ޗިލީގައި އަމާޒު ކުރި ވަރަށް ވެކްސިން ޖަހާ އާބާދީއަށް ކޯވިވް ވެކްސިންގެ 2 ޑޯޒުދީ ނިންމައިފި
ޗިލީގެ ކޯވިޑް-19 ވެކްސިން ދޭން ކަނޑައަޅާފައިވާ އާބާދީގެ 73 ޕަސެންޓު މީހުން ވެކްސިން ފުރިހަމަ ކޮށްފި އެވެ.
އެ ގައުމުގެ ހެލްތް މިނިސްޓްރީން ބުނީ ކޯވިޑް ވެކްސިން 11 މިލިއަން މީހުންނަށް ދީ ނިންމާފައިވާ ކަމަށެވެ. އެމީހުންނަށް ވެކްސިން ދިނުމަށް 23.5 މިލިއަން ވެކްސިން ޑޯޒު ބޭނުންކޮށްފައިވެ އެވެ.
އެގައުމުގައި ކޯވިޑް ވެކްސިން ޖެހި މީހުންގެ ތެރެއިން 52.3 ޕަސެންޓަކީ އަންހެނުންނެވެ. ވެކްސިން ޖެހި ފިރިހެނުންގެ ޕަސެންޓޭޖަކީ 47.6 އެވެ.
ޗިލީގެ އަމާޒަކީ ގައުމުގެ އާބާދީގެ 80 ޕަސެންޓަށް ކޯވިޑް-19 ވެކްސިން ދިނުމެވެ. ނުވަތަ 15 މިލިއަން މީހުންނަށް ވެކްސިން ދިނުމެވެ.
ޗިލީން ޓާގެޓު ހާސިލް ކުރި އިރު މިހާރު ބައެއް ސައިންސްވެރިން ދަނީ ކޯވިޑް-19 އިން ރައްކާތެރިވުމަށް ވެކްސިންގެ ތިން ވަނަ ޑޯޒެއް ޖެހުމަށް ލަފާ ދެމުންނެވެ. މިކަމާއި ގުޅިގެން ޗިލީން ދެން ހަދާނެ ގޮތަކާއި މެދު އަދި ގޮތެއް ނުނިންމަ އެވެ.