ބ. އަތޮޅު ހަނިފަރު ފަރަށް އެރި އުޅަނދު ފުންކޮށްފި

އެ ދޯނި ފުންކޮށްފައި މިވަނީ ފަރަށް އެރިތާ ހަތަރު ދުވަސް ފަހުން ރޭގެ ވަގުތެއްގައެވެ.

“ދޮށި ދޯނި 1” ނަމަކަށް ކިޔާ ދޯނި ޓަގެއްގެ އެހީގައި ފުންކޮށްފައިވާ އިރު، އެ ދޯނި މިހާރު ވަނީ އެ އަތޮޅު ދަރަވަންދޫއަށް ގެންގޮސްފައެވެ.

އިޝްތިހާރު Heyobas Ruqya Course Ad square

ޔުނެސްކޯ ބަޔޮފިއާ ރިޒާވްގެ ގޮތުގައި ކަނޑައަޅާފައިވާ ހަނިފަރަށް ދޯނި އެރުމުން ލިބުނު ގެއްލުންތަކަށް ބެލުމަށް ފަހު އެ އުޅަނދުގެ ވެރިފަރާތް ޖޫރިމަނާ ކުރާނެ ކަމަށް ބެލެވެ އެވެ.

ވަކި މެނޭޖްމަންޓް ޕްލޭނެއްގެ ދަށުން ބަޔޯސްފިޔާ ރިޒަރވްގެ އޮފީހުން ހަނިފަރު ސަރަހައްދު ބަލަހައްޓަމުން އަންނަ އިރު، ޚާއްޞަ ހުއްދައެއް ލިބިގެން ނޫނީ ހަނިފަރު ސަރަޙައްދަށް ވަނުމަކީ މަނާ ކަމެކެވެ.

ޤާނޫނާއި ޚިލާފުވުމާއި ތިމާވެއްޓަށް ގެއްލުންދިނުމުގެ ޤާނޫނުގެ ދަށުން ހެދިފައިވާ ޤަވާޢިދާ ޚިލާފަށް ކުރާ ކަންތައްތަކުގެ ތެރެއިން ޢާންމު ދިރިއުޅުމުގައި ދިމާވާ އާދައިގެ ކަންތައްތަކަށް ދެވޭ އަދަބީ އެކަމެއްގެ ކުޑަ ބޮޑުމިނަށް ބަލައި ފަސް ރުފިޔާއިން ފެށިގެން 500 ރުފިޔާއާ ދެމެދުގެ ޢަދަދަކުން ޖޫރިމަނާކުރުމެވެ.

އަދި މި މާއްދާގެ (ހ)ގައި ބުނެފައިވާފަދަ ކަންތައްތައް ފިޔަވައި މި ޤާނޫނާ ޚިލާފަށް ކުރާ ބޮޑެތި ކަންތައްތަކަށް ދެވޭ އަދަބަކީ އެކަމެއްގެ ކުޑަ ބޮޑު މިނަށް ބަލައި 100 މިލިއަން ރުފިޔާއަށްވުރެ ބޮޑުނޫން ޢަދަދަކުން ޖޫރިމަނާ ކުރުމެވެ.

ބަޔޮސްފިއާ ރިޒަރވުގެ ދަށުން ބ. އަތޮޅުގައި ކަނޑައަޅާފައިވާ ކޯ އޭރިޔާތަކުގެ ތެރެއިން އެންމެ ޚާއްޞަ ތަނަކަށް ހަނިފަރު ވާއިރު، އެ ސަރަޙައްދުން އެންމަޑި އާއި ފެހުރިހި ޢާންމުކޮށް ފެނެއެވެ. އަދި ފީނުމަށް ރާއްޖެ އަންނަ ފަތުރުވެރިންނަށްވެސް އެ ސަރަޙައްދަކީ ވަރަށް މުހިންމު ތަނެކެވެ.

ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ހަނިފަރަށް ފީނާ މީހުންގެ އަތުން 3.85 މިލިއަން ރުފިޔާ ނުވަތަ 250000 އެމެރިކާ ޑޮލަރު ރާއްޖޭގެ އިޤްތިޞާދަށް ކޮންމެ އަހަރަކު ލިބެއެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.