30 އަހަރު ވަންދެން ގަނޑުކޮށްފައި އޮތް ދިރޭ އެއްޗެއް ސައިންސްވެރިން ދިރުވައިފި
ގަނޑުކޮށްފައި ބާއްވާފައި އޮތް ކުޑަ ކުޑަ ދިރޭއެއްޗެއް ކާމިޔާބުކަމާއެކު އަލުން ދިރުވާފައިވާ ކަމަށް ސައިންސްވެރިން ބުނެފިއެވެ.
ޖަޕާންގެ ނެޝަނަލް އިންސްޓިޓިއުޓް އޮފް ޕޯލަރ ރިސާޗްއިން ބުނެފައި ވަނީ، އެންޓާޓިކާއިން ނަގާފައިވާ ”ޓާޑިގްރޭޑް“ ގެ ނަމުން ނަންދީފައިވާ ކުޑަ ދިރޭއެއްޗެއް ގަނޑުފިލުވައި، 30 އަހަރު ފަހުން އަލުން ދިރުވުމުގައި އެއިންސްޓިޓިއުޓްގެ ސައިންސްވެރިން ކާމިޔާބު ހޯދާފައިވާ ކަމަށެވެ.
ދިގުމިނުގައި 1 މމ އަށްވުރެވެސް ކުޑަ މި ސުތްޕަކީ ފެނުގައި ގަދަ ފިނީގައި ދިރިއުޅޭ ސުތްޕެކެވެ. އަދި ކެއިންބުއިމާއި ހަޖަމް ކުރުމުގެ ނިޒާމް ލަސްކޮށްލުމާއި ދިގު މުއްދަތަކަށް ހުއްޓާލުމުގެ ކުޅަދާނަކަން މި ސުތްޕަށް ލިބިފައިވާ ކަމަށް ސައިންސްވެރިން ބުނެއެވެ.
’ކްރިއޯބައޮލޮގީ‘ މެގަޒިންގައި ޝާއިއު ކޮށްފައިވާ ލިޔުމެއްގައި ބަޔާން ކޮށްފައިވާ ގޮތުގައި، ސައިންސްވެރިން މި ސޫފިތައް ހޯދާފައި ވަނީ 1983 ވަނަ އަހަރު އެންޓާޓިކާއިންނެވެ. އަދި މި ސޫފިތައް 20- ޑިގްރީގައި 30 އަހަރު ވަންދެން ވަނީ ރައްކާކޮށްފައެވެ. ސައިންސްވެރިން ބުނެފައިވާ ގޮތުގައި، އެންމެ ފުރަތަމަ ގަނޑު ފިލުވައި ދިރުވީ ބިހަކާއި ސުތްޕެކެވެ. ސޫފި ދިރުވުމުގައި ކާމިޔާބު ވުމުން އިތުރު ސޫފިތައް ދިރުވީ ކަމަށާއި، އެއްދުވަހުގެ ތެރޭފައި ހުރިހާ އެއްޗެއްވެސް ހަރަކާތް ކޮށް ކާން މަސައްކަތް ކުރި ކަމަށް ބުނެފައިވެއެވެ.
އެއައްފަހު އޭގެތެރެއިން ބައެއް ސޫފި ބިސް އަޅާފައިވާ ކަމަށާއި އޭގެތެރެއިން މުޑުވައްވެ ވިހާފައިވަނީ 14 ބިސް ކަމަށްވެސް ލިޔުމުގައި ބުނެފައިވެއެވެ.
ސައިންސްވެރިންނަކަސް މަރުވެފައިވާއެއްޗެއްނުދޮރުވޭނެ 30 އަހަރު ގަނޑުވެފައިއޮތަސް ދިރުންހުރީމަ އެފިރުނީ…