އިޓާލިއަން ކަޕްގެ ތާރީޚަށް ކުރު ގޮތަކަށް ނަޒަރެއް!

މީގެ 98 އަހަރު ކުރިން، 1922 ވަނަ އަހަރު ތައާރަފުވެ ވުޖޫދުވި އިޓާލިއަން ކަޕް ނުވަތަ ކޮޕާ އިޓާލިއާ އަކީ ކޮންމެ އަހަރަކުވެސް ފުޓްބޯޅަ ސީޒަންގެ ތެރެއިން ކުޅެމުން އަންނަ މުބާރާތެކެވެ.

1941 42 Coppa Italia final 2nd leg Juventus v AC Milano

އިޝްތިހާރު Heyobas Ruqya Course Ad square

މިހާތަނަށް އިޓާލިއަން ކަޕުގެ 72 މުބާރާތެއް ކުޅެވިފައިވާއިރު، މި މުބާރާތް އެންމެ ގިނަފަހަރު ކާމިޔަބު ކުރުމުގެ ރެކޯޑް އޮތީ ޗެމްޕިއަން ޔުވެންޓަސް އަތުގައެވެ. އެގޮތުން މި މުބާރާތް 13 ފަހަރު ޔުވެންޓަސް ކާމިޔާބު ކޮށްފައިވެއެވެ.

Juventus Football Club 1964 1965

މި މުބާރާތުގެ ފައިނަލް ގައި ވެސް އެންމެ ގިނައިން ކުޅެފައިވާ ޓީމަކީ ޔުވެންޓަސްއެވެ. އެގޮތުން ޔުވެންޓަސްއިން ވަނީ މި މުބާރާތުގެ ފައިނަލުގައި ޖުމްލަ 20 ފަހަރު ކުޅެފައެވެ.

މިއަހަރުގެ މި މުބާރާތުގެ ތަށި ކާމިޔާބު ކޮށްފިނަމަ މިއީ ޖެހިޖެހިގެން މި މުބާރާތް ޔުވެންޓަސްއިން ކާމިޔާބު ކުރާ ފަސްވަނަ ފަހަރަށް ވެގެންދާނެއެވެ.

maxresdefault 1

ޔުވެންޓަސް އަށް ފަހު ދެވަނަ އަށް އެންމެ ގިނައިން މި މުބާރާތް ކާމިޔާބު ކޮށްފައިވަނީ ރޯމާއެވެ. ރޯމާ 9 ފަހަރެއްގެ މަތިން މި މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވާއިރު، 17 ފަހަރު ފައިނަލުގައި ކުޅެފައިވެއެވެ. ތިންވަނައަށް އެންމެ ގިނައިން މި މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ އިންޓަމިލާން އެވެ. އިންޓަމިލާނުންވެސް ވަނީ މި މުބާރާތުގެ ފައިނަލުގައި 13 ފަހަރު ކުޅެފައެވެ.

މި މުބާރާތުގައި އެންމެ ގިނަ މެޗު ކުޅުނުކަމުގެ ޝަރަފު ލިބިފައިވަނީ ރޮބާޓޯ މަންޗީނީ އަށެވެ.1981 އިން 2001 ވަނަ އަހަރާއި ހަމައަށް ކުޅުނުއިރު، 72 މެޗު އޭނާ ވަނީ ކުޅެފައެވެ. ރޮބާޓޯ މަންޗީނީ އަކީ މިހާރު އިޓަލީގެ ގައުމީޓީމުގެ ހެޑު ކޯޗެވެސް މެއެވެ.

 

BdVGACNIUAAD wJ

 

މި މުބާރާތުގައި މިހާތަނަށް އެންމެ ގިނަ ލަނޑު ޖެހުމުގެ ރެކޯޑު އޮތީ އަލެސަންޑްރޯ އެލްޓަބެލީ ގެ އަތުގައެވެ.

އިޓާލިއަން ކަޕް ކާމިޔާބުކުރާ ޓީމެއް ޔޫރޮޕާ ލީގުކުޅުުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.