މިއަދު ( 28 އޮކްޓޯބަރު 2016) ގެ ހުކުރު ޚުޠުބާގެ ޚުލާޞާ

މިއަދުގެ ހުކުރު ޚުޠުބާ ޚާއްޞަ ކޮށްފައިވަނީ ޙަޔާތުގެ ބައިވެރިޔާ އިޚްތިޔާރު ކުރުމާ ބެހޭގޮތުންނެވެ.

ދުނިޔެއަކީ ދަތުރުމަތީގެ ސަރާސަރު މަގެއްކަމަށާއި އެ މަގުގައި ދަތުރު ކުރަމުންދާއިރު ރަނަގަޅު ކޮއްތަކަށާއި، މުނިފޫހި ފިލުވައިދޭނޭ އެކުވެރިއަކަށާއި، އުފުލަންޖެހޭ ބުރަތައް އުފފުލުމުގައި ވާގިވެރިވާނެ މިތުރަކަށް ބޭނުންވާނެކަން ފާހަގަ ކޮށްފައިވެއެވެ. ޒަވާޖީ ޙަޔާތަށްބަލާއިރު އެ އެކުވެރިއަކީ އަދި މިތުރަކީ ފިރިހެނާގެ ނިޞްބަތުގައި ޞާލިޙު އަނބިމީހާކަމާއި އަދި އަންހެނާގެ ނިޞްބަތުގައި ފިރިމީހާކަމުގައެވެ. ޞާލިޙު އަނބިމީހާއަކީ ފިރިމީހާގެ ސިއްރުތަށް ރައްކައުތެރިކުރުމާއި ފިރިމީހާއަށް ކުރިމަތިވާ ބުރަތައް ލުއިކުރުމަށް މަސައްކަތް ކުރުމާއި ފިރިމިހާ ގާތުގައި ހުއްޓަސް ނެތަސް ފިރިމީހާގެ އަބުރާއި ޝަރަފު ރައްކާތެރި ކުރާ މީހާކަންވެސް ފާހަގަ ކޮށްފައިވެއެވެ. އަނބި މީހާއަށް ލިބޭ ހިތްހަމަޖެހުމާއި ލޯތަބާއި އޯގާތެރިކަމާއި ކުލުނު ލިބޭނީ އީގާތެރި ލޯބިވެތި މަސައްކަތްތެރި ޞާލިޙު ފިރިމިހާ ގެ ފަތުންކަންވެސް ފާހަގަ ކޮށްފައިވެއެވެ. މީގެ އިތުރުން ޒަވާޖީ ޙަޔާތް ބާއްޖަވެރު ކުރުމަށް އެދޭނަމަ ކޮންމެ ބައިވެރިޔަކުމެ އެކަކު އއަނެކަކަށް އެހީތެރިވުމާއި ލޯތްބާއި އޯގާތެރިކަން ދޭންޖޭނެކަން މިއަދުގެ ހުކުރު ޚުޠުބާގައި ވަނީ ފާހަގަ ކޮށްފައެވެ.

އިޝްތިހާރު full width ad 1200 x 150

ޢާއިލާ ބެލެހެއްޓުމަކީ ޢާއިލާގެ ވެރިޔާގެ އަސާސީ މަސްއޫލިއްޔަތެއްކަން ﷲ سبحانه وتعالى وحي ކުރައްވާފައިވާ ކަން ހަނދުމަ ކޮށްދީފައިވެއެވެ، މީގެ އިތުރުން ކޮންމެ ދެމަފިރިއަކުމެ ޒަވާޖީ ޙަޔާތް ބިނާކުރަންވާނީ އިސްލާމީ ތއުލީމާ އެއްގޮތަށް އެކަކު އަނެކަކަށް އެހީތރިވެދީ މާތްﷲ ތިމާމެންނާއި ޙަވާލު ކުރެއްވި އަމާނާތް އިސްލާމް ދީނުގެ ތަރަހައިގެ މަތީގައި އޭގެ އެންމެ ފުރިހަމަ ގޮތުގައި ބިނާކޮށް ހެއިލަފާ ބަޔަކަށް ހެދުމަށްކަމަށްވެސް ޚުޠުބާގައި ފާހަގަ ކުރިއެވެ.

ފަހަކަށްއައިސް މުސްލިމުންގެ ތެރޭގައި ވަރި ގިނަވުމުގެ ސަބަބަކީ ކާވެނީގެ ލަނޑުދަނޑިއަކީ ކޮބާކަން ނޭންގުން ކަމާއި، ކައިވެނި ކުރާއިރު ރަސޫލާގެ އިރުޝާދުތަކަށް ފަރުނުބަހައްޓާ ކާވެނީގެ ޙަޔާތުގެ ނަވަށް އެރޭތީކަންވެސް ފާހަގަ ކޮށްފައިވެއެވެ.

capture

ޚުޠުބާ ނިންމާލަމުން ކައިވެންޏަކީ އަޅުކަމެއްކަމާއި އެއީ އާދަ ކާދައެއް ނޫންކަންވެސް ފާހަގަކޮށްފައިވެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.