3 ރަށެއްގެ ބައި-އިލެކްޝަންގައި ކުރިމަތިލުމުގެ ފުރުސަތު އަންނަމަހުގެ 14 ގެ ނިޔަލަށް ހުޅުވާލައިފި

އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ 3 ރަށެއްގެ ބައި-އިލެކްޝަންގައި ކުރިމަތިލުމުގެ ފުރުސަތު ވަނީ އަންނަ މަހުގެ 14 އޮގަސްޓު ނިޔަލަށް ހުޅުވާލައިފި އެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނީ ސެޕްޓެމްބަރު 11 ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ ބައި އިލެކްޝަނަކީ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބު ކުރަންޖެހޭ އަދަދަށްވުރެ މަދުން މީހުން ކުރިމަތިލާފައިވާ 3 ރަށް ކަމަށެވެ.

އިޝްތިހާރު Heyobas Ruqya Course Ad square

އެގޮތުން ހދ. ނޭކުރެންދޫ، ރ. މަޑުއްވަރީ އަދި ނ. ކެނދިކުޅުދޫގައި އިންތިޚާބެއް ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފަ އެވެ.

މި ތިން ރަށުގެ އިތުރުން އޮގަސްޓް 7 ގައި ހދ. ނޮޅިވަރަން، ނ. މަގޫދޫ، ކެނދިކުޅުދޫ، ކ. ދިއްފުށި އަދި އއ. ފެރިދޫ ގައި ވެސް އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި އިލެކްޝަން ބާއްވަން ވަނީ ހަމަޖެހިފަ އެވެ.

މި ރަށްތަކުގެ އިންތިޚާބުގައި ވޯޓުލާން ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށް އޮންލައިންކޮން ރަޖިސްޓަރީވުމުގެ ފުރުސަތު މިމަހުގެ 22 އިން 26 ހުޅުވާލުމުން 30 މީހުން ރަޖިސްޓްރީ ވެފައިވާ ކަމަށް އީސީން ވަނީ ބުނެފަ އެވެ.

ވިލިމާލެ އަދި ހުޅުމާލެގައި ރަޖިސްޓަރީ ވެފައިވާ ފަރާތްތައް ވާނީ މާލެއަށް ބަދަލު ކޮށްފައި ކަމަށާއި މާލެ ފިޔަވާ އެހެން ތަނެއްގައި ރަޖިސްޓަރީ ކޮށްފައިވާ ނަމަ، އެފަރާތެއް ވާނީ އެމީހެއްގެ ދާއިމީ އެޑްރެހަށް ބަދަލު ކޮށްފައި ކަމަށް ވެސް އިލެކްޝަންސް ކޮމިޝަނުން މީގެ ކުރިން ވަނީ ބުނެފަ އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ ކުރިއަށް އޮތް އިންތިޚާބު ތަކުގައިވެސް އޮންލައިންކޮށް، ރީރަޖިސްޓްރޭޝަންގެ ކަންކަން ކުރިއަށް ގެންދިއުމަށް މިހާރުވިސްނަމުން އަންނަކަމަަށެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.