
ޖަޔާ ބައްޗަށް އަނެއްކާވެސް ސްކްރީނަށް!
ބިގް ބީ، އަމީތާބް ބައްޗަންގެ އަންހެނުން ޖަޔާ ބައްޗަށް އަނެއްކާ ވެސް ސްކްރީނުން ފެންނަން ތައްޔާރު ވެއްޖެ އެވެ.
އޭނާ އެންމެފަހުން ސްކްރީނުން ނުވަތަ ފިލްމަކުން ފެނުނީ ކަރީނާ ކަޕޫރު ޚާނާއި އަރުޖުން ކަޕޫރުގެ ”ކީ އެންޑް ކާ“ އިން 2016 ވަނަ އަހަރު އެވެ. އެއީ ވެސް ޚާއްސަ ފެނިލުމަކުން ނެވެ.
ޖަޔާ މިފަހަރު ފެންނާނީ އެންޑެމޯލް ޝައިން އިންޑިއާ ގްރޫޕްގެ ޑިޖިޓަލް ސީރީޒް ”ސަދް ބަހާރު“ އިން ކަމަށް ރިޕޯޓުތައް ބުނެ އެވެ.
މި ފިލްމުގެ ޝޫޓިންތައް މިދިޔަ ފެބްރުއަރީ މަހު ފެށުމަށް ފަހު، މެދުކަނޑާލީ އޭޕްރީލްމަހު އިންޑިއާގެ މަހާރަޝްތުރާ ސްޓޭޓްގައި ފުރަބަންދު އިޢުލާނުކުރުމުން ނެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުން ކޮވިޑާއި ގުޅިގެން ޝޫޓިންގ ތައް ކުރިއަށްގެންދާނީ ބަޔޯ ބަބްލުގައި 50 މީހުންގެ ޓީމަކާއެކުގަ އެވެ.
ޖަޔާ ބައްޗަށް އަމީތާބާއި ކައިވެނި ކުރީ 1973 ވަނަ އަހަރު އެެވެ.
ޖަޔާ ކުޅެފައިވާ ފިލްމުތަކުގެ ތެރޭގައި ”ކަބީ ޚުޝީ ކަބީ ޤަމް“ ، ”ކަލް ހޯ ނަ ހޯ“ ހިމެނެއެވެ.