރިގަދަ ފައިނަލް މެޗު ކުޅެން ހަމަޖެހިފައިވަނީ އިޓަލީގެ މަޕެއީ ސްޓޭޑިއަމްގައެވެ. މި މެޗު ފަށާނީ ރާއްޖޭ ގަޑިން މިރޭ ދަންވަރު 12:00 ގައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.