ވީއައިއޭ އަށް ފުރަން ދިޔަ ޓޫރިސްޓެއްގެ ދަބަހުން ވަޒަންތަކެއް ފެނިއްޖެ
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު (ވީއައިއޭ) އަށް ފުރަން ދިޔަ ޓޫރިސްޓެއްގެ ދަބަހުން ވަޒަންތަކެއް ފެނިއްޖެ އެވެ.
ފުލުހުން ބުނީ މި މައްސަލައިގެ ރިޕޯޓު ކޮށްފައިވަނީ މިއަދު 9:52 ގައި ކަމަށެވެ. ވަޒަންތައް ފެނިފައިވަނީ އެމީހާ ގެންގުޅުނު ދަބަހުގެ ތެރެއިންނެވެ.
ވަޒަންތައް ފެނިފައިވަނީ އުމުރުން 60 އަހަރުގެ ނަމީބިއާ ފިރިހެނެއްގެ އަތުން ނެވެ.
ފުލުހުން ބުނީ މި މައްސަލައިގާ އެ މީހާ އާ ސުވާލު ކުރަމުން އަންނަކަމަށެވެ. އިތުރު ތަފްސީލެއް ހާމައެއް ނުކުރެ އެވެ.