ކޮވިޑު ހާލަތަށް ނުބަލައި، އީދާއި ދިމާކޮށް ބަންގްލަދޭޝް އެއްކޮށް ހުޅުވާލަނީ
ބަަންގްލަދޭޝްގައި ކޮވިޑުގެ ހާލަތު ގޯސްވެގެން އިއުލާނުކޮށްފައިވާ ލޮކްޑައުންގެ ހާލަތު ނިމުމަކަށް ގެންނަން ނިންމައިފި އެވެ.
ބަނަގްލަދޭޝް ސަރުކާޜުން ބުނީ ކުރިޔަށް އޮތް އަލްހާ އީދާއި ދިމާކޮށް ހުރިހާ ހިސާބެއްގައި އިއުލާނުކޮށްފައިވާ ލޮކްޑައުން އުވާލާނެ ކަމަށެވެ. ލޮކްޑައުންގެ ހާލަތު ނިމުމަކަށް ގެނައުމަށް ނިންމާފައިވަނީ އަންނަ ބުރާސްފަތި ދުވަހުން ފެށިގެންނެވެ.
އެގައުމުގެ ސަރުކާރުން ބުނީ ލޮކްޑައުން އުވާލުމުން އީދު ފާހަގަ ކުރަން ރައްޔިތުންނަށް ފުރުސަތު ލިބުމުގެ އިތުރުން އިގްތިސާދަށް ކޮންމެސް ވަރެއްގެ ހަމަޖެހުމެއް އަންނަން ފަށާނެ ކަމަށެވެ.
169 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ބަންގްލަދޭޝްގައި އަލްހާ އީދަކީ އެ ގައުމުގައި ފާހަގަ ކުރާ ދެވަނައަށް އެންމެ ވަރުގަދަ އީދެވެ. ކޮންމެ އަހަރަކު އެތައް މިލިއަން މީހުންނަށް އަލްހާ އީދު އަމިއްލަ އާއިލާ އާއި އެކު ފާހަގަ ކުރުމަށް އަވަށްތަކާއި ސިޓީތަކަށް ދަތުރު ކުރެ އެވެ.
ކޮޑުގެ ހާލަތު ގޯސްވެ ބަންގްލަދޭޝް ލޮކްޑައުން ކުރީ މިދިޔަ މަހު މެދުތެރޭގައި އެވެ. އެއީ ކޮވިޑުގައި މަރުވާ މަރުވާ މީހުން އިތުރުވާން ފެށުމުންނެވެ،