ކުރީގެ މިނިސްޓަރ މަލީހު އަދި މަޖިލީހުގެ ކުރީގެ 2 މެމްބަރުން ޕީޕީއެމް އާ ގުޅިއްޖެ

ކުރީގެ މިނިސްޓަރ މަލީހު އަދި މަޖިލިސްގެ ކުރީގެ 2 މެމްބަރުން ޕީޕީއެމް އާ ގުޅިއްޖެ އެވެ.

އެގޮތުން ޕީޕީއެމް އާ ގުޅިފައިވަނީ މި ސަރުކާރުގައި ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރުކަން ކުރައްވާފައިވާ މުހައްމަދު މަލީހް ޖަމާލް އާއި ތުލުސްދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ވަހީދު އިބްރާހީމް (ލޯޔަރު ވައްޑޭ) އާއި ހެންވޭރު ދެކުނު ދާއިރާގެ ކުރީގެ މެންބަރު އަހްމަދު އަބްދުލްކަރީމް (ރުކުމާ) އެވެ.

އިޝްތިހާރު full width ad 1200 x 150

ޕީޕީއެމް އިންބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި ތިން ބޭފުޅުންގެ މެންބަރޝިޕްގެ ފޯމް ހަވާލުވެވަޑައިގަތީ ޕީޕީއެމް / ޕީއެންސީ ކޯލިޝަން ހިންގުމާ ހަވާލުވެވަޑައިގެން ހުންނެވި އަބްދުއްރަހީމް އަބްދުﷲ އެވެ.

މަލީހް ވިދާޅުވީ އޭނާ އަލުން ޕީޕީއެމްއަށް ސޮއި ކުރެއްވީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ރައީސް އަބްދުﷲ ޔާމީނަށް ކާމިޔާބު ކޮށްދިނުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރެއްވުމަށްޓަކައި ކަމަށެވެ.

މީގެ އިތުރުން ރައީސް ޔާމީން ވަގުތުން މިނިވަންކޮށް އެމަނިކުފާނަށް ރިޔާސީ އިންތިޚާބުގައި ވާދަ ކުރެވޭނެ ގޮތް ހަމަޖައްސައި ދިނުމަށް ސަރުކާރަށް މަލީހު ވަނީ ސަރުކާރަށް ގޮވާލައްވާފަ އެވެ.

ޖުމްހޫރީ ޕާޓީގެ މެންބަރެއްގެ ގޮތުގައި ހުންނަވައިގެން ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު ކަމާ ހަވާލުވެވަޑައިގެންނެވި މަލީހް އޭގެ ކުރިން ހުންނެވީ ވެސް ޕީޕީއެމްގެ މެންބަރެއްގެ ގޮތުގަ އެވެ.

ޕީޕީއެމް މެންބަރެއްގެ ގޮތުގައި ހުންނެވި އިރު ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވެސް މަލީހު ވަނީ ޔޫތު މިނިސްޓަރުގެ މަގާމުގަ އަދާކުރައްވާފަ އެވެ.

މާލޭ ސިޓީގައި އެމްޑީޕީގެ ކައުންސިލަރެއްގެ ގޮތުގައި ކުރިން މަސައްކަތް ކުރައްވާފައިވާ މިތިން ބޭފުޅުންގެ ތެރެއިން އަހްމަދު އަބްދުލްކަރީމް މިހާތަނަށް ހުންނެވީ އެމްޑީޕީގެ މެންބަރެއްގެ ގޮތުގައެވެ.

Wadde PPM

ލޯޔަރު ވައްޑޭ މިހާތަނަށް ހުންނެވީ ޖުމްހޫރީ ޕާޓީގަ އެވެ. އެކަމަކު ޖޭޕީ އަށް ސޮއި ކުރެއްވުމުގެ ކުރިން ވައްޑޭ ހުންނެވީ ޕީޕީއެމް ގަ އެވެ.

Rukuma PPM

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.