ޕްރިޔަންކާގެ އުފަންދުވަސް ސުނީ ކުލަގަދަކޮށް ރާއްޖޭގައި ފާހަގަ ކުރަނީ

ބޮލީވުޑް އަދި ހޮލީވުޑްގެ އެކްޓްރެސް ޕްރިޔަންކާ ޗޯޕްރާއަށް މިއަދު 39 އަހަރު ފުރިއްޖެ އެވެ.

ޕްރިޔަންކާގެ އުފަންދުވަސް ފާހަގަ ކުރުމަށް ރާއްޖޭގައި ހުންނަ އޭނާގެ އެންމެ ވަރުގަދަ ސަޕޯޓަރު އަދި ދިވެހި ފިލްމް އެކްޓްރެސް ސުނީތާ އަލީ ދަނީ ހާއްސަ ކަންތައްތަކެއް ކުރަމުންނެވެ.

އިޝްތިހާރު Heyobas Ruqya Course Ad square

ޕްރިޔަންކާގެ އުފަންދުވަހުގެ ތަހުނިޔާ ކިޔައި ސުނީ ކޮށްފައިވާ ޓުވިޓާ ޕޯސްޓުގައި ބުނެފައިވަނީ ޕްރިޔަންކާ އަކީ އެންމެ ހުނަރުވެރި ކުޅަދާނަ އެދި އެންމެ ބުރަ މަސައްކަތް ކުރާ ފަންނާނު ކަމަށެވެ. އަދި އޭނާގެ އުފަންދުވަހު ސުނީ އެދެނީ ޕްރިޔަންކާއަށް އުފާވެރި ދުވަސްތަކެއް ކުރިޔަށް ލިބުން ކަމަށް ބުނެފައިވެ އެވެ.

ޕްރިޔަންކާގެ އުފަންދުވަސް ފާހަގަ ކުރަން ސުނީ ވަނީ ޗޮކުލެޓު ކޭކެއް ފަޅާފައި އެވެ. އަދި ސުނީ އާއި ޕީސީގެ ފުރަތަމަ ބައްދަލުވުމުގައި ނަގާފައިވާ ފޮޓޯތައް ހިއްސާ ކޮށްފައިވެ އެވެ.

މީގެ އިތުރުން ސުނީ ވަނީ ޕްރިޔަންކާގެ އުފަން ދުވަހަށް ހާއްސަކޮށް ވީޑިއޯ ކްލިޕްތަކެއް އާންމުކޮށްފައި އެވެ. އެ ވީޑިއޯ ކްލިޕްތަކަކީ ޕްރިޔަންކާ އެކްޓުކޮށްފައިވާ ހިންދީ ފިލްމުތަކުގެ ލަވަތަކަށް ސުނީ ދިވެހި އެހެން ތަރިންނާއި އެކު އެކްޓުކޮށްފައިވާ ވީޑިއޯތަކެކެވެ.

މިއަދު ސުނީގެ ޓުވިޓާގައި މުޅިންވެސް ހުރީ ޕްރިންކާގެ އުފަންދުވަހަށް ހާއްސަކޮށް އޭނާކޮށްފައިވާ ޓުވީޓުތަކެވެ. އެ ޓުވީޓުތަކަކީ ޕްރިޔަންކާ ބަލައިގެންނާނެ ކަންކަމެވެ. އެއީ ސުނީ އަކީ އޭނާގެ ރަސްމީ ސަޕޯޓަރުންގެ ތެރޭގައި ހިމެނޭ ސަޕޯޓަރަކަށް ވާތީ އެވެ.

ސުނީ ޕްރިޔަންކާގެ އުފަން ދުވަސް ފާހަގަ ކުރަމުންދާއިރު ސުނީގެ އުފަން ދުވަހުގެ ތަހުނިޔާ ޕްރިޔަންކާވެސް ސޯޝަލް މީޑިއާ މެދުވެރިކޮށް ފޮނުވާފައިވެ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލުތައް: 2 ޚިޔާލު ލިބިފައިވޭ

ޚިޔާލު ފާޅުކުރައްވާ


ޚިޔާލުތައް:

ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.