އިންޑިއާގައި 12 އަހަރުން މަތީގެ ކުދިންނަށް ކޮވިޑު ވެކްސިން ދޭން ފެށުން އަވަސްކޮށްފި

އިންޑިއާގައި ކުޑަކުދިންނަށް ކޮވިޑް-19 ވެކްސިން ދޭން ފަށަން ނިންމާފައިވާ ތާރީހު އަވަސް ކޮށްފި އެވެ.

މައި ސަރުކާރުގެ ހެލްތް މިނިސްޓަރު މަންސުކް މަންދަވިޔާ މިއަދު ވިދާޅުވީ ކުޑަކުދިންނަށް ވެކްސިން ދޭން ފެށުން އަންނަ މަހު ފެށޭވަރު ވާނެ އެވެ. އަދި މަސައްކަތް ކުރަމުންދަނީ ވީހާވެސް އަވަހަކަށް އަންނަ މަހުގެ ތެރޭގައި ވެކްސިން ދޭން ފަށަން ކަމަށް ވިދާޅުވެފައިވެ އެވެ.

އިޝްތިހާރު full width ad 1200 x 150

އިންޑިއާއިން ކުރިން ނިންމާފައި އޮތީ ސެޕްޓެމްބަރު މަހުގެ ތެރޭގައި ކުޑަކުދިންނަށް ކޮވިޑު ވެކްސިން ދޭން ފަށާށެވެ. ކުޑަކުދިންގެ ތެރެއިން ވެކްސިން ޖަހާނީ 18-12 އަހަރާއި ދެމެދުގެ އުމުރުފުރާގެ ކުދިންނަށެވެ.

އިންޑިއާގެ ސިއްހީ ތަޖުރިބާކާރުން ބުނީ ކުޑަކުދިންނަށް ވެކްސިން ޖަހަން ފެށުމަކީ އިންޑިއާގައި ވީހާވެސް އަވަހަކަށް ކުރަން ފަށަން ޖެހޭ ކަމެއް ކަމަށެވެ. އަދި އެ ގައުމުގެ ސަރުކާރުގެ މި ނިންމުމާއި އެކު ކުދަކުދިންނަށް ވެކްސިން ދޭން ފެށުމުން ކޮވިޑް މިހާރު ފެތުރޭވަރު ކޮންމެސް ވަރަކަށް ދަށް ކުރެވޭނެ ކަމަށެވެ.

ބައެއް މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި އެ ގައުމުގައި ކުޑަކުދިންނަށް ދޭން ނިންމާފައިވަނީ ފައިޒާ ވެކްސިންއެވެ.

އިންޑިއާގައި މިހާތަނަށް ކޮވިޑް ވެކްސިންގެ 441 މިލިއަން ޑޯޒު މީހުންނަށް ޖަހާފައިވެ އެވެ. އިންޑިއާ ސަރުކާރުގެ އަމާޒަކީ މިއަހަރު ނިމެންވާއިރަށް އެ ގައުމުގައި ވެކްސިން ޖަހާ އާބާދީއަށް ކޮވިޑް ވެކްސިން ދީ ނިންމުމެވެ.

އިންޑިއާގައި ކޮވިޑު ފެތުރެމުންދާ ހަލުވި މިނާއި ކޮންމެ ދުވަހަކު ބަލިޖެހޭ މީހުންގެ އަދަދަށް ބަލާއި ދުވާލަކު ވެކްސިންގެ 10 މިލިއަން ޑޯޒު ޖަހައިގެން ނޫނީ ބަލި ކޮންޓްްރޯލް ނުކުރެވޭނެ ކަމަށް ތަޖުރިބާކާރުން ބުނެ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.