ޖިންޖަރ ކުކީސް: ފަސޭހައިން ހަދާލެވޭނެ އެއްޗެއް
ޖިންޖަރ ކުކީސް
- ބޭނުންވާނޭ ތަކެތި:
125 ގްރާމް މާޖިރިން
75 ގްރާމް ބްރައުން ޝުގަރ
1 ބިހުގެ ގޮބޮޅި
300 ގްރާމް ފުށް (އާދައިގެ)
1 ސައިސަމުސާ ސޮޑާ ބައި ކާރބެނޭޓް
3 ސައިސަމުސާ އިނގުރު (ގާނާފަ)
½ 2 މޭޒުމަތީ ސަމުސާ ގޯލްޑެން ސިރަޕް
ހަދާނެ ގޮތް:
އެންމެ ފުރަތަމަ މާޖިރިން އާއި ބްރައުން ޝުގަރ ރަނގަޅަށް ކްރީމް ވަންދެން އެއްކޮށްލާށެވެ. އަދި ކްރީމް ވުމުން ބިހުގެ ގޮބޮޅި ލައިގެން އެއްކޮށްލާށެވެ.
އެއަށްފަހު، ފުށްކޮޅު ރަނގަޅަށް ފުރާނާފަ، މަޑުމަޑުން އެއްކުރަމުން ގެންދާށެވެ. އެއަށްފަހު މިކްސްގެ ތެރެއަށް އިނގުރާއި ގޯލްޑެން ސިރަޕްވެސް އަޅާ، ރަނގަޅަށް މޮޑެލާށެވެ.
ދެން މި ފުށްގަނޑު 4 ބަޔަކަށް ބަހާލާފައި، ބޮޑު ބޯތައްޓަކަށްލާފަ ފޮތިގަނޑަކުން މަތި ބަންދުކޮށްލާށެވެ. ދެން ފަހަރަކު ގުޅައެއް ނެގުމަށްފަހު، ރޮށިދަމާގޮތަށް ½ ސެންޓިމީޓަރު ބޯމިނުގައި ދަމާލާށެވެ. އަދި ކުކީސް ކަޓަރަކުން ކެފުމަށްފަހު ފިހަން ބޭނުންކުރާ ޓްރޭގައި އަތުރާލާށެވެ. އެކަމަކު މިގޮތަށް އަތުރާ އިރު، އެކަތި އަނެކަތީގައި ނުޖެހޭގޮތަށް ބެހެއްޓުމަށާއި ޓްރޭގައި ތެޔޮ ހޭކުމަށް ހަނދާންކުރަންވާނެއެވެ.
ޖިންޖަރ ކުކީސް ނުވަތަ ޖިންޖަރ ބްރެޑް ކުކީސް ފިހާނީ 180 ޑިގްރީ ސެލްސިއަސް އާއި 350 ޑިގްރީ ފެރަންހައިޓްގައި 10 ނުވަތަ 20 މިނެޓް ވަންދެން ފިހެލާށެވެ.
ހިހޫވުމުން އެ ބޭފުޅަކު ބޭނުމީވިއްޔާ މި ކުކީސްތަކުގެ މައްޗަށް އައިސިންގ ޝުގަރ ބުރުއްސާލައިގެންވެސް ބޭނުން ކުރެވިދާނެއެވެ.