އާމިރު ޚާންގެ ދެވަނަ ކައިވެނި ވެސް ނިމުމަކަށް، އެކަން ހާމަކުރީ 15 އަހަރު ފަހުން!
ބޮލީވުޑްގެ ކުޅަދާނަ އެކްޓަރު އާމިރު ޚާން ގެ ދެވަނަ ކައިވެނި ނިމުމަކަށް އައިތާ 15 އަހަރު ފަހުން އެކަން ހާމަކޮށްފި އެވެ.
އާމިރު ޚާން އާއި އޭނާގެ ކުރީގެ އަނބިމީހާ ކިރަން ރާއޯ ވަރިވެފައިވާކަން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ ވަކިވީ ދެމީހުންވެސް ބޭނުންވެގެން ކަމަށާއި ދަރިފުޅު އާޒާދު ބަލާނީ ކޯ-ޕްރޭންޓިންގެ އުސޫލުން ދެމީހުން ގުޅިގެން ކަމަށެވެ.
އެމީހުންގެ އިތުރަށް ބުނެފައިވަނީ ވޭތުވެދިޔަ 15 އަހަރު ދެމީހުން އެކުގައި ދިރިއުޅުމުގެ ތަޖުރިބާތަކެއް ކޮށް، އުފަލާއި ހިތްހަމަޖެހުން ތަޖުރިބާކޮށްފައިވަނީ ދެމީހުންގެ ގުޅުމުގައި ވާ އިތުބާރާއި އިހުތިރާމުކުރުމާއި ލޯބީގެ ސަބަބުން ކަމަށެވެ.
“ނަމަވެސް މިއަދު އަހަރުމެން ދެމީހުންވެސް ހަޔާތުގައި އައު ބާބެއް ފަށަން ބޭނުންވޭ. އެއީ ދެމަފިރިންގެ ގޮތުގައެއް ނޫން، އެހެނަސް ދެމީހުން ގުޅިގެން ދަރިފުޅު ބަލާގޮތަށް. އަހަރުމެން ވަކިވުމަށް ތަންކޮޅެއް ކުރިން ޕްލޭންކުރަން ފެށިން. މިއަދު އެކަން ރަސްމީކުރުމަށް އަހަރުމެންނަށް ފަސޭހަކަމުގެ އިހުސާސްކުރެވޭ. އެއީ ދެ ފަރާތުގެ މައިންބަފައިންގެވެސް ސަޕޯޓާއެކު ވަކިން ދިރިއުޅުމަށް. ނަމަވެސް އަހަރުމެން ތިބޭނީ ދަރިފުޅު އާޒާދަށްޓަކައި ޤުރުބާންވާން ތައްޔާރަށް ތިބޭ މައިންބަފައިންގެ ގޮތުގަ.” ބަޔާނުގައި ބުނެފައި ވެއެވެ.
މީގެ އިތުރުން ދެމީހުން އެކުގައި ފިލްމީ މަސައްކަތުގައި ވެސް އުޅޭނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.
2005 ވަނަ އަހަރުގެ ޑިސެމްބަރު މަހު އާމިރު ޚާން އާއި ކިރަން ރާއޯ ކައިވެނި ކުރުމަށް ފަހު، އެމީހުންނަަށް ފުރަތަމަ ދަރިފުޅު އާޒާދު ރާއޯ ޚާން ލިބުނީ ސަރޮގެސީއެއް ހަދައިގެން 2011 ވަނަ އަހަރު އެވެ.
އާމިރު ޚާން ކުރިން ވެސް ވަނީ ކައިވެންޏެއް ކޮށްފަ އެވެ. ރީނާ ދައްތާ އާއެކު ކޮށްފައިވާ އެ ކައިވެންޏަށް އައިރާ (އަންހެން) އާއި ޖުނައިދު (ފިރިހެން) ވަނީ ލިބިފަ އެވެ.
“ބޮލީވުޑްގެ ކުޅަދާނަ އެކްޓަރު އާމިރު ޚާން ގެ ދެވަނަ ކައިވެނި ނިމުމަކަށް އައިތާ 15 އަހަރު ފަހުން އެކަން ހާމަކޮށްފި ”
ނިމުމަކަށް އައިތާ 15 އަހަރުފަހުން އެކަން ހާމަކުރީތޯ ނޫނީ ކައިވެންޏަށް 15އަހަރުފަހުން ނިމުމަކަށް އައީތޯ