އޮރިޔާން ފިލްމު އުފެއްދުމުގައި ބައިވެރިއެއް ނުވަން، ފިރިމީހާވެސް އެފަދަ ކަމެއް ނުކުރޭ: ޝިލްޕާ

ބޮލީވުޑްގެ އެކްޓްރެސް ޝިލްޕާ ޝެޓީގެ ފިރިމީހާ ރާޖް ކުންދްރާ އޮރިޔާން ފިލްމު އުފައްދާ ކަމަށް ބުނާ ވާހަކަ އޭނާ ދޮގުކޮށްފި އެވެ.

އެ މަސައްކަތް ކުރާކަމުގެ ތުހުމަތުގައި ރާޖް ވަނީ މިމަހުގެ 19 ވަނަ ދުވަހު އިންޑިއާގެ މުމްބާއީ ފުލުހުން ހައްޔަރުކޮށްފައި އެވެ. އަދި މިމަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް ޖަލު ބަންދުގެ މުއްދަތު ވަނީ އިތުރު ކޮށްފައި އެވެ.

އިޝްތިހާރު Below Header ad

އެ މައްސަލައިގަ އޮރިޔާން ފިލްމު އުފެއްދުމުގައި ޝިލްޕާ ބައިވެރިވާ ކަމަށް ބުނެ ގިނަ ބަޔަކު ތުހުމަތު ކުރި ނަމަވެސް އޭނާ އެކަމަށް ޖަވާބުދާރީވެފައެއް ނުވެ އެވެ. ރިޕޯޓުތައް ބުނާގޮތުގައި ފިރިމީހާ އޮރިޔާން ފިލްމު އުފައްދާ މައްސަލައިގަ އިއްޔެ ފުލުހުން ވަނީ އޭނާގެ ބަޔާން ނަގާފަ އެވެ.

ފުލުހުން ބުނީ ޝިލްޕާގެ ބަޔާނުގައި އޮރިޔާން ފިލްމުގެ މަންޒަރުތައް އަޕްލޯޑު ކުރާ މޮބައިލް އެޕްލިކޭޝަން އާއި އޭނާ އާއި އެއްވެސް ގުޅުމެއް ނެތް ކަމަށެވެ. އަދި ރާޖްއަކީވެސް އޮރިޔާން ފިލްމު އުފައްދާ މީހެއް ނޫން ކަމަށް ބުނެފައިވެ އެވެ.

ޝިލްޕާ ބުނީ ރާޖް ކުރާ ކަމަކީ އެފަދަ ފިލްމުތައް އުފެއްދުން ނޫން ކަމަށާއި އޭނާ ކުރާ މަސައްކަތަކީ އެފަދަ ކަންކަން ދަސްކޮށްދިނުން ކަމަށެވެ. ފުލުހުން ބުނީ ޝިލްޕާ ގަބޫލު ކުރާ ގޮތުގައި އެއީ އޮރިޔާން ފިލްމު އުފެއްދުމާއި ވަރަށް ތަފާތު ކަމެއް ކަމަށެވެ.

މި މައްސަލަ ފެންމަތިވުމާއި އެކު ޝިލްޕާ ވަނީ އޭނާ ޖަޖުކަން ކުރާ ސޮނީ ޓީވީން ދައްކާ “ސުޕާ ޑާންސް4” އިން ވަގުތީ ގޮތުން ވަކިވެފައި އެވެ. އަދި އޭނާ ޑައިރެކްޓަރެއްގެ ވަޒިފާ އަދާ ކުރާ ފިރިމީހާގެ ކުންފުނި ރާޖްސް ވިއާން އިންޑަސްޓްރީސް އިންވެސް އިސްތިއުފާ ދީފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ރާޖް އާއި އެކު އޮރިޔާން ފިލްމު އުފެއްދުމުގައި ބައިވެރިވި ކަމުގެ ތުހުމަތުގައި 11 މީހަކު ހައްޔަރުކޮށްފައިވެ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.