އަފްގާން ސިފައިންނާއި ތޯލިބާނުންގެ ހަނގުރާމައިގަ ކަންދަހާރުގެ 11،000 އާއިލާ ރެފިއުޖީންނަށް
އަފްގާނިސްތާނުގައި އެގައުމުގެ ސަރުކާރާއި ތޯލިބާނުންނާއި ދެމެދު ހިންގަމުންދާ ހަމަނުޖެހުންތަކާއި ގުޅިގެން އެތައް ހާސް ބަޔަކު ރެފިއުޖީންނަށް ވަމުންދާ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.
އެންމެ ބޮޑަށް ހަމަނުޖެހުން ހިންގަމުން ދަނީ އަފްގާނިސްތާނަށް މުހިންމު ޕްރޮވިންސެއް ކަމަށްވާ ޕާކިސްތާން ބޯޑަރު ގުޅޭ ކަންދަހާރު ޕްރޮވިންސްގައި އެވެ. ރިޕޯޓުތައް ބުނާގޮތުގައި އެ ޕްރޮވިންސްގައި ހަމަލާތައް ބަދަލު ކުރަމުންދާ ސަރަހައްދުތަކުގައި ދިރިއުޅެމުންދިޔަ 11،000 އަށްވުރެ ގިނަ އާއިލާތައް ވަނީ ދިރިއުޅުނު ގެދޮރު ދޫކޮށް ގޮސްފައި އެވެ.
އަފްގާން ސަރުކާރުން ވަނީ އެމީހުންނަށް ހާއްސަކޮށް ރެފިއުޖީ ކޭމްޕުތަކެއް ހަދާ ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފަ އެވެ. އެ މީހުންނަކީ މިދިޔަ15 ވަރަކަށް ދުވަސް ތެރޭގައި ހަނގުރާމަވެރި ސަރަހައްދުތައް ދޫކޮށް ދިޔަ މީހުންނެވެ.
އަފްގާން ސަރުކާރުން ދަނީ ރެފިއުޖީ ކޭމްޕުތަކުގައި ތިބި މީހުންނަށް ކާބޯތަކެއްޗާއި ސިއްހީ ފަރުވާ ހިލޭ ފޯރުކޮށްދެމުންނެވެ. މީގެ ތެރެއިން ބައިން އާއިލާތަކުން ވަނީ ރެފިއުޖީ ކޭމްޕާއި ހިސާބަށް އެ އާއިލާތައް ފޯރާފައިވަނީ ދެފަރާތުން ބަދަލު ކުރަމުންދާ ހަމަލާތަކުގެ ސަބަބުން އެ މީހުންނަށް ކާއެއްޗެއް ނުލިބޭތާ ތިން ދުވަސް ފަހުން ކަމަށެވެ.
އެމެރިކާ ސިފައިން އެގައުމުން ފައިބަން ފެށުމާއި އެކު ތޯލިބާނުން ވަނީ އަފްގާންގެ ބިންތައް އެމީހުންގެ ބާރުގެ ދަށަށް ގެންދަމުންނެވެ. އެގޮތުން މިހާރު 85 ޕަސެންޓަށްވުރެ ބޮޑު ސަރަހައްދެއް ތޯލިބާނުންގެ ބާރުގެ ދަށަށް ގެންގޮސްފައިވާއިރު އެމީހުންގެ މިހާރުގެ އަމާޒު ހުރީ ވެރިރަށް ކާބުލް އާއި ތަރައްގީވެފައިވާ ސިޓީތަކާއި ޕްރޮވިންސްތަކަށެވެ.
ރިޕޯޓުތައް ބުނާގޮތުގައި އެމެރިކާ ސިފައިން އަފްގާނުން ފައިބަން ފެށުމާއި އެކު 10،000 އަށްވުރެ ގިނަ ތޯލިބާން ޖަމާއަތުގެ މީހުން ވަނީ ޕާކިސްތާނު ބޯޑަރު ސަރަހައްދުން އަފްގާނިސްތާނަށް ވަދެ އެގައުމުގެ އަސްކަރިއްޔާ އާއި ދެކޮޅަށް ހަނގުރާމަ ކުރަން ފަށާފައި އެވެ.
މި ހަނގުރާމައިގަ ބައިވެރިވެ އެމެރިކާ ސިފައިން މިހާރު ވަނީ ތާލިބާނުންނާއި ދެކޮޅަށް ވައިގެން މަގުން ހަމަލާދޭން ފަށާފައި އެވެ.