ހޫތީން ޑްރޯން ބޭނުންކޮށްގެން ސައުދީއަށް ހަމަލާތަކެއް ދޭން އަނެއްކާވެސް މަސައްކަތް ކޮށްފި

ޔަމަނުގައި ބާރު ގަދަކޮށްގެން އުޅޭ ހޫތީންގެ ޑްރޯން ހަމަލާތަކެއް އަނެއްކާވެސް ސައުދީ އަރަބިއްޔާއަށް އަމާޒުކޮށްފި އެވެ.

އެ ހަމަލާތައް ދޭން މަސައްކަތް ކޮށްފައިވަނީ އިއްޔެ އެވެ. ރިޕޯޓުތައް ބުނާގޮތުގައި އިއްޔެ ހޫތީން މަސައްކަތް ކޮށްފައިވަނީ ހަތަރު ޑްރޯން ހަމަލާއެއް ސައުދީގެ ދެކުނުގެ ސަރަހައްދަށް ދޭށެވެ.

އިޝްތިހާރު full width ad 1200 x 150

އެކަމަކު އަރަބި ކޯލިޝަނުން ވަނީ އެ ހަމަލާތައް ނާކާމިޔާބުކޮށްލާފަ އެވެ. އަރަބި ލީގުން ބުނީ ހޫތީން ހަމަލާތަކާއި ގުޅިގެން އެ ސަރަހައްދުގައި ދިރިއުޅޭ އާންމުންގެ ސަލާމަތާއި ރައްކާތެރިކަން އިތުރަށް ކަށަވަރު ކުރަމުންދާ ކަމަށެވެ.

މިފަހަކަށް އައިސް ޑްރޯން ބޭނުން ކޮށްގެން ސައުދީއަށް ހަމަލާދޭން މަސައްކަތް ކުރުމަކީ ހޫތީން އާންމުކޮށް ކުރާ ކަމެކެވެ. އެކަމަކު މީގެ ތެރެއިން ގިނަ ހަމަލާތައް ނާކާމިޔާބު ކޮށްލައި ޑްރޯންތައް ވައިގެ ތެރެއަށް ސައުދީ އަސްކަރިއްޔާއިން ދަނީ ގޮއްވާލަމުންވެ.

ހޫތީންގެ ހަމަލާތަށް ސައުދީއަށް އަމާޒުވާން ފެށީ އެ ޖަމާއަތާއި ދެކޮޅަށް ޔަމަނު ސަރުކަރާއި ގުޅިގެން އަރަބި ކޯލިޝަނުން ހަމަލާ ދޭން ފެށުމުންނެވެ. ސައުދީ އިސްވެ އޮވޮ އުފައްދާފައިވާ އަރަބި ކޯލިޝަނުން ހޫތީންނާއި ދެކޮޅަށް ހަމަލާ ދޭން ފެށީ 2015 ވަނަ އަހަރު އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.