ރައީސް ނަޝީދު އަދި އެމްޑީޕީގެ ޗެއަރޕަރސަން އެމްޑީޕީން ވަކިކުރުމަށް އެމްޑީޕީގެ ވޭމަންޑޫ ގޮފިން ގޮވާލައިފި
ރައީސް ނަޝީދު އަދި އެމްޑީޕީގެ ޗެއަރޕަރސަން އެ ޕާޓީން ވަކިކުރުމަށް އެމްޑީޕީގެ ވޭމަންޑޫ ގޮފިން ގޮވާލައިފި އެވެ.
އެ ޕާޓީން މީގެ ކުރިން ރީކޯ މޫސައާއި އަލްހާނު ފަހުމީ ވަކި ކުރި އުސޫލުން ރައީސް ނަޝީދާއި ޗެއަރޕަރސަން ހަސަން ލަތީފު ވަކި ކުރުމަށް އެ ގޮފިން ވަނީ ބުނެފަ އެވެ. އަދި އިދިކޮޅު ޕީޕީއެމް އާ ގުޅިގެން ސަރުކަރާ ދެކޮޅަށް ކޯލިޝަން ހަދަން ރައީސް ނަޝީދާއި ހަސަން ލަތީފް ގޮވާލައްވާފައިވާ ކަމަށްވެސް ވޭމަންޑޫ އެމްޑީޕީ ގޮފިން ބުނެފައި ވެއެވެ.
ވޭމަންޑޫ އެމްޑީޕީ ގޮފިން ބުނީ އަސާސީ ގަވާއިދުގައިވާ ގޮތުން އެމްޑީޕީގެ އެންމެ އިސް ލީޑަރަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ކަމަށެވެ.
ދެވަނަ ދައުރެއް ރައީސް ސޯލިހު ބޭނުންފުޅުވާނަމަ ވެސް އަސާސީ ގަވާއިދުގައިވާ ގޮތުގެ މަތިން ޕްރައިމަރީއަކާ ނުލައި މީގެ ކުރިން ވެސް ނަޝީދަށް 2013 ގެ ޓިކެޓް ދިން ފަދައިން 2023 ގެ ޓިކެޓް ދޭންޖެހޭ ކަމަށް ވެސް އެ ގޮފިން ވަނީ ބުނެފަ އެވެ.
އެމްޑީޕީ ވޭމަންޑޫ ގޮފިން މިހެން ބުނެފައި މިވަނީ، ސަރުކާރަށް ތާއީދު ނުކުރައްވާކަމަށް ވިދާޅުވެ، ރައީސް ނަޝީދު ސްޓޭޓްމަންޓެއް ނެރުއްވާފައި ވަނިކޮށެވެ.
އެ ސްޓޭޓްމަންޓްގައި ރައީސް ސޯލިހަށް ފާޑުވިދާޅުވެ ރައީސް ނަޝީދު ވިދާޅުވެފައި ވަނީ ސަރުކާރުގެ ކޯލިޝަނުގައި ހިމެނޭ އަދާލަތު ޕާޓީއަކީ ހަރުކަށި ފިކުރުގެ ބައެއް ކަމަށާއި ސަރުކާރަށް ވެސް ނުފޫޒު ފޯރުވަނީ އަދާލަތު ޕާޓީން ކަމަށެވެ.
ވޭމަންޑޫ ގޮފި އެކަނި އެހެން ބުންޏަކަސް އެކަމެއް ނުވާނެ ހުވަފެނެއް ފެނިގެން އެއުޅުއްވަނީ. ވ ސަޅާން