ޕީޕީއެމް އިން ”މިނިވަންކަމުގެ ދިފާޢުގައި ދިވެހިން“ ކެމްޕެއިން ފަށައިފި
ޕީޕީއެމް އިން މިނިވަންކަމުގެ ދިފާޢުގައި ދިވެހިން ކެމްޕެއިން ފަށައިފި އެވެ.
ޕީޕީއެމް އިން މިހާރުކުރިއަށް ގެންދާ ޖަލްސާ ގައި ގައުމީ މި ކެމްޕެއިން ފައްޓަވައިދެއްވީ ޕީޕީއެމް ހިންގެވުމާއިހަވާލުވެ ހުންނެވި، ޕީއެންސީ ގެ ރައީސް ޢަބްދުއްރަހީމްް ޢަބްދުﷲ އެވެ.
މި ކެމްޕެއިނަކީ ރައީސް ޔާމީންގެ އިސްނެންގެވުމާއެކު، މިނިވަންކަން ދިފާޢު ކުރުމަށް ރައީސް ޔާމީންގެ ލަފާފުޅާއެކު ފެށި ކެމްޕެއިނެކެވެ.
އެ ޕާޓީން މި ފެށި ކެމްޕޭނުގައި ބައިވެރިވުމަށް ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްއާރްއެމް އާއި ޖުމްހޫރީ ޕާޓ އަދި އަދާލަތު ޕާޓީގެ ލީޑަރުންނަށް ވެސް ޕީޕީއެމް އިން ވަނީ ގޮވާލާފަ އެވެ.
މީގެ އިތުރުން ދިވެހި ހުރިހައި ރައްޔިތުން ވެސް މި ކެމްޕެއިނުގައި ބައިވެރިވުމަށް ވަނީ އެދިފަ އެވެ.