އިގްތިސާދު ރަނގަޅު ކޮށްލަން ހުރިހާ ރައްޔިތުން ދެ ޑޯޒް ފުރިހަމަކޮށްލަމާތޯ: މަހްލޫފް
މިދަތި އުނދަގޫވަގުތުވެސް އާބާދީގެ އެންމެ ބޮޑު އިންސަތައަކަށް ވެކްސިން ދެވުނު ޤައުމުތަކުގެ އެންމެ ކުރިން ރާއްޖެ ކުރި ހޯދާފައިވާ ކަމަށް އަހްމަދު މަހްލޫފު ވިދާޅުވެއްޖެ އެވެ.
އޭނާ ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ “މުޅި އާބާދީއަށް ވާވަރަށް މިހާރު ވެކްސިން ލިބިފައިވާއިރު، އިތުރު ލުއިތަކެއްލިބި އިގްތިސާދު ރަނގަޅު ކޮށްލަން ހުރިހާ ރައްޔިތުން ދެ ޑޯޒް ފުރިހަމަކޮށްލަމާތޯ!” މިފަދައިން ނެވެ.
މިދަތި އުނދަގޫވަގުތުވެސް އާބާދީގެ އެންމެ ބޮޑު އިންސަތައަކަށް ވެކްސިން ދެވުނު ޤައުމު ތަކުގެ އެންމެ ކުރިން 🇲🇻 ކުރި ހޯދާ އަދި މުޅި އާބާދީއަށް ވާވަރަށް މިހާރު ވެކްސިން ލިބިފައިވާއިރު އިތުރު ލުއިތަކެއްލިބި އިގްތިސާދު ރަނގަޅު ކޮށްލަން ހުރިހާ ރައްޔިތުން ދެ ޑޯޒް ފުރިހަމަކޮށްލަމާތޯ!
— Ahmed Mahloof (@AhmedMahloof) July 30, 2021
މަހްލޫފު މިފަދައިން ވިދާޅުވެފައިވާ އިރު، ކޮވިޑްގެ އިތުރު ރާޅެއް އަޔަ ނުދިނުމަށް ކުރެވޭނެ ކަމަކީ ވެކްސިން ޖެހުން ކަމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ) ގެ ތަރުޖަމާނު ޑރ. ފާތުމަތު ނަޒްލާ ރަފީގް ވެސް ވަނީ ވިދާޅުވެފަ އެވެ.
ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ޑރ. ނަޒްލާ ވިދާޅުވީ ބަލި ކޮންމެވެސް ވަރަކަށް ފެތުރުނު ކަމުގައި ވިޔަސް ބަލީގައި މީހުންނަށް ބޮޑުވަރު ވިޔަ ނުދިނުމަށާއި ކޮވިޑްގެ އިތުރު ރާޅެއް އަޔަ ނުދިނުމަށް ކުރެވޭނެ ކަމަކީ ވެކްސިން ޖެހުން ކަމަށެވެ.
“އެކި ސަބަބުތަކާ ހެދި ދުނިޔޭގެ ވެކްސިން ސަޕްލައިތައް މިވަނީ ތާށިވެފަ. ހުރިހާ ގައުމަކަށް ވެސް ވެކްސިން ބޭނުން ވެފައިވާ އިރު ވެކްސިން ބޭނުންވާ ވަރަށް ނުލިބިފައި މިތިބީ.” ޑރ. ނަޒްލާ ރަފީގު ވިދާޅުވި އެވެ.
މީގެ އިތުރުން ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ރާއްޖެއިން ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ ތެރެއިން ގާތްގަނޑަކަށް 80 ޕަސެންޓް މީހުންނަކީ ވެކްސިން ނުޖަހާ ތިބި މީހުން ކަމަށެވެ. އަދި ފާއިތުވީ ދުވަސް ތަކުގައި ރާއްޖޭގެ ކޮވިޑް-19ގެ ހާލަތު ވަރަށް ދަށަށް ދިޔަ ކަމަށެވެ.
އެގޮތުން 1000 އަށް ވުރެ ގިނަ މީހުން ބައްޔަށް ޕޮޒިޓިވްވި ކަމަށެވެ.