ފީވަކު ފުޓްބޯޅަ ދަނޑުގެ ސަބްބޭސް ތައްޔާރުކުރުމުގެ އަމަލީ މަސައްކަތް ފަށައިފި
ށ. ފީވަކު ފުޓްބޯޅަ ދަނޑުގެ ސަބްބޭސް ތައްޔާރުކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށައިފި އެވެ.
އެމްޓީސީސީން ބުނީ މި މަސައްކަތް ފަށާފައިވަނީ މި ޖުލައި މަހުގެ 7 ވީ ބުދަ ދުވަހު ކަމަށެވެ.
މި މަޝްރޫޢުގެ ދަށުން، 8400 އަކަ މީޓަރުގެ ސަރަޙައްދެއް ސާފުކޮށް، ފުޓްބޯޅަ ދަނޑުގެ 2940 ކިއުބިކް މީޓަރުގެ ސަރަޙައްދެއް ކޮނުމަށް ވަނީ ނިންމާފަ އެވެ.
މީގެ އިތުރުން ބިންގަނޑު އެއްވަރުކުރަން 4511.70 ކިއުބިކް މީޓަރުގެ ވެލި ބޭނުންކުރުމާއި، 460.29 އަކަ މީޓަރުގެ ސަރަޙައްދެއްގައި ކާނުގަނޑު ވަށައިގެން ޕޭވްމަންޓް ހެދުމާއި، ކާނު ގަނޑަކާއި ފެންހިންދާ ވަޅުގަނޑެއް ކޮނުމުގެ މަސައްކަތް ހިމެނޭ ކަމަށް އެ ކުންފުނިން ބުނެ އެވެ.
މިއީ 2.6 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.