ބާ ކައުންސިލުގެ އެކްސްކޯ އިން ގާނޫނީ ވަކީލު އަނަސް އިސްތިއުފާ ދެއްވައިފި
ބާ ކައުންސިލުގެ އެކްސްކޯ އިން ގާނޫނީ ވަކީލު އަނަސް ޢަބްދުލްސައްތާރު އިސްތިއުފާ ދެއްވައިފި އެވެ.
އޭނާ އިސްތިއުފާ ދެއްވާފައިވަނީ މިއަދު އެެވެ.
ވެރިކަން ކުރާ ކޯލިޝަނުގެ މައި ޕާޓީ އެމްޑީޕީގެ ކުރީގެ ސެކެރެޓަރީ ޖެނަރަލް އަނަސް އަބްދުލްސައްތާރު އިސްތިއުފާ ދެއްވުމުާއި ގުޅިގެން ބާ ކައުންސިލުން ބުނީ މަގާމުގައި ހުންނަވައިގެން އެކައުންސިލަށް ކޮށްދެއްވި ޚިދުމަތްތަކަށް ޝުކުރު ދަންނަވާ ކަމަށެވެ.
BCM Executive Committee Member, Uz. Anas Abdul Sattar has resigned from the Executive Committee with effect from today, 1 June 2021. We thank him for his service to the Bar Council and wish him the best in his future endeavours.@anasabdulsattar
— Bar Council of the Maldives (@MvBarCouncil) June 1, 2021
ގާނޫނީ ވަކީލުންގެ ބެލެނިވެރި ފަރާތް ކަމުގައިވާ ބާ ކައުންސިލު އެކްސްކޯ އިން އަނަސް އިސްތިއުފާ ދެއްވުމުން މިހާރު އެކްސްކޯގައި ތިއްބަވާނީ، ބާ ކައުންސިލްގެ ރައީސް މައުމޫން ހަމީދު އާއި ނައިބު ރައީސް އަބްދުﷲ މުއިއްޒު އާއި އަލް އުސްތާޛާ އަނާރާ ނައީމް އާއި މުހައްމަދު ފައިސަލްއާއި އަހްމަދު މުއިއްޒާއި ނޫރުބާން ފަހުމީ އަދި މުހައްމަދު އަސީލް ހަސަނެވެ.
ރައީސް އާއި ނައިބް ރައީސް ނުލައި ހަތް މެންބަރުން ތިއްބަވަން ޖެހޭ ބާ ކައުންސިލްގެ ބައި އިލެކްޝަން ބާއްވާނެ ތާރީޚު އަދި އިއުލާނު ކޮށްފައެއް ނުވެއެވެ.