މަހާރާޝްޓްރާއަށް 2005 ގައި ކުރި ވިއްސާރައިގަ ލިބުނު ގެއްލުމަށްވުރެ މިއަހަރު 10 ގުނަ އިތުރަށް ގެއްލުންވި
އިންޑިއާގެ މަހާރާޝްޓްރާއަށް މިފަހުގެ ތާރީހެއްގައި މޫސުމީ ވިއްސާރައިގަ އެންމެ ބޮޑު ގެއްލުމެއް ވެފައިވަނީ2005 ވަނަ އަހަރު އެވެ.
އެއަހަރު އެ ސްޓޭޓުން ވިއްސާރައިގަ ފެންބޮޑުވުމުގެ ސަބަބުން 1،000 މީހުން މަރުވެފައިވެ އެވެ. އޭގެ ތެރެއިން 500 މީހުންނަކީ ވިޔަފާރީގެ މައި ސިޓީ މުމްބާއީން މަރުވި މީހުންނެވެ.
މިއަހަރުގެ މޫސުމީ ވިއްސާރައިގަ މިމަހުގެ 22 ވަނަ ދުވަހުން ފެށިގެން މިހާތަނަށް209 މީހުން މަރުވެފައިވެ އެވެ. އޭގެ ތެރެއިން 130 މީހުން މަރުވެފައިވަނީ ރަތްނަގިރީ ޑިސްޓްރިކްޓާއި ރައިގަދް ޑިސްޓްރިކްޓުންނެވެ.
އިންޑިއާގެ އެހެން ސްޓޭޓްތަކުގެ ހާލަތަކީވެސް މިއަހަރު މިއީ ކަމަށް ރިޕޯޓުތައް ބުނެ އެވެ.
އެގޮތުން މިއަހަރަކީ މިހާތަނަށް ވެރިރަށް ނިއުދިއްލީއަށް އެއްދުވަހާއި އެންމެ ގިނައިން ވާރޭވެހުނު އަހަރެވެ. މިމަހުގެ22 ވަނަ ދުވަހު ދިއްލީއަށް450 މިލިމީޓަރުގެ ވާރޭވެހުނު އިރު މީގެ ކުރިން އެންމެ ގިނައިން ވާރޭ ވެހުނު ކަމަށް ރެކޯޑު ކުރެވިފައިވަނީ2016 ވަނަ އަހަރު144 މިލިމީޓަރެވެ.
ވިއްސާރައިގަ ފެންބޮޑުވެ ގިނަ ސިޓީތަކުގައި މިއަހަރު ހަ ފޫޓަށް ފެންބޮޑުވެފައިވެ އެވެ. ކުޑަދުވަސް ކޮޅެއްގެ ތެރޭގައި ގިނަ ބަޔަކު މަރުވީ މީހުން ސަލާމަތް ކުރުުގައި ހަރަކާތްތެރިވި މީހުންގެ އަތުގައި އެކަށީގެންވާ އާލާތްތައް ނެތުމުން ކަމަށް ފެންބޮޑުވި ސަރަހައްދުތަކުގެ އާންމުން މީޑިއާގައި ބުނެފައިވެ އެވެ.