ރާއްޖެއިން އިތުރު 144 މީހުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
ރާއްޖެއިން އިތުރު 144 މީހުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ އެވެ.
އެގޮތުން މިއަދު ޕޮޒިޓިވް ވެފައިވަނީ މާލެ ސަރަހައްދުން 36 މީހުންނާއި އަތޮޅުތަކުން 72 މީހުންނާއި ރިސޯޓުތަކުން 36 މީހުން ނެވެ.
މިއަދުގެ ކޭސްތަކާއެކު ރާއްޖެއިން މިވަނީ 76،332 މީހުންނަށް ކޮވިޑު ޖެހިފަ އެވެ. އަދި 73،531 މީހުން ވަނީ މި ބައްޔަށް ފަރުވާކޮށް ފަސޭހަ ވެފަ އެވެ.
ރާއްޖޭގައި ހޮސްޕިޓަލުގައި އެނދުމަތިކޮށްގެން ފަރުވާ ދެމުން އަންނަނީ 12 މީހުންނަށެވެ. އަދި ރާއްޖޭގައި އެކްޓިވް ކޭސްގެ ޢަދަދަކީ 2،571 އެވެ.
ފާއިތުވި 24 ގަޑި އިރު، ނަގާފައިވަނީ 6،138 ސާމްޕަލެވެ.
ރާއްޖެއިން ކޮވިޑު ބަލީގައި މިހައތަނަށް ނިޔާވެފައިވަނީ 218 މީހުން ނެވެ.
✳️ COVID-19 : Case Updates pic.twitter.com/NaoRjv1uYH
— Health Protection Agency (@HPA_MV) July 21, 2021