ޗައިނާއަށް ކުރަމުންދާ ވިއްސާރައިގަ ހެނާން ޕްރޮވިންސްގެ ބޮޑުބައި ފެނު އަޑީގައި
ޗައިނާގެ ހެނާން ޕްރޮވިންސްގެ މެދުތެރޭ ސަރަހައްދުތަކަށް މިހާޜު ކުރަމުންދާާ ވިއްސާރައިގަ މަގުތަކުގަ ފެން ބޮޑުވެ ޕްރޮވިންސްގެ ބޮޑު ބައި ހުއްޓުމަކަށް އަތުވެއްޖެ އެވެ.
ބައިނަލްއަގުވާމީ މީޑިއާގައި އާންމުކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި ބޯކޮށް ވާރޭވެހި ހެނާން ޕްރޮވެންސްގެ މެދުތެރޭ ސަރަހައްދުގައި ވަނީ ކަރާއި ހިސަބަށް ފެން ބޮޑުވެފައި އެވެ. އެ ޕްރޮވިންސްގެ ކަމާ ބެހޭ ފަރާތްތަކުން ބުނީ މިހާ ބޯކޮށް ވާރޭވެހި ފެންބޮޑުވުމަކީ ފަހުގެ ތާރީހެއްގައި ވަރަށް ނުވާ ކަމެއް ކަމަށެވެ.
ރިޕޯޓުތައް ބުނާގޮތުގައި މިދިޔަ ތިން ދުވަސް ތެރޭގައި އާންމުކޮށް އަހަރެއްގެ ތެރޭގައި ވެހޭ ވަރަށް އެ ޕްރޮވިންސްގެ ބައެއް ހިސާބުތަކަށް ވަނީ ވާރޭވެހިފައި އެވެ.
ފެންބޮޑުވުމުގެ ސަބަބުން މިހާތަނަށް25 މީހުން މަރުވެފައިވެ އެވެ. މަރުވި މީހުންގެ ތެރެއިން ބައެއް މީހުން މަރުވެފައިވަނީ ގޭގޭތެރޭގައި ތަށީވެ ނުކުމެވޭނެގޮތެއް ނެތިފައި ތިއްބަ ގެތައް ވެއްޓިގެން ކަމަށްވެ އެވެ.
އެ ޕްރޮވިންސަށް ކުރަމުންދާ ވިއްސާރައިގަ ހާލުގައި ޖެހިފައިވާ ދެ ލައްކައަށްވުރެ ގިނަ މީހުން ވަނީ އެމީހުން ދިރިއުޅެމުންދިޔަ ގެތަކުން ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައި އެވެ.
ސޯޝަލް މީޑިއާގައި ވަނީ ބަޔަކު ފެނުން ސަލާމަތްވާން ވެހިކަލެއްގައި ތިބޭ ފޮޓޯތަކެއް އާންމުވެފައި އެވެ. އެ ފޮޓޯތަކުގައި އެމީހުން ވެހިކަލް ތެރޭގައި ތިބި އިރު ކަރާއި ހިސާބަށް ފެންގަޑު އަރައެވެ.
ހެނާން ޕްރޮވިންސްއަކީ10 މިލިއަނަށްވުރެ ގިނަ މީހުންގެ އާބާދީއެއް އޮންނަ ތަނެކެވެ ވިއްސާރަ އާއި ގުޅިގެން އާންމު ދަތުރުފަތުރު ހުއްޓި ބިމު އަޑީގެ ރެއިލް ދަތުރުތަކުގެ އިތުރުން ސިއްހީ ހިދުމަތާއި އާންމުންގެ ދިރިއުޅުން އެއްކޮށް ވަނީ ހުއްޓިފައި އެވެ.