ކުރު ވާހަކަ “ޔަލީނާ” (3)

”ކުކީ އިސްއަ ގުޑްކުކް“ ހަމަ ޔުޝްފާ އެހެންބުނެ ނިމޭ އިރަށް ޔާނިޔާ އިނދެފައި ބުނެލިއެވެ.

ޔާނިޔާ އިނދެފައި އެބުނެލިއެއްޗަކުން ޔަސީރާއާއި ޔުޝްފާ ވަގުތުން ޔާނިޔާއާއި ދިމާލަށްބަލާލިއެވެ. ދެކުދިންގެ ނަޒަރު ހުރީ ސީދާ ޔާނިޔާގެ ދެލޮލަށެވެ. ހީވީ މުޅިންމަނާ އެއްޗެއް ބުނެގެން އެކަން ބަލައިނުގަނެވިފައި ތިބިހެނެވެ. އަސްލު އެބުނި އެއްޗެއް ސީދާ ސާފުނުވިއެއްކަމަކު ކުކީ އިސް ކޮންމެވެސް އެއްޗެކޭ ބުނިކަން އަހަންނަށް ޔަގީނެވެ. އެއީ ކޮން ކުކީ އެއްހެއްޔެވެ.

އިޝްތިހާރު full width ad 1200 x 150

ޔަލީނާއާއި ދިމާލަށް އަހަންނަށް ބަލާލެވުނީ އެބުނި އެއްޗެއް ސާފުކޮށްދޭށޭ ބުނާ ފަދައަކުން ނެވެ. ޔަލީނާ ނިކަންބޮޑަށް ހިނިތުންވެލާފައި ދެކޮނޑު އަރުވާލިއެވެ. ހަމަ ޔަގީނުންވެސް ޔަލީކަމެއް ފޮރުވައިފިއެވެ. އެންމެ ރަގަޅުތާއެވެ. ކުދިން ކުދިންނަށް ސިއްރުތައް އޮންނަންވާނެ ތާއެވެ.

އަނެއްކާވެސް އަހަރެން މަސައްކަތް ކުރީ ކުރިން ދައްކަމުން ދިޔަ ވާހަކައާއި ގެން ކުރިއަށް ދެވޭތޯ އެވެ. ޔާނިޔާ އެބުނި އެއްޗަކަށްފަހު މުޅިތަން ހަމަ ހިމޭންވި އެވެ. ޔާނިޔާވެސް އިންތަނުން ތެދުވަމުން އައިމް ސޮރީ އެބުނެލާފައި ފަޔަށް ބާރުލާފައި ގޮސް އޭނާގެ ކޮޓަރިއަށްވަނެވެ. ވާނުވަ ނޭނގިފައި އަހަރެން އިނީމެވެ.

“ ބައްޕާ… އަޅުގަނޑު ބުނަން އުޅުނީ އަޅުގަނޑު އަމިއްލަ ކަމެއް ފަށަން ޚިޔާލު ކުރަމޭ! “ އެންމެ ދޮށީދަރިފުޅު އަބަދުވެސް ކަންކަން މަތިއަޅަން ކުޅަދާނަ ވާނެއެވެ.  ދަނޑިވަޅުބަލާފައި އޭނާ އަހަރެންގެ ސަމާލުކަން ހޯދީއެވެ.

”އަވަހަށް ބުނޭ! ބައްޕަ ކީއްކޮށްދޭންވީ. ކޮންކަހަލަ ކަމެއް ފަށަން ތިވިސްނަނީ“

”ހިތައް އަރަނީ އަންހެނުންނަށް ޚާއްސަ އެއްޗެހި ވިއްކާތަނެއް ހުޅުވަން. އާންމުކޮށް މާލޭން ނުލިބޭ ސްޓައިލްތަށް ލިބޭނެ ތަނެއްގެ ގޮތަށް، ބްރޭންޑެޑް އެއްޗެހި ލިބޭނެ ތަނެއް. އެކަމާ ވަރަށް ވިސްނޭ އެބަ. އެކަމަކު މުދާ ގަންނަންދާން އެއީ އަޅުގަނޑަށް ވަރަށް ބޮޑުކަމެއް“

ތެދެކެވެ. އަންހެން ކުއްޖަކު އެކަނި އެހެން ބޭރުޤައުމުތަކުން މުދާ ގަންނަން އުޅުމަކީ ވަރަށް އުނދަގޫވާނެ ކަމެކެވެ.

”ދަރިފުޅު ތިބުނީ ދޮގުވާހަކައެއްނޫން. އެކަމަކު ދަރިފުޅަށް ކަންކަން ދަސްވަންދެން ބައްޕަ ހުރެދޭނަން ދަރިފުޅު ގާތުގަ އިނގޭ! ބައްޕަގެ ރައްޓެއްސެއް ހުންނާނެ ބެންގކޮކް މީހެއް. އޭނާއަށް ދަރިފުޅު   ގުޅައިގެން އެކޮޅުން އެއްޗެހި ލިބޭނެ ފަސޭހަ ގޮތްގޮތް އަހާ އޮޅުންފިލުވާ. މާދަމާ ތިކަމާ އުޅެންވާނީ.. އަދި ފިހާރައަކަށް ރަގަޅު ލޮކޭޝަނެއްވެސް ހޯދަންވާންނުން. “

ދެބަފައިންގެ ވާހަކަ ތައް އަޑުއަހަން ޔާލީނާއާއި ޔުޝްފާ ތިއްބެވެ. އެތައް އިރެއްވަންދެން އެގޮތުގައި ތިބުމަށްފަހު އަހަރުމެން ވަކިވެގެން ކޮޓަރި ތަކަށް ދިޔައީ ހިތްހަމަ ޖެހިފައި ތިބެއެވެ.

***

ހެނދުނު ހަތެއްގެ ޚަބަރު އަޑުއަހާލަން އަހަރެން އިންއިރު ޔަލީނާ ބެލްކަނީގައި ފޮތެއް ހިފައިގެން އޮތެވެ. އަބަދުވެސް ޔަލީނާފެންނާނީ ކޮންމެވެސް ވާހަކަފޮތެއް ހިފައިގެން އުޅެނިކޮށެވެ. ޒުވާންފުރައަށް އަޅާފައި ހުއްޓަސް އެދަރިފުޅުގެ ކިބައިން ފެންނަނީ މާސޫމްކަމެވެ. ފާޑުފާޑުގެ އިގިރޭސި ފިލްމުތަށް ބަލާ އެފުރައިގެ އެހެން ކުދިންހެން މޭކަޕް ކުރުމާ ފަހުގެ ފެޝަންތަކުގެ ހެދުން އެޅުމަށް އެހާ ޝައުގެއްނުހުރެއެވެ. އެދަރި އެހާ ތަފާތީ ކީއްވެބާއެވެ. އަހަރެންނަށް އެދަރިފުޅު މާބޮޑަށް ހިފެހެއްޓެނީ ނޫންބާއެވެ. ޅައުމުރުން ފެށިގެން ވެސް އެއްބަނޑު އެހެން ކުދިންގެ ކުދިކުދި ހަމަލާގެ އަމާޒަކަށް އެދަރިފުޅުވެފައި ވެއެވެ. ހަމުގެ ކުލައާއި ބެހޭ ގޮތުން ހިތުގައި ޖެހޭ ކަހަލަ ބަސްތަށް ބުނެ ހަދާނެއެވެ. ޚާއްސަކޮށް ޔާނިޔާ ފާޑުފާޑުގެ ނަންދީ އުޅެއެވެ. އޭރު ޒީޖާ އެކަން ހުއްޓުވަނީ ކިހިނެތް ކަމެއްނޭނގެއެވެ. ކުއްލިއަކަށް ކުރީރޭގެ ހަނދާނެއް ސިކުނޑީގައި ކައްޓެއްހެން ހެރިއްޖެއެވެ.

”ދަރިފުޅާ! ބިޒީތަ“ ޔަލީނާގާތަށް ޖެހިލާފައި އަހައިލީމެވެ. ޔަލީ އެއްފަޅިއަކަށް ޖެހިލާ ބަލާލިއެވެ. ”ނޫން…ކަމެއް ނެތީމަ ވާހަކަ ފޮތެއް ކިޔާލަނީ.“

“ ރޭގަ ކުކީއޭ އެބުނީ ދަރިފުޅާ ދިމާއަށްތަ“

”އޯނޯ ބައްޕާ… އެމީހުން މަޖަލަށް ބުނެލާ އެއްޗެއްސޭ އެއީ..ނޯހާމް އިން އިޓް“

ހަމަ ވަގުތުން މޫނުމައްޗައް ފުޅާހިނިތުުންވުމެއް ވެރިކޮށްލާ ނިކަން ލޯބިކޮށް ޔަލީނާ ބުނެލިއެވެ.

“ އެހެންވީމަ ތީ ދޯ ކުކީއަކީ…“ އަހަރެން ހީލާފައި އެކޮލުގައި މަޑުމަޑުން ޖަހާލީމެވެ.

”އާނނ އަނދާ ފައި އޮތް ބްރައުން ކުކީއެކޭ މީ“

ކިތައްމެ ހެވިފައި އެހެން ބުންޏެއްކަމަކު އެއަޑުގައި ހުރި ރިހުން އަހަންނަށް ފާހަގަ ވިއެވެ.

”ދަރިފުޅާ.. ދަރިފުޅު ކަޅެއްނޫނޭ! ތިހެން ނުބުނާތި ދެން. ބައްޕައަށް ވަރަށް ރީތި ދަރިފުޅުގެ ކުލަ..އެކަމާ އެކަކުވެސް ނުވާނެ ފާޑުކިޔާ މަލާމާތް ކޮށްގެނެއް“

އަހަރެން ހަމަ އަސްލުވެސް ހިތުގައި ޖެހުނެވެ. ދަރިން ތަފާތުކުރުމަކީ އަހަރުމެން ދެމަފިރިން ވެސް ކޮށްއުޅޭ ކަމެއްނޫނެވެ. ކުދިންގެ ކުލައަކީ އަހަރުމެން ބޭނުންވެގެން ޖައްސާފައި ހުންނަ ކުލައެއްނޫނެވެ. ވެގެންވަންޏާ އެންމެރީތި އެންމެ މޮޮޅު ހުރިހާ ގޮތަކުންވެސް އެންމެ ފުރިހަމަ ކުދިންނަށް އަހަރުމެން ގެ ދަރިންހަދާނެއެވެ. އެކަމަކު އެބާރެއް އަހަރުމެންގެ އަތަކު ނެތެއްނުން ހެއްޔެވެ.

ނުނިމޭ….

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ޚިޔާލުތައް:

  1. މަށަށްވެސް ވ. ސަޅި ނަމެއް މީ… މަ މިހާރު އަންހެނުންނަށް ގޮވަނީ ލޯބިން ޔަލީނާ ކިޔާފަ … (-:

ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.