ސަލާމަތް ނުވާނެ ކަމަށް ބުނި ދުވަސް ނުފުރާ ވިހެއި އެންމެ ހަގު ކުއްޖާއަށް 1 އަހަރު

ދުވަސް ނުފުރާ ވިހެއި އެންމެ ހަގު ކުއްޖާގެ ގޮތުގައި ޖިނިސް ބުކް އޮފް ވޯލްޑް ރެކޯޑަށް އަރާފައިވާ ކުއްޖާއަށް 1 އަހަރު ފުރުން ފާހަގަ ކޮށްފިއެވެ.

ވިހެއިރު ބަރުދަނުގައި އެންމެ 340 ގްރާމް ހުރި ކުޑަކުޑަ ރިޗަޑް ސްކޮޓް ވިލިއަމް ހަޗިންސަން ދުނިޔެއަށް އައިސްފައި ވަނީ އެންމެ 21 ހަފްތާ 2 ދުވަހުގައި 5 ޖޫން 2020 ގައެވެ.

އިޝްތިހާރު Below Header ad

ރިޗްޑްގެ މަންމަ ބެތު ހަޗިންސަން ވިހާނެ ތާރީހަކަށް ޑޮކްޓަރުން އެންމެ ފުރަތަމަ ދދީފައިވާ ތާރީޚަކީ އޮކްޓޯބަރ 13 ކަމުގައިވި  ނަމަވެސް ދިމާވި ސިއްޙީ ނުރައްކަލެއްގެ ސަބަބުން ދުވަސް ހަމަވުމުގެ 131 ދުވަސް ކުރިން ވިހެއީއެވެ. ވިހެއުމަށް ފަހުވެސް ރިޗަޑް ސަލާމަތް ކުރުމަށް ޑޮކްޓަރުންނަށް ކުރެވުނު ހުރިހާ މަސައްކަތެއް ކުރި ނަމަވެސް، އަތުގެ މުށުތެރޭގައި ބާއްވާލެވޭހާ ކުޑަކުޑަ ރިޗަޑް ސަލާމަތް ވާނެ ކަމުގެ އެއްވެސް އުންމީދެއް ޑޮކްޓަރުން ނުދެއެވެ.

ވިހެއުމުން ރިޗަޑްއަށް ފަރުވާ ކުރަމުން ދިޔައީ އެމެރިކާގެ މިނެއާޕޮލިސްގައި ހުންނަ ކުޑަކުދިންނަށް ހާއްސަ ހޮސްޕިޓަލެއްގައެވެ. ރިޗަޑްގެ ހުރިހާ ކަމެއް ބަލަމުން ގެންދިޔަ ޑޮކްޓަރު ޑރ ސްޓޭސީ ކާރން ބުނެފައި ވަނީ، ރިޗަޑް ސަލާމަތް ވާނެ ކަމުގެ އެއްވެސް އުންމީދެއް އެއިރު ނެތް ކަމަށާއި އަދި ރިޗަޑްގެ މައިންބަފައިންނަށް ވެސް އެކަން ވިސްނައިދީ، ދިމާވެދާނެ ދެރައަކަށް ތައްޔާރު ވުމަށް ކައުންސިލިން ދެމުން ދިޔަ ކަމަށެވެ. އެހެންނަމަވެސް ސިއްޙީ ޓީމުގެ ފަރާތުން ރިޗަޑް ސަލާމަތް ކުރުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރި ކަމަށާއި، އެހާ ތުއްތު އުމުރުގައިވެސް ހިތްވަރާއި ކެއްތެރިކަން ރިޗަޑްގެ ފަރާތުން ދެއްކި ކަމަށެވެ. ރިޗަޑްގެ ހަޔާތުގެ އެންމެ ފުރަތަމަ ހަފްތާތަކަކީ ވަރަށް އުނދަގޫ ހަފްތާ ތަކަކަށް ވާނެ ކަމަށް ޑޮކްޓަރުންނާއި ސިއްހީ ޓީމުން ތައްޔާރަށް ތިބި ކަމަށާއި، އެހެން ނަމަވެސް އެދުވަސް ތަކުން އަރައި ގަނެވިއްޖެ ނަމަ އޭގެ ފަހުން އުންމީދު ބޮޑުވާނެ ކަމަށް ޤަބޫލު ކުރިކަމަށް ޑރ ސްޓޭސީ ބުންޏެވެ. ރިޗަށް ސަލާމަތް ވުން މިއީ އަޖައިބެއް ކަމަށް ދެކޭ ކަމަށްވެސް އޭނާ ބުނެފައިވެއެވެ.

ދުވަސްނުފުރާ ވިހެމަށްފަހު ސަލާމަތްވި އެންމެ ހަގު ކުއްޖާގެ ގޮތުގައި ރިޗަޑްގެ ނަން ރެކޯޑް ފޮތަށް އަރާފައިވަނީ އޭނާއަށް 1 އަހަރު ފުރުމުންނެވެ. ރިޗްޑްގެ މަންމަ ބުނެފައި ވަނީ ރިޗަޑް ސަލާމަތް ވުމުން އެކަމާ އުފާކުރާ ކަމަށާއި ދުނިޔޭގެ ރެކޯޑެއް ޤާއިމް ކުރެވިފައިވާކަން އަދިވެސް ޤަބޫލު ނުކުރެވޭ ކަމަށެވެ.

ދުވަސް ނުފުރާ ވިހެއި އެންމެ ހަގު ކުއްޖާގެ ރެކޯޑު ކުރިން ލިބިފައި ވަނީ ކެނެޑާއަށް އުފަން ޖޭމްސް ގިލްއަށެވެ. އޭނާ އުފަންވެފައި ވަނީ 21 ހަފްތާ 5 ދުވަހުގައި 20 މެއި 1987 ވަނަ އަހަރުއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.